Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިސަރުކާރުގެ ތަރައްޤީ

ރައީސް ސާލިހު ނުކުމުވަޑައިގެން ހުންނެވީ ބޮޑުތިލަދުންމަތި ބޮޑުކޮށް ބަދަލުކޮށްލެއްވުމަށް: ޝާހިދު

ކުރީ ސަރުކާރުތަކުން ތަރައްގީ ގެނައުމުގައި ބޮޑުތިލަދުންމަތި ވަނީ ބާކީކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2023 | ހޯމަ 08:26
 ހދ.މަކުނުދޫގައި ބޭއްވި ބަނދަރު ބައްދަލުއްވުމުގައި ކެމްޕޭން ކޯޑިނޭޓަރު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅުދައްކަވަނީ

ހދ.މަކުނުދޫގައި ބޭއްވި ބަނދަރު ބައްދަލުއްވުމުގައި ކެމްޕޭން ކޯޑިނޭޓަރު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނުކުމުވަޑައިގެން ހުންނެވީ ބޮޑުތިލަދުންމަތި ބޮޑުކޮށް ބަދަލުކޮށްލެއްވުމަށް ކަމަށް ކެމްޕޭން އެމަނިކުފާނުގެ ކޯޑިނޭޓަރު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ހދ.މަކުނުދޫގައި ބޭއްވި ބަނދަރު ބައްދަލުއްވުމުގައި ޝާހިދު ވިދާޅުވީ ރައީސް ސާލިހު ނުކުމެވަޑައިގެން ހުންނެވީ ބޮޑު ތިލަދުންމަތި ބޮޑުކޮށް ބަދަލުކޮށްލެއްވުމަށް ކަމަށާއި، އެމަނިކުފާނު ތަލަދުންމައްޗަށް ދަތުރުކުރައްވާ އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ބޮޑު ތިލަދުންމައްޗަކީ ޗާޓަރުގައި އަބަދުވެސް ބޮޑު ސަަރައްހަދެއް ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުތަކުން ތަރައްގީ ގެނައުމުގައި ބޮޑުތިލަދުންމަތި ބާކީކޮށްފައިވާ ކަމަށާއި، ދައްކަމުންދިޔައީ ހުސް ބަހަނާ ކަމަށެވެ. ނަމަވެސް މިސަރުކާރުން މިސަރަހައްދުގައި އެއާޕޯޓު ތަރައްގީކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ވެރިކަން ބަދަލުވެއްޖެނަމަ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓާލާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މަކުނުދޫ އެއާޕޯޓުގެ މަޝްރޫއު ވެސް ހުއްޓާލާނެ ކަމަށެވެ. އެގޮތަށް އެކަން ކޮށްދިނަމަ ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށާއި، ބޮޑުތިލަދުންމަތި ތަރައްގީނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދޭން ޖެހޭ ކަަމަށެވެ. ދެވަނަ ދައުރާއެކު މުޅި ރާއްޖެއަށް ވަކި ރަށެއް ތަފާތުކުރުމެއްނެތި ތަރައްގީގެ މަޝްރޫއުތައް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު