Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަރބަންކޯ

ކޮންޓެއިނަރ ޕާކުގެ ކޯ ވޯކިންގ ސްޕޭސް ހުޅުވައިފި

މި ކޯ ވޯކިންގ ސްޕޭސްގައި 16 ވޯކް ސްޓޭޝަނާއި މީޓިންގ ރޫމްގެ ވަސީލަތްތައް ވަނީ ގާއިމުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2023 | ބުދަ 03:04
ކޮންޓެއިނަރ ޕާކުގެ ކޯ ވޯކިންގ ސްޕޭސް

ކޮންޓެއިނަރ ޕާކުގެ ކޯ ވޯކިންގ ސްޕޭސް

ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ކޮންޓެއިނަރ ޕާކުގެ ކޯ ވޯކިންގ ސްޕޭސް ރަސްމީކޮށް ހުޅުވައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ކޯ ވޯކިންގ ސްޕޭސް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރެވެ. މި ރަސްމިއްޔާތުގައި އަރބަންކޯގެ އިސް ބޭފުޅުންނާއި މުވައްޒަފުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ކޮންޓެއިނަރ ޕާކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އަރބަންކޯ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ ހުޅުމާލެ ޒަމާނީ "އަރބަން" ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް އަރބަންކޯއިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ.

ޒަމާނީ އަދި "އާޓިސްޓިކް" ޕްލޭނެއްގެ ދަށުން، ހުޅުމާލެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ގޮތަކަށް ތައްޔާރުކޮށްފައިވާ މި ޕާކުގައި ކޯ ވޯކިންގ ސްޕޭސް ހުޅުވިގެންދާއިރު ވަރަށް އަވަސް މުސްތަގުބަލެއްގައި އެތަނުގައި ޓޭކް-އަވޭ ކެފޭއަކާއި، ފާސްޓް ފުޑް އައުޓްލެޓް އަދި މީޓިން ރޫމެއް ހަދާނެ ކަމަށް އަރބަންކޯއިން ބުނެއެވެ. އަދި އެ ސަރަހައްދުގެ އޯޕަން އޭރިއާ އާންމުންނަށް އެއްވެ އުޅެވޭ ޕާކެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަރބަންކޯއިން ބުނީ މި ކޯ ވޯކިންގ ސްޕޭސް މެދުވެރިކޮށް ހުޅުމާލޭގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި އެފަދަ ފުރުސަތުތައް ބޭނުންވާ މީހުންނާއި ގްރޫޕްތަކަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށެވެ. އަދި މި ކޯ ވޯކިންގ ސްޕޭސް ފުރަތަމަ މަހުގެ ތެރޭގައި ހިލޭ ދޫކުރާއިރު އޮންލައިން ޕޯޓަލް މެދުވެރިކޮށް ބުކިންގ ހެއްދޭގޮތަށް ހަމަޖެހިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މި ކޯ ވޯކިންގ ސްޕޭސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00ން އިރުއޮއްސި 6:00ހާ އަމަށް ހުޅުވާފައި ހުންނާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިފަދަ ކޯ ވޯކިންގ ސްޕޭސެއް ތަރައްޤީ ކުރުމުގެ ބޭނުމަކީ އަލަށް ފަށާ ވިޔަފާރިތަކަށް މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވަން ފަންނީ އެހީއާއި ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މި ކޯ ވޯކިންގ ސްޕޭސްގައި 16 ވޯކް ސްޓޭޝަނާއި މީޓިންގ ރޫމްގެ ވަސީލަތްތައް ގާއިމްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކޮންޓެއިނަރ ޕާކުގެ މައިގަނޑު މަގްސަދަކީ ލައިވްލީ އަދި ކޮމިއުނިޓީ އެންގޭޖިންގ މާހައުލެއް ބިނާކުރުމެވެ. އަދި އާޓިސްޓުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ފަދަ ހަބެއް ތައްޔާރުކުރުމަކީ މަގުސަދެއް ކަމަށް އަރބަންކޯއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓެއިނަރ އުފުލާ ދޯންޏެއް އެކްސިޑެންޓްވެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ

ކޮންޓެއިނަރ އުފުލާ ދޯންޏެއް އެކްސިޑެންޓްވެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ

04 އެޕްރީލު 2017
ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި

ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި

02 އެޕްރީލު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

25 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

20 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު