Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ފާގަސަންގެ ހެޓްރިކާއެކު ބްރައިޓަންއިން ނިއުކާސަލް ބަލިކޮށްފި

3 ސެޕްޓެމްބަރު 2023 | އާދީއްތަ 13:12

އުމުރުން 19 އަހަރު ނުވަނީސް، ޕްރިމިއަރ ލީގުގައި މީގެކުރިން ހެޓްރިކް ހެދިފައިވަނީ އެންމެ ތިން ކުޅުންތެރިންނަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 13:12
ލަނޑު ޖެހުމަށްފަހު ފާގަސަން އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ފާގަސަން އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރައިޓަންގެ ޒުވާން ކުޅުންތެރިޔާ އިވާން ފާގަސަންގެ ހެޓްރިކާއެކު, އެ ޓީމުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ބްރައިޓަންއިން ނިއުކާސަލްގެ މައްޗަށް 3-1ގެ ނަތީޖާއަކުން ކުރި ހޯދިއިރު، ޓީމުގެ ހުރިހާ ލަނޑެއްވެސް ޖެހީ އުމުރުން 18 އަހަރުގެ ފާގަސަންއެވެ. ފާގަސަން އޭނާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 27 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފު ބްރައިޓަންއިން ނިންމާލީ އެއް ލަނޑުގެ ފަރަގަކާ އެކުއެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 65 ވަނަ މިނެޓުގައި ބިލީ ގިލްމޯ ތަނަވަސްކޮށްދިން ފުރުސަތަކުން ފާގަސަން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ފަސް މިނެޓުފަހުން މިޓޯމާ ތަނަވަސްކޮށްދިން ފުރުސަތަކުން ފާގަސަން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މުޅި މެޗުގައިވެސް ނިއުކާސަލްއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ގޯލަށް އަމާޒުކޮށް ޝޮޓެއް ހެދިފައިވަނީވެސް މެޗުގެ 87 ވަނަ މިނެޓުގައެވެ. އެއަށްފަހު، ދެވަނަ ހާފުގެ އިތުރު ވަގުތުގައި ނިއުކާސަލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ކަލުމް ވިލްސަންއެވެ.

ނިއުކާސަލްއާ ދެކޮޅަށް ހެޓްރިކް ހަދައި، ޒުވާން ފާގަސަން ވަނީ ތާރީޚުން ޖާގަ ހޯދާފައެވެ. އުމުރުން 19 އަހަރު ނުވަނީސް، ޕްރިމިއަރ ލީގުގައި މީގެކުރިން ހެޓްރިކް ހެދިފައިވަނީ އެންމެ ތިން ކުޅުންތެރިންނަށެވެ. އެއީ ކްރިސް ބާޓް-ވިލިއަމްސްއާއި ރޮބީ ފައުލާގެ އިތުރުން މައިކަލް އޮވެންއެވެ.

މި މޮޅާއެކު ބްރައިޓަން ވަނީ ވަގުތީގޮތުން ހަތަރުވަނައަށް ޖެހިލާފައެވެ. ހަތަރު މެޗުން ބްރައިޓަންއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. މި ސީޒަނުގައި ނިއުކާސަލް ކުޅުނު ފުރަތަމަ މެޗުން މޮޅުވިނަމަވެސް، ޖެހިގެން އައި ތިން މެޗުން ވަނީ ބަލިވެފައެވެ. ޓީމު އޮތީ ތިން ޕޮއިންޓާއެކު 14 ވަނާގައެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
03 މެއި 2017

ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް

03 މެއި 2017
ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް
25 އެޕްރީލު 2017

ނިއުކާސަލް އެނބުރި ޕްރެމިއަރ ލީގަށް

25 އެޕްރީލު 2017
ނިއުކާސަލް އެނބުރި ޕްރެމިއަރ ލީގަށް
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް