Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީޗަރުންގެ ރޭންކް

ޑިގްރީ ހާސިލްކުރުމާއެކު ޓީޗަރުންގެ ރޭންކް 7ށް ބަދަލުވާގޮތަށް އުސޫލު އެކުލަވާލައިފި

މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ކިޔަވައިދޭ މުދައްރިސުންނަކީ ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2023 | ބުދަ 12:51
ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ

ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ

ޑިގްރީ ފުރިހަމަކުރާ ޓީޗަރުން އިތުރު 2 އަހަރު މަޑުކުރަންނުޖެހި، ޕަބްލިކް ސަރވިސް ރޭންކް 7ށް ބަދަލުވާ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުން އުސޫލު އެކުލަވާލައިފިއެވެ.

އެ ކޮމިޝަނުން ބުދަ ދުވަހު ކުރި އިއުލާނެއްގައި ވަނީ، މި ބަދަލު ގެނައުމަށް ނިންމާފައި ވަނީ ކިޔަވައިދޭ މުދައްރިސުންނަކީ ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަކީ އެންމެ ދަށްވެގެން ޑިގްރީ ލެވެލްއަށް ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ.

Advertisement - newsAdvertisement

މި މަގްސަދު ހާސިލްކުރުމުގެ ގޮތުން ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާވިސް ރޭންކް ފަހެއް (ޑިޕްލޮމާ ލެވެލް)ގެ ޓީޗަރުންގެ މަގާމްތައް ސްކޫލް ސްޓާފް ރިކުއާމަންޓްގައި ހިމަނައި، އެފަދަ ޓީޗަރުން ޑިގްރީ ހާސިލްކުރުމުން ޕަބްލިކް ސާވިސް ރޭންކް ހަތެއްގެ (ބެޗްލާސް ޑިގްރީ ލެވެލް)ގެ މަގާމަށް ހަމަޖެއްސުމުގެ ގޮތުން އޮނިގަނޑަށް ވަނީ ބަދަލު ގެނެސްފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ފޮނުވި ސިޓީގައި ބުނީ ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާވިސް ރޭންކް 5ގައި ވާ ޓީޗަރުން ޑިގްރީ ހާސިލުކުރުމުން ޕަބްލިކް ސާވިސް 7ށް ބަދަލުކުރުމުގެ މިންގަނޑު އެ ސިޓީއާއެކު ފޮނުވާފައި ވާނެކަމަށެވެ. އެ މިންގަނޑާ އެއްގޮތަށް ސްކޫލްތަކުގެ ސްޓާފް ރިކުއާމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެ ބަދަލުތައް ފާސްކުރަން، އެކޮމިޝަނަށް ހުށަހަޅަންވެސް ސިޓީގައި އެދިފައިވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި މި ރިކުއާމަންޓް ފާސްވުމުން އެ މިންގަނޑުގެ ތެރެއިން އުފައްދަންޖެހޭ މަގާމުތައް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅައި، މަގާމްތައް އުފައްދައި، މި މަހުގެ ތެރޭގައި އަމަލުކުރަން ފަށާނެ ކަމަށެވެ. އެގޮތުން ސްކޫލްތަކާ ގުޅިގެން މިނިސްޓްރީން ޓީޗަރުންގެ މަގާމްތައް ބަދަލުކުރުން ކުރިއަށްގެންދާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޑިޕްލޮމާއާއެކު ސްކޫލްތަކަށް ނުކުތް ޓީޗަރުންގެ މިހާރުގެ ރޭންކް ކަމަށްވާ "ރޭންކް 5ށް މިހާރު މުސާރައިގެ ގޮތުގައި ދެނީ 13،266ރ އެވެ. ޑިގްރީ ފުރިހަމަކޮށް، އެ ޓީޗަރުން ރޭންކް 7ށް ބަދަލުވުމުން މުސާރައިގެ ގޮތުގައި 19،467ރ. ލިބޭނެއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ޚަރަދުގައި ޑިގްރީއާއި ހަމަޔަށް ކިޔަވައިދެވެން ޖެހޭނެ: ޝާހިދު

ދައުލަތުގެ ޚަރަދުގައި ޑިގްރީއާއި ހަމަޔަށް ކިޔަވައިދެވެން ޖެހޭނެ: ޝާހިދު

06 މެއި 2018
ޑިގްރީ ނެތް އެޑިޓަރުން ބަދަލު ކުރަން ދިން މުއްދަތު 18 މަސް ދުވަހަށް އިތުރުކޮށްފި

ޑިގްރީ ނެތް އެޑިޓަރުން ބަދަލު ކުރަން ދިން މުއްދަތު 18 މަސް ދުވަހަށް އިތުރުކޮށްފި

25 މާރިޗު 2018
2017 ވަނަ އަހަރުގެ ރާއްޖޭގެ މޫސުން: ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ 33.9 ޑިގްރީ ސެލްސިއަސް

2017 ވަނަ އަހަރުގެ ރާއްޖޭގެ މޫސުން: ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ 33.9 ޑިގްރީ ސެލްސިއަސް

24 މާރިޗު 2018
ޑިގްރީ ނެތް އެޑިޓަރުން ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި

ޑިގްރީ ނެތް އެޑިޓަރުން ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި

19 މާރިޗު 2018
ޑިގްރީ ނެތް އެޑިޓަރުން ބަދަލުކުރަން ނޫސް މަޖައްލާތަކުގެ އެއްމަސް ދުވަހުގެ މުއްދަތެއް ދީފި

ޑިގްރީ ނެތް އެޑިޓަރުން ބަދަލުކުރަން ނޫސް މަޖައްލާތަކުގެ އެއްމަސް ދުވަހުގެ މުއްދަތެއް ދީފި

17 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު