Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް

އޭޝިއަން ބޮޑީބިލްޑިން މުބާރާތުން ޔާމްބެ އާއި އަޒްނީން އަށް ރަން މެޑަލް

އަޒްނީން ރަން މެޑަލް ހޯދީ ސްޕޯޓްސް ފިޒީކް ބައިގެ 170 ސެންޓުމީޓަރު ކެޓަގަރީން، ޔާމްބެ ރަން މެޑަލް ހޯދީ، 85 ކިލޯގެ ކެޓަގަރީން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2023 | ބުރާސްފަތި 02:32
މުބާރާތުން މެޑަލް ހޯދި ރާއްޖޭގެ އެތުލީޓުން

މުބާރާތުން މެޑަލް ހޯދި ރާއްޖޭގެ އެތުލީޓުން

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް އަޒްނީން ރަޝާދު އަދި މުޙައްމަދު ޔާމީން (ޔާމްބެ) ރަން މެޑަލް ހާސިލްކޮށްފި އެވެ.

ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ އޭޝިއަން ބޮޑީބިލްޑިން މުބާރާތަކީ މީގެ 55 ވަނަ މުބާރާތެވެ. އެ މުބާރާތުގައި ވާދަކޮށް އަޒްނީން ރަން މެޑަލް ހޯދީ ސްޕޯޓްސް ފިޒީކް ބައިގެ 170 ސެންޓުމީޓަރު ކެޓަގަރީންނެވެ. މީގެ ކުރިން އަޒްނީން ވަނީ މިއަހަރު ރާއްޖޭގައި އޮތް ދެކުނު އޭޝިއާގެ މުބާރާތުން ވެސް ރަން މެޑަލް ހާސިލްކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޭޝިއާ މުބާރާތުން ވެސް އޭނާ ރަން މެޑަލް ހޯދިއިރު، ވޯލްޑް ޗެމްޕިއަންޝިޕުން ވެސް ވަނީ ރަން މެޑަލް ހާސިލްކޮށްފަ އެވެ.

ޔާމްބެ ރަން މެޑަލް ހޯދީ، 85 ކިލޯގެ ކެޓަގަރީންނެވެ. ޔާމްބެ ވެސް ވަނީ މިއަހަރު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ މުބާރާތުގައި ވާދަކޮށް ރަން މެޑަލް ހޯދައިފަ އެވެ. އޭގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕުން ޔާމްބެ ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމަށް ވެސް ހޮވުނީ ޔާމްބެ އެވެ.

އަޒްނީން އާއި ޔާމްބެގެ އިތުރުން މުބާރާތުގައި ވާދަކުރި އެހެން އެތުލީޓުން ވެސް ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރާއްޖޭގެ ޢަބްދުﷲ އަޙްސަން ވަނީ އެތުލެޓިކް ފިޒީކް 167 ސެންޓުމީޓަރު ކެޓަގަރީގައި ވާދަކޮށް ރިހި މެޑަލް ހާސިލްކޮށްފަ އެވެ. މީގެ އިތުރުން ފަތުޙުﷲ މުޙައްމަދު ވަނީ މެންސް އެތުލެޓިކް ފިޒީކް 160 ސެންޓުމީޓަރުގެ ބައިން ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު