Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަކުނުދޫގެ ތަރައްޤީ

ފާއިތުވެދިޔަ 50 އަހަރު ނުގެނެވުނު ތަރައްޤީ މިސަރުކާރުން މަކުނުދޫއަށް ގެނެސްދީފައިވޭ: މެންބަރު ރާއީ

ކުރިއަށް އޮތް ދައުރަށް ރައީސް ސާލިހު އިންތިޚާބުވެއްޖެކަމުގައިވާނަމަ އެއާޕޯޓު އެޅިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ސެޕްޓެމްބަރު 2023 | ހޯމަ 03:38
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވާހަކަފުޅުދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވާހަކަފުޅުދައްކަވަނީ

ފާއިތުވެދިޔަ 50 އަހަރު ނުގެނެވުނު ތަރައްޤީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހދ. މަކުނުދޫއަށް ގެނެސްދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވެވި ބަނދަރު ބައްދަލުވުމުގައި މެންބަރު ރާއީ ވިދާޅުވީ ރައީސް ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ވެސް މަކުނުދޫގެ ބަނދަރުގައި އޭޓީއެމްއެއް ގާއިމްކޮށްދެއްވި ކަމަށެވެ. ރަށުން ފައިސާ ނުނެގި ކުޅުދުއްފުއްޓަށް އޭޓީއެމްގެ ޚިދުމަތް ހޯދުމަށް ދިއުމަކީ ވަރަށް އުދަނގޫކަމެއްގެ ގޮތުގައި ރާއީ ސިފަކުރެއްވިއެވެ. ރާއީ ވިދާޅުވީ 10،000 ރުފިޔާ ނެގުމަށް ކުޅުދުއްފުއްޓަށް ދާ މީހާ ލޯންޗަށް 3000 ރުފިޔާ ދައްކަން ޖެހުނު ޒަމާން ފައިތުވެއްޖެ ކަމަށެވެ. މިއަދު އާރްޓީއެލްގެ ޚިދުމަތާއެކު ރައްޔިތުންގެ ޖީބަށް ލުއިވެފައިވާ ކަމަށް ރާއީ ވިދާޅުވިއެވެ.

މަކުނުދޫގެ ތަރައްޤީއަށް އިޝާރާތް ކުރައްވައި ރާއީ ވިދާޅުވީ 50 އަހަރުގެ ތެރޭގައި ނެގުނެވުނު ތަރައްޤީ މިސަރުކާރުގައި އެރަށަށް ގެނެސްދީފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރާއީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަކުނުދޫއަށް ބޮޑު ބަދަލެއް އަންނަމުންދާ މަންޒަރު ފެންނަ ކަމަށެވެ. ކުރިއަށް އޮތް ދައުރަށް ރައީސް ސާލިހު އިންތިޚާބުވެއްޖެކަމުގައިވާނަމަ އެއާޕޯޓުގެ އިތުރުން ޒުވާނުން ބޭނުންވާ ގޮތަށް ބޮޑު ފުޓްބޯޅަ ދަނޑާއި، ރަޖިސްޓަރޑް ރޭސިން ޓްރެކެއް އަޅާނެ ކަމަށެވެ. އަދިވެސް ރައްޔިތުން އެދޭ ތަރައްޤީގެ ގެނެސްދޭނެކަމުގެ ޔަގީންކަން ރައީ ދެއްވިއެވެ.

މީގެ އިތުރުން ރާއީ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓު އިންތިޚާބު ވެއްޖެކަމުގައިވާނަމަ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ނުދާނެ ކަމަށާއި، އެ ރަށުގައި އެއާޕޯޓު ނޭޅޭނެ ކަމަށެވެ.

ރާއީ ވިދާޅުވީ ރައްޔިތުން އެދޭ ތަރައްޤީ ބޭނުންވާނަމަ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރާއީ ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު