Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓޫރިޒަމް

ތ. ރުއްތިބިރަށުގައި ރިސޯޓު ތަރައްޤީ ކުރާނެ ބަޔަކު ހޯދަން ހުޅުވާލައިފި

ރުއްތިބިރަށުގައި ތަރައްޤީ ކުރާނީ މަދުވެގެން 100 އެނދުގެ ރިސޯޓެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2023 | ހޯމަ 02:37
ރުއްތިބިރަށް

ރުއްތިބިރަށް

ތ. ރުއްތިބިރަށުގައި ރިސޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބީލަމަށް ލައިފިއެވެ.

މިދިޔަ މަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ހއ. މެދުފުއްޓާއި ށ. ނަލަންދޫގައި ރިސޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ތ. ރުއްތިބިރަށް މި ރަށްތަކުގެ ތެރެއަށް އިތުރުކޮށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރުއްތިބިރަށުގައި ރިސޯޓް ހަދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 10:00ގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ބީލަމާ ގުޅޭ މައުލޫމާތު ބޭނުންވާ ނަމަ، މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން planning@tourism.gov.mv އަށް އީމެއިލް ކުރަންވެސް ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި 7.9 ހެކްޓަރުގެ ރުއްތިބިރަށުގައި ތަރައްގީ ކުރާނީ މަދުވެގެން 100 އެނދުގެ ރިސޯޓެކެވެ. އެ ރަށުގެ ލޭންޑު އިކުއިޒިޝަން ކޮސްޓަކީ 875،000 ޑޮލަރު (13.5 މިލިއަން ރުފިޔާ) ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ރިސޯޓް ތަރައްގީ ކުރުމަށް ހުށަހަޅާ ފަރާތްތަކުން މާލީ ގާބިލުކުރަން ސާބިތުކޮށްދިނުމަށް ދެ މިލިއަން ޑޮލަރު ހުރިކަން ސާބިތު ކޮށްދޭން ޖެހޭނެއެވެ.

ޓޫރިޒަމް މިނިސްޓްރީން މި ރަށްވެސް ކުއްޔަށް ދެނީ، އާންމު އުސޫލުން 50 އަހަރަށެވެ. އަދި އެ ރަށްތައް ހަވާލުކުރާތާ 36 މަސް ދުވަސް ތެރޭގައި ރިސޯޓު ހަދައި ނިންމަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

11.74 ހެކްޓަރު ހުންނަ ހއ. މެދަފުށީގައި ތަރައްގީކުރަނީ 120 އެނދުގެ ރިސޯޓެކެވެ. މެދަފުށީގައި ރިސޯޓް ތަރައްގީކުރުމަށް ލޭންޑް އިކުއިޒިޝަން ކޮސްޓް (އެލްއީސީ)ގެ ގޮތުގައި މަދުވެގެން 875،000 ޑޮލަރު ދައްކަންޖެހެއެވެ. އަދި މާލީ ތަނަވަސްކަމުގައި 2 މިލިއަން ޑޮލަރު ހުރިކަން ސާބިތުކޮށްދޭންޖެހެއެވެ.

63.99 ހެކްޓަރުގެ ށ. ނަލަންދޫގައި ތަރައްގީކުރަނީ 200 އެނދުގެ ރިސޯޓެކެވެ. ނަލަންދޫގައި ރިސޯޓް ތަރައްގީކުރުމަށް ލޭންޑް އިކުއިޒިޝަން ކޮސްޓް (އެލްއީސީ)ގެ ގޮތުގައި މަދުވެގެން އެއް މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އަދި މާލީ ތަނަވަސްކަމުގައި 10 މިލިއަން ޑޮލަރު ހުރިކަން ސާބިތުކޮށްދޭންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު