Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގަލަތަސަރާއި

ޓޮޓެންހަމްގެ އެންޑޮންބެލޭ އާއި ސަންޗޭޒް ގަލަތަސަރާއި އަށް

އެންޑޮންބެލޭ ބަދަލުވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2023 | އަންގާރަ 03:08
އެންޑޮންބެލޭ އާއި ސަންޗޭޒް

އެންޑޮންބެލޭ އާއި ސަންޗޭޒް

ޓޮޓެންހަމްގެ ދެ ކުޅުންތެރިން ކަމަށްވާ ޓަންގައި އެންޑޮންބެލޭ އާއި ޑެވިންސަން ސަންޗޭޒް، ތުރުކީގެ ގަލަތަސަރާއި އަށް ބަދަލުވާން ނިންމައިފިއެވެ.

ފްރާންސްގެ އުމުރުން 26 އަހަރުގެ އެންޑޮންބެލޭ ތުރުކީގެ ޗެމްޕިއަނުންނާ ގުޅުމަށް ހަމަޖެހިފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން، 12.8 މިލިއަން ޕައުންޑް ދައްކައިގެން ދާއިމީކޮށް އޭނާ ގެނައުމުގެ ފުރުސަތު ގަލަތަސަރާއި އަށް ލިބޭނެއެވެ.

ކޮލަމްބިއާގެ އުމުރުން 27 އަހަރުގެ ޑިފެންޑަރު ސަންޗޭޒް ބަދަލުވުމަށް ނިންމާފައިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ އަގަކީ 8.1 މިލިއަން ޕައުންޑެވެ.

2017 ވަނަ އަހަރު ސަންޗޭޒް ސްޕާސް އާ ގުޅުނީ 42 މިލިއަން ޕައުންޑަށެވެ. އަދި އެންޑޮންބެލޭ 2019 ވަނަ އަހަރު އެ ޓީމަށް ދިޔައީ 55 މިލިއަން ޕައުންޑަށެވެ. ދެ ކުޅުންތެރިންވެސް ގެނައީ އެ ދުވަސްވަރުގެ ކްލަބް ރެކޯޑް ފީ އަކަށެވެ. ނަމަވެސް، އައު ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ހަވާލުވިފަހުން ދެ ކުޅުންތެރިންވެސް ޓީމުގެ ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެއެވެ.

މިއީ ޓޮޓެންހަމްއަށް ބަދަލުވިފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން އެންޑޮންބެލޭ ބަދަލުވާ ތިންވަނަ ފަހަރެވެ. މީގެކުރިން އޭނާ ވަނީ ކުރީގެ ކްލަބް ލިޔޯން އާއި ނަޕޯލީ އާއެކު ދުވަސްތަކެއް ހޭދަކޮށްފައެވެ.

އަޔެކްސް އިން ޓޮޓެންހަމް އަށް ބަދަލުވުމަށްފަހު ސަންޗޭޒް އެ ޓީމު ދޫކޮށްލަނީ ހަ އަހަރަށް ފަހުއެވެ. އޭނާ ވަނީ ސްޕާސް އަށް 207 މެޗު ކުޅެދީފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު