Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ދެވޭ އައު އިނާޔާތްތައް ތަޢާރަފް ކުރުން: އާންމުކޮށް ކުރެވޭ ސުވާލުތަކާއި ޖަވާބު!

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވަންސް މިހާރުވަނީ 6،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފައި

ރާއްޖެ އެމްވީ | 17 ޖޫން 2023 | ހޮނިހިރު 06:04
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ އެލަވަންސް ބޮޑުކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ އެލަވަންސް ބޮޑުކުރުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވާކަން އިއުލާނުކުރައްވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ދެވޭ އައު އިނާޔާތްތައް ތަޢާރަފް ކުރުމާއި ގުޅިގެން އާންމުކޮށް ކުރެވޭ ސުވާލުތަކެއް ހުރެއެވެ. ތިރީގައި މިވަނީ އާންމުކޮށް ކުރެވޭ ސުވާލުތަކާއި އެ ސުވާލުތަކުގެ ޖަވާބެވެ.

ޖޫން 2023 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.

ޖޫން 2023ގެ ފަހުކޮޅު އިނާޔަތުގެ ފައިސާ ޖަމާކުރެވޭނީ ހުރިހާ ފަރާތްތަކަށްވެސް އާންމުކޮށްދެވޭ އެލަވަންސް ބޮޑުކުރެވިފައިވާ އުސޫލާ އެއްގޮތަށެވެ. ވަކި ހާލަތްތަކަކަށް އަމާޒުކުރެވިގެންދެވޭ އެހީތައް އެފަދަ ފަރާތްތަކުން އެމައުލޫމާތު ހިއްސާކުރުމުން ނުވަތަ އެ މައުލޫމާތު ފޯރުކޮށްދީފައިވާނަމަ އެ މައުލޫމާތު ކަށަވަރުކުރުމަށް ފަހުގައި އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.

ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށްވެސް  ކުރިން ލިބެމުން އައި 2000 ރުފިޔާގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި %50 އަށްވާ 1000 ރުފިޔާ އިތުރު އިނާޔަތުގެ ގޮތުގައި ދެވޭނެއެވެ. އެއާއެކު ޖުމްލަ 3000 ރުފިޔާ ޖޫން މަހުން ފެށިގެން ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެއެވެ.

މިގޮތުން އިތުރު ކުރެވެނީ ކެއާރަރ އެލަވަންސް، ސެލްފް ކެއަރ އެލަވަންސް އަދި ގޭބިސީގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދަދު އިތުރުނަމަ ދެވޭ އެލަވަންސް އެވެ.

ކެއާރަރ އެލަވަންސް:ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން  އަމިއްލަ އަށް ނޫޅެވޭ ނުވަތަ އެހެން ފަރާތަކުން ބަލަހައްޓަންޖެހޭ ފަރާތްތަކަށް ކެއާރާރ އެލަވަންސްގެ ގޮތުގައި 2000 ރުފިޔާއެވެ.

ސެލްފް ކެއަރ އެލަވަންސް:ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އާންމު ބޭނުންތަކަށް އިތުރު ތަކެތި ނުވަތަ ކޮންސިއުމަބަލްސް ހޯދުމަށް އެހީތެރިވުމަށް ސެލްފް ކެއަރ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާއެވެ.

ގޭބިސީގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދަދު އިތުރު ނަމަ ދެވޭ އެލަވަންސް އަކީ 1000 ރުފިޔާއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތްތަކުން ބަލަހައްޓަންޖެހޭ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި މީލާދީ ކޮންމެ މަހަކު ފޯރުކޮށްދޭ 2000 ރުފިޔާގެ މާލީ އިނާޔަތެވެ. މި އެލަވަންސް ފޯރުކޮށްދެވޭނީ ނުކުޅެދުންތެރިކަން ހުންނަ 65 އަހަރުން ދަށުގެ ފަރާތްތަކުގެ ތެރެއިން ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އުމުރާ ގުޅިގެން ބަލަހައްޓަންޖެހޭ ނިސްބަތަށް ރިއާޔަތްކޮށް އާންމު ހާލަތަށްވުރެ އިތުރަށް ބަލަހައްޓަންޖެހޭ އަދި އެހެން މީހެއްގެ އެހީތެރިކަމާއެކު ނޫނީ އެއްގޮތަކަށްވެސް ހަރަކާތްތެރިވެ ނޫޅޭވޭ ފަރާތްތަކަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ އަންހެން އަދި ފިރިހެން ކުއްޖެއް އުޅޭ ގެއެއް، ދެކުދިންނަކީވެސް ދާންމަތިވެފައި ތިބި ކުރިން، ދެމަފިރިން އުޅެނީ އެއް ގެއެއްގައި، ނަމަވެސް ދެކުދިން ދެ މީހުން ބަލަހައްޓާތީ މި ދެމީހުންނަށް ވަކިން ކެއާރަރ އެލަވަންސް ލިބޭނެތާ؟

ކެއާރާރ އެލަވަންސް އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތް ބަލަހައްޓާ ފަރާތަށް ދެވޭ އުޖޫރައެއް ނޫނެވެ. އެއީ ނުކުޅެދުންތެރިކަން ހުރި ފަރާތް ބެލެހެއްޓުމުގައި ލުޔެއް ހޯދައިދިނުމަށް ދެވޭ ފައިސާގެ އެހީއެކެވެ. އެ ފައިސާ ޖަމާވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް މަހުންމަހަށް މިހާރުދެވޭ އިނާޔަތާއެކުގައެވެ. އަދި އެހާލަތަށް ފެތޭ ކޮންމެ ފަރާތަކަށްވެސް މި އެލަވަންސް ވަކިން ލިބިދެވޭނެއެވެ. ނުކުޅެދުންތެރިކަން ހުރި އެނދުމަތިވެފައިވާ 2 ފަރާތްތިބިނަމަ 2 ފަރާތަށްވެސް ވަކިން ލިބިދެވޭނެއެވެ. މިއީ ބަލަހައްޓާ ފަރާތް ދެނެގަނެ އެފަރާތަށް ދޭ އެހީއެއް ނޫނެއެވެ. ބަލަހައްޓާނެ މީހަކު ނެތްކަމުގައި ވީނަމަވެސް އެހާލަތުގައި ތިބި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދެވޭ އެހީއެކެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން ޚާއްސަ ގޮތެއްގެ މަތިން އަސާސީ ބޭނުންތަކަށް އާދަކޮށް ބޭނުންކުރަންޖެހޭ ތަކެތި ހޯދުމަށް އިތުރު ޚަރަދު ކުރަންޖެހޭ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި މީލާދީ ކޮންމެ މަހަކު ފޯރުކޮށްދޭ 1000 ރުފިޔާގެ މާލީ އިނާޔަތެކެވެ.

"ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ" ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި މެއި 2023ގެ ނިޔަލަށް 11371 މީހުން ރަޖިސްޓަރ ކުރެވިފައިވެއެވެ. ދަފްތަރު އެކުލަވާލެވިފައިވަނީ ދަފްތަރު ވުޖޫދުވުމުގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ލިބެމުންދާ ފަރާތްތައް ހިމަނައިގެންނެވެ.

ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށްވެސް ކުރިން ލިބެމުން އައި 2000ރ ގެ އިތުރުން، އިތުރުކުރެވުނު 1000ރ އާއި އެކު ޖުމްލަ 3000ރ ޖޫން މަހުން ފެށިގެން ލިބިގެންދާނެއެވެ. މި ފައިސާ ހޯދުމަށްޓަކައި އިތުރު މަސައްކަތެއް ނުވަތަ ފޯމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ހާލަތްތަކަށް އަމާޒުކުރެވިގެން އަލަށް ތަޢާރަފްކުރެވޭ އިތުރު އިނާޔަތްތައް ހޯދުމަށްޓަކައި، އެފަދަ ހާލަތްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން އެޖެންސީއަށް ހުށަހެޅުމުން އެ މައުލޫމާތު ކަށަވަރު ކުރުމަށްފަހު އިނާޔަތް ފޯރުކޮށްދެވޭނެއެވެ. މި ގޮތުން ފޯރުކޮށްދެވޭ އިނާޔަތްތައް ތިރީގައި މިފަނީއެވެ.

ކެއާރަރ އެލަވަންސް (2000ރ)

ސެލްފް ކެއަރ އެލަވަންސް (1000ރ)

އެއް ގޭ ބިސީގައި ނުކުޅެދުންތެރިކަން ހުންނަ 3 ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ދިރިއުޅޭނަމަ ދެވޭ އެލަވަންސް (1000ރ)

ހާލަތްތަކަށް އަމާޒުކުރެވިގެން އަލަށް ތަޢާރަފްކުރެވޭ އިތުރު އިނާޔަތްތައް ހޯދުމަށްޓަކައި މި މަޢުލޫމާތު "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (NDR)" ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) ގައި ރަޖިސްޓްރީވެ ޕޯޓަލް  މެދުވެރިކޮށް އަމިއްލައަށް ނުވަތަ އެހެން ފަރާތަކަށް އެހީތެރިވެދިނުމަށް މަޢުލޫމާތު ހިއްސާކުރުމުން ދަފްތަރުގައި ރެޖިސްޓްރީވުމަށް ހުށަހެޅޭނެއެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފޯމުތައް އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އެކަމަށް ހުއްދަދެވިފައިވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ކަށަވަރު ކުރާނެއެވެ. އަދި ހުށަހަޅާ މަޢުލޫމާތަށް ޝަރުތު ހަމަވާނަމަ ދަފްތަރުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގައި (ހ) ގައި ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ކަނޑައަޅާގޮތް ވަނީ ބަޔާން ކުރެވިފައެވެ. އެޕްރީލް 2021ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު ގަވާއިދު ނަންބަރު R54 "ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާއި، އެ ދަފްތަރު ބެލެހެއްޓުމުގެ ގަވާއިދު" ގައި "ނުކުޅެދުންތެރިކަން މާނަކުރެވޭނެ ގޮތްތަކާއި، ހަމަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ވަނީ ހިމަނާފައެވެ.

ޕޯޓަލްގައި ރަޖިސްޓްރީ ނުވިނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ކުރެވި އިނާޔަތް ލިބެމުން އައި ހުރިހާ ފަރާތްތަކަށްވެސް ކުރިން ލިބެމުން އައި 2000ރ ގެ އިތުރުން، އިތުރުކުރެވުނު 1000ރ އާއި އެކު ޖުމްލަ 3000ރ ޖޫން މަހުން ފެށިގެން ލިބިގެންދާނެއެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް ދޭންކަނޑައަޅާފައިވާ އިނާޔަތްތައް ހޯދުމަށްމަގުފަހި ކުރުމަށްޓަކައި ޕޯޓަލްގައި މަޢުލޫމާތު އަދާހަމަކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ވެސް ލިބެމުން އައި 2000ރ ގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި %50 އަށްވާ 1000ރ އިތުރު އިނާޔަތުގެ ގޮތުގައި ދެވޭނެއެވެ. އެއާއެކު 3000ރ ޖޫން މަހުން ފެށިގެން ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެއެވެ.

ދަފްތަރުގައި ރަޖިސްޓްރީ ކުރެވި އިނާޔަތް ލިބެމުން އައި %100 މީހުންނަށް މަދުވެގެން %50 އިތުރުވެގެންދާނެއެވެ. އަދި ހާލަތަށް ރިއާޔަތްކޮށް ފޯރުކޮށްދެވޭ އިނާޔަތްތައް %58 މީހުންނަށް ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ.

ފޯމުލާކަށް ނުޖެހޭނެއެވެ. ފޯމު ލުމުގެ ބަދަލުގައި ދަފްތަރު ކުރުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ (NDR)  ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv)  މެދުވެރިކޮށެވެ.

އިތުރު އައު ފޯމެއް ލާކަށް ނުޖެހޭނެއެވެ. ފޯމުލުމުގެ ބަދަލުގައި ދަފްތަރު ކުރުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ (NDR)ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) މެދުވެރިކޮށެވެ. އަދި ހާލަތަށް ރިޔާއަތްކޮށް ދޭންކަނޑައަޅާފައިވާ އިނާޔަތްތައް ހޯދުމަށް މަގުފަހިކުރުމަށްޓަކައި ޕޯޓަލްގައި މައުލޫމާތު އަދާ ހަމަކުރަންވާނެއެވެ.

ޖޫން މަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން އެކަމާގުޅޭ އުސޫލު ގެޒެޓްކުރުމާއި އުސޫލުގައިވާ ގޮތުގެ މަތިން ފޯރުކޮށްދިނުމުގެ މަސައްކަތް، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު އަދާހަމަކުރުމުގައި އެހީތެރިވެދިނުމެވެ.

ކައުންސިލްތަކުގެ އިހުތިސާސްގެ ތެރެއިން އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ބެލުމަށްފަހު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކުރަންޖެހޭ ފަރާތެއް ހުރި ނަމަ ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަކުރުމުގައި އެހީތެރިވެވިދާނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފޯމްތަކުގެ ކައުންސިލް ވެރިފިކޭޝަންގެ މަސައްކަތުގައި ކައުންސިލްތަކުން ހަރަކާތްތެރިވާން ވާނެއެވެ. މި ގޮތުން އެފަރާތްތަކަށް ތަމްރީނު ބޭނުންވާނަމަ އެކަމަށް އެދި ހުށަހެޅުމުން އެޖެންސީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (NDR)"ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) މެދުވެރިކޮށް ރަޖިސްޓްރީވުމަށް ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އަދި މި ޕޯޓަލްގައި ރަޖިސްޓްރީވުމަށްފަހު އެފަރާތެއް އަމިއްލައަށް ނުވަތަ އެހެން ފަރާތަކުންވެސް އެފަރާތުގެ ފޯމުފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތުވަނީ ފަހިކުރެވިފައެވެ.

މި މަސައްކަތުގެ އެކި މަރުހަލާތަކުގައި NGO ތަކާއެކު މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލުވަނީ ހޯދިފައެވެ.

ސްޕެޝަލިސްޓެއްގެ ލިޔުން ކޮންމެހެން ހުށަހަޅާކަށް ނުޖެހޭނެއެވެ. ނުކުޅެދުންތެރިކަމާ ގުޅޭގޮތުން އެފަރާތެއްގެ އަތުގައި ހުރި ސިއްޙީ ލިޔުންތައް ނުވަތަ އެ ރަށެއްގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒު / ހޮސްޕިޓަލުގައި މަސައްކަތްކުރާ އާއްމުބަލިތަކާ ގުޅޭ ޑޮކްޓަރެއްގެ ލިޔުން ހުށަހެޅޭނެއެވެ. އަދި އިތުރު ލިޔެކިޔުމެއް ބޭނުންވާ ހާލަތްތަކުގައި އެކަން އެޖެންސީން އަންގާނެއެވެ.

މިހިނގާ ޖޫން މަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން އެކަމާގުޅޭ އުސޫލު ތައްޔާރުކުރެވި ގެޒެޓްކުރެވޭނެއެވެ.

އާނއެކެވެ. އަލަށް ތަޢާރަފްކުރެވޭ އެލަވަންސްތައް ދިނުމަށް މިއަހަރު އިތުރަށް 130 މިލިއަން ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

އެލަވަންސްގެ މިންވަރު ކަނޑައެޅިފައިވަނީ ހުރި ނުކުޅެދުންތެރިކަމުގެ ހާލަތަށާއި އެފަދަ ފަރާތްތަކަށް އިތުރަށް ކުރަންޖެހޭ ޚަރަދަށް އަދި އެހީތެރިކަން ބޭނުންވާ މިންވަރަށް ރިޢާޔަތްކޮށެވެ. ކުރިން އެލަވަންސް ދެވެމުން އައީ ހުރިހާ ފަރާތްތަކަށް އެއް މިންވަރަށް ކަމުން، ހާލަތުގެ ސަބަބުން އިތުރު ދަތިތައް ތަހައްމަލުކުރަމުންދިޔަ ފަރާތްތަކަށް ތަސައްލީއެއް ހޯދައިދިނުމުގެ ގޮތުން ތަފާތު ނުކުޅެދުންތެރިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަން ހޯދައިދިނުމަށް އެފަރާތްތަކަށް ދެވޭ އެލަވަންސް މިހާރުވަނީ ހާލަތަށް ރިޔާއަތްކުރެވިފައެވެ.

6000 ރުފިޔާގެ އެލަވަންސް ލިބޭނީ ސެލްފް ކެއަރ އެލަވަންސް އާއި ކެއާރާރ އެލަވަންސް ބޭނުންވާ ހާލަތުގައި ބިތި ފަރާތްތަކަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ގިންތިކުރުމަށްފަހު، އެކަން އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރ ވިދާޅުވެފައިވަނީ، މިހާރު ރަޖިސްޓްރީގައި ތިބި ހުރިހާ މީހުންނަށް ވެސް ދަތި ނުވެ، އިނާޔަތް ދެވޭނެ ކަމަށެވެ. ދައުލަތުން ދޭ މާލީ އެހީގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިން ދެމުން އައީ 2،000ރ. އެވެ. މި ގެނެވުނު ބަދަލާއެކު އެފަރާތްތަކަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!

ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!

07 މެއި 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު