Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސައުދީ ޕްރޯ ލީގު

ރޮނާލްޑޯއާއި މާނޭގެ ފަރާތުން ސައުދީގެ ސަގާފީ ނެށުމެއް!

ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނުއިރު، ގިނަ ބަޔަކަށް އެއީ ވަރަށް ހިތްގައިމު މަންޒަރަކަށްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2023 | އަންގާރަ 11:29
ލަނޑު ޖެހުމަށްފަހު ރޮނާލްޑޯއާއި މާނޭ، ސައޫދީގެ ސަގާފީ ނެށުމުގައި އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ރޮނާލްޑޯއާއި މާނޭ، ސައޫދީގެ ސަގާފީ ނެށުމުގައި އުފާ ފާޅުކުރަނީ

ގިނަ ބަޔަކަސް ހައިރާންކަން ގެނުވި އެއް ކަމަކީ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ޕްރޯ ލީގަށް ބަދަލުވުމެވެ. މެންޗެސްޓަރ ޔުނައިޓެޑުގައި ޖެހުނު ބޮޑު މައްސަލަގަނޑަށްފަހު، ރޮނާލްޑޯ ނިންމީ އެ ކުލަބު ދޫކޮށްލުމަށެވެ. އެއަށްފަހު އޭނާ ބަދަލުވީ ސައުދީ ލީގުގެ އަލް ނަސްރަށެވެ. އެއީ ފުޓުބޯޅަ ދުނިޔޭގެ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ބަދަލެކެވެ. ބައެއް މީހުން ރޮނާލްޑޯއަށް މަލާމާތްވެސް ކުރިއެވެ.

އެހެން ނަމަވެސް، މިއަދު ސައުދީ ލީގުގެ ކުލަބުތަކުން އަންނަނީ ޔޫރަޕުގެ ކުލަބުތަކަށް ގޮންޖަހަމުންނޭ ވެސް ބުނެވިދާނެއެވެ. ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅެމުން އަންނަ ގިނަ ކުޅުންތެރިން އަންނަނީ ސައުދީ ލީގުގެ ކުލަބުތަކަށް ބަދަލުވަމުންނެވެ. މިއީ ރޮނާލްޑޯ އެ ލީގަށް ބަދަލުވި ފަހުން އެ ލީގުގެ ކުލަބުތަކުން ކުރަން ފެށި ކަމެކެވެ. ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިން މިއަދު ސައުދީ ލީގުގައި އެދަނީ ކުޅެމުންނެވެ.

ރޮނާލްޑޯގެ ސޮއި ހޯދުމަށްފަހު އަލް ނަސްރުން އިތުރު އެހެން ކުޅުންތެރިން ހޯދުމުގެ މަސައްކަތްވެސް ކުރިއެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ލިވަޕޫލް ދޫކޮށް، ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވި ސެނެގާލްގެ ސަޑިއޯ މާނޭއެވެ. ބަޔާންގައި މާނޭ ހޭދަކުރީ މަދު ދުވަސް ކޮޅެކެވެ. އެ ކުލަބުގައި ޖެހުނު މައްސަލައަށްފަހު، މާނޭވެސް ވަނީ އަލް ނަސްރަށް ބަދަލުވެފައެެެވެ.

ރޮނާލްޑޯއާއި މާނޭ އެކުގައި އަލް ނަސްރަށް ކުޅުނު ފުރަތަމަ މެޗަކީ ސައުދީ ލީގުގައި އަލް ތާވޫނާ ދެކޮޅަށް އެ ޓީމުން ކުޅުނު މެޗެވެ. އެ މެޗުން އަލް ނަސްރު ވަނީ ބަލިވެފައެވެ. އެއަށްފަހު ދެވަނަ މެޗަކަށް އެ ޓީމު ކުޅުނީ ޝަބާބް އަލް އަހްލީއާ ދެކޮޅަށެވެ. އޭގެ ފަހުން ލީގުގައި އަލް ފާތެހާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއާއި މާނޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފައެވެ. މާނޭ ވަނީ ދެ ލަނޑު ޖަހާފައެވެ. އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ އެ މެޗުގައި ރޮނާލްޑޯއާއި މާނޭގެ އުފާ ފާޅުކުރުމަށެވެ. ދެ ކުޅުންތެރިން ވެސް ވަނީ ލަނޑު ޖެހުމަށްފަހު ސައުދީގެ ސަގާފީ ނެށުމެއްގައި، އުފާ ފާޅުކޮށްފައެވެ. ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނުއިރު، ގިނަ ބަޔަކަށް އެއީ ވަރަށް ހިތްގައިމު މަންޒަރަކަށްވެސް ވިއެވެ. ޚާއްސަކޮށް މުސްލިމް ގައުމެއްގެ ސަގާފީ ކަމެއް އެ ދެ ކުޅުންތެރިން ފަރާތުން ފެނުނީތީއެވެ. އެ މެޗުގެ ފަހުން ލީގުގައި އަލް ނަސްރުން އަލް ޝަބާބާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެ ދެ ކުޅުންތެރިން ވަނީ ލަނޑު ޖެހުމަށްފަހު އެ ނެށުމުގައި އުފާ ފާޅުކޮށްފައެވެ.

ސެނެގާލަަށް ނިސްބަތްވާ މާނޭއަކީ މުސްލިމް ކުޅުންތެރިޔެކެވެ. ޕޯޗުގަލަަށް ނިސްބަތްވާ ރޮނާލްޑޯއަކީ އަބަދު ވެސް މުސްލިމުންނަށް އިހުތިރާމްކުރާ ކުޅުންތެރިޔެކެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ބޭނުންޖެހިފައި ތިބޭ ގިނަ ބަޔަކަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ދެ ކުޅުންތެރިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

19 ޖެނުއަރީ 2019
ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!

ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!

18 ނޮވެމްބަރު 2018
ގދ. ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ވަރުގަދަ 'ބޮނޑިއެއް' ދީފި

ގދ. ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ވަރުގަދަ 'ބޮނޑިއެއް' ދީފި

01 ސެޕްޓެމްބަރު 2018
ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

14 ޖޫން 2018
ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

06 މާރިޗު 2018

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު