Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރަށު ޚިޔާނާތް

ސިޔާސީ މަސައްކަތްކުރަން، ހެޔޮއެދޭ ފަރާތްތަކާއި ވިޔަފާރިވެރިން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ލިބުނު، އޭގެ ތަފްސީލު ދޭކަށް ނުޖެހޭ: ޔާމީނު

ޔާމީނުގެ ޑޮލަރު އެކައުންޓެއް އޮއްވައި، އެޗްއެސްބީސީގެ އެކައުންޓަކަށް 1 ޑޮލަރު ޖަމާކުރައްވައި، އެ އެކައުންޓު ރީއެކްޓިވޭޓްކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2023 | ބުދަ 11:26
ވ. އާރަށު ޚިޔާނާތުގެ އިސްތިއުނާފު މައްސަލަ

ވ. އާރަށު ޚިޔާނާތުގެ އިސްތިއުނާފު މައްސަލަ

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނާއި ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ، ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާގުޅޭ އިސްތިއުނާފު ހުށައެޅުމެވެ.

Advertisement - newsAdvertisement

ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ދެ ދައުވާގައިވެސް އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ހިމެނިފައިވަނީ މައިގަނޑު އެއް ނުކުތާތަކެއްކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އެގޮތުން ޝަރީއަތުން ވަނީ ވަގުތު ސަލާމަތް ކުރުމަށްޓަކައި ތަކުރާރުނުވާނެ ގޮތަށް ނުކުތާތައް ހުށަހެޅުމަށް ވިދާޅުވެފައެވެ.

އެގޮތުގެ މަތިން ޔާމީނުގެ ފަރާތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައެވެ.

މި އަޑުއެހުމުގައި ޔާމީނު ވިދާޅުވީ، ގާނޫނުގައި ބުނެފައި އޮންނަނީ އިންތިޚާބުތަކަށް ކުރާ ޚަރަދުގެ ތަފްސީލު ކަމާބެހޭ އިދާރާތަކަށް ހިއްސާކުރަންޖެހޭ ވާހަކަ ކަމަށާއި، ސިޔާސީ މަސައްކަތް ކުރަން ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ ހާމަކުރާކަށް ނުޖެހޭނެއެވެ.

އެއަށްފަހު ދެން ކުރިއަށްދިޔައީ އެ ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ބުނެފައިވާ ގޮތުގައި ޔާމީނުގެ ޑޮލަރު އެކައުންޓެއް އޮއްވައި، އެޗްއެސްބީސީގެ އެކައުންޓަކަށް 1 ޑޮލަރު ޖަމާކުރައްވައި، އެ އެކައުންޓު ރީއެކްޓިވޭޓް ކުރެއްވުމަށްފަހު އެއަށް 1 މިލިއަން ޑޮލަރު ޖަމާކުރައްވާފައިވެއެވެ.

އެ ފައިސާއަކީ ޑޮލަރު މާރުކުރުމުގެ ގޮތުން ޔޫސުފް ނައީމް އަތުން ބައްލަވައިގަތް ފައިސާކަމަށް ވިދާޅުވާއިރު، 1 މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާއަކީ ވުޖޫދުގައިވާ ފައިސާކަން އެނގޭނެ މާލީ އެއްވެސް ހެތްކެއް ފެންނަން ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެއީ މާލީ ބަޔާންތަކާއި އެނޫންވެސް ރެކޯޑުތަކުން ފެންނަންހުރި ފައިސާތަކެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. ނަމަވެސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅި، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ މައްސަލަ ބަލައި ހައިކޯޓުން ވަނީ، ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، ޖަލު އަދަބު ތަންފީޒުކުރުން ފަސް ކުރެވެން ނެތް ކަމަށް ނިންމާފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު