Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިފި

މިސެންޓަރު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00ން ރޭގަނޑު 10:00ށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 12:21
ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވުން

ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރި ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުއްވައިދެއްވައިފިއެވެ.

އާދިއްތަ ދުވަހު މި ސެންޓަރު ހުޅުވާފައިވަނީ، މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރވެސް ހިނގަމުން އަންނަ ހުޅުމާލޭ އޮރެންޖް ހިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ލިބިދިނުމުގައި ވަށައިޖެހޭނެ ގޮތަކަށް ކަންކަން ރޭވިފައި ހުރުން މުހިއްމު ކަމަށް ވިދާޅުވިއެވެ. މިގޮތުން އެފަދަ ފަރާތްތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާއި ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ ކޮށްދިނުމަށް، މުޅި މުޖުތަމައުގެ އެންމެން އަދާކުރަންޖެހޭ ފަރުދީ ޒިންމާތަކުގެ މައްޗަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުޖުތަމައުގައި ތިބި ބައެއްކަން ހަނދާންކޮށް، އިޝްތިހާރުފަދަ ތަކެތި ބޭނުންކޮށްގެން މައުލޫމާތު ފޯރުކޮށް ދިނުމުގައި ހުރިހާ ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މައުލޫމާތު ފޯރުކޮށްދެވޭނޭ ގޮތަށް މަސައްކަތްތައް ކުރަން ޖެހޭ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ފަޒްނާ ވިދާޅުވީ، ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވިގެން ދިޔުމަކީ، ހުޅުމާލޭ ހޮސްޕިޓަލުން ވަށައިޖެހޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކުރެވުނު މުހިއްމު މަސައްކަތެއްކަމަށެވެ. މިގޮތުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ހިންގާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް އުމުރުން 18 އަހަރު ފުރުމުން، ދެން ހަދާނެ ގޮތަކާމެދު ކަންބޮޑުވެފައިވާ ބެލެނިވެރިންގެ ކަންބޮޑުވުންތައް މި ސެންޓަރާއެކު ނެތިގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ފަޒްނާ ވިދާޅުވީ މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީ ބޮޑުކުރުމާއި، ތެރަޕިއުޓިކް ފަރުވާ ހިލޭ ލިބޭނެ މަގު ފަހިކޮށްދިނުމާއި، އެފަރާތްތަކަށް ޚިދުމަތް ދިނުމަށް އިތުރު ސެންޓަރުތައް ގާއިމްކުރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގައި ކުރިޔަށް ދިޔުމަށް ސަރުކާރުން ފަހިކޮށްދެވޭ ފުރުޞަތުތަކާއެކު، ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި އެފަރާތްތަކުން ކާމިޔާބީތައް ހޯދަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.

ޒަމާނީ ވަސީލަތްތަކާއެކު ހުޅުވި މި ސެންޓަރު ހިންގަމުންދާނީ ހުޅުމާލޭ ހޮސްޕިޓަލްގެ ދަށުންނެވެ. މިސެންޓަރުގައި 7 ފިޒިއޮތެރަޕިސްޓުން މަސައްކަތް ކުރައްވާނެއެވެ އަދި މިސެންޓަރުން އުފެދުމުގައި އެކިއެކި މައްސަލަތައް ހުރުމުގެ ސަބަބުން ތަފާތު ފަރުވާއާއި ތަމްރީންތައް ބޭނުންވާ ފަރާތްތަކަށާއި، ދިރިއުޅުމުގައި ދިމާވާ ހާދިސާއެއް، އެކްސިޑެންޓެއް ނުވަތަ ސްޓްރޯކެއް ޖެހުން ފަދަ ކަމަކުންވެސް އެފަރާތްތަކަށް ވަގުތީގޮތުން ކުރިމަތިވާ ހާލަތްތަކުން އަރައިގަނެ، އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލައަށް އުޅެވޭނެ ގާބިލްކަން ހޯދައިދިނުމަށްޓަކައި ބޭނުންވާ ރިހިބިލިޓޭޝަން ފަރުވާތައް ފޯރުކޮށްދޭނެއެވެ.

މިސެންޓަރު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00ން ރޭގަނޑު 10:00ށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސެންޓަރުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ސަރުކާރުން ވަނީ އެސެންޓަރަށް އާރްޓީއެލް ބަސްދަތުރުތައް ހަމަޖައްސައިދީފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބިދޭސީ ނަރުހަކަށް ޓީބީ ޖެހި ވާދޫ ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ރައްޔިތުން ޓެސްޓް ކުރަނީ!

ބިދޭސީ ނަރުހަކަށް ޓީބީ ޖެހި ވާދޫ ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ރައްޔިތުން ޓެސްޓް ކުރަނީ!

18 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޕޮލިސް ކޮމާންޑް ސެންޓަރގެ ލެވެލް މަތިކުރުމަކީ ޖޯކެއް: އެމްސީ ހަމީދު

ޕޮލިސް ކޮމާންޑް ސެންޓަރގެ ލެވެލް މަތިކުރުމަކީ ޖޯކެއް: އެމްސީ ހަމީދު

05 ޖޫން 2017
އޭސީޕީ ނަވާޒް ކޮމާންޑް ސެންޓަރަށް ބަދަލުކޮށްފި

އޭސީޕީ ނަވާޒް ކޮމާންޑް ސެންޓަރަށް ބަދަލުކޮށްފި

18 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު