Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަރައްޤީގެ މަޝްރޫއުތައް

މި ސަރުކާރު ފިޔަވައި ރައްޔިތުން ބޭނުންވި ގޮތަށް މަޝްރޫއުތައް ކުރިއަށްގެންދާ ސަރުކާރެއް ދިވެހި ތާރީޚު ނުދެކޭ: އާޒިމް

މިހާތަނަށް އެމްޓީސީސީން 56 ބަނދަރެއްގެ މަސައްކަތް ނިންމާ ރައްޔިތުންނާއި ހަވާލުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 08:21
މެނިފެސްޓޯ ޕްރޮގްރާމްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަފުޅުދައްކަވަނީ

މެނިފެސްޓޯ ޕްރޮގްރާމްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު ފިޔަވައި، ރައްޔިތުން ބޭނުންވި ގޮތަށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދިޔަ އަދި ކުރިއަށްގެންދާ ސަރުކާރެއް ދިވެހި ތާރީޚުން ނުދެކޭ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ މެނިފެސްޓޯ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދަނީ ވަރަށް ފުރިހަމައަށް ކަމަށާއި، ރައްޔިތުން ގެންނަން ބޭނުންވާ ހުރިހާ ބަދަލާއެކު ކަމަށެވެ. އެއްވެސް މަޝްރޫއެއް އަވަސް އަރުވާލައި، ނިންމާލަން މަސައްކަތް ނުކުރާ ކަމަށާއި، ކުރާ ހުރިހާ މަސައްކަތެއް ކުރަނީ ވަރަށް ފުރިހަމައަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މިސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.

Advertisement - newsAdvertisement

އެއާޕޯޓުގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެއާޕޯޓެއް ނިންމާ ހުޅުވާއިރު، އެއާޕޯޓެއްގައި ހުންނަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވެފައި ހުންނަންޖެހޭނެ ކަމަށް ރައީސް ސާލިހު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން މިދައުރުގައި ހުޅުވާ ހުރިހާ އެއާޕޯޓެއް ވަރަށް ފުރިހަމަވާނެކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ.

އާޒިމް ވިދާޅުވީ ކޮވިޑް-19އާ އާއެކު ދެ އަހަރު މަސައްކަތްތައް ކުރަންޖެހުނީ ވަރަށް އުދަނގުލުން ކަމަށެވެ. ނަމަވެސް މިދައުރުގެ ތެރޭގައި ތިން އެއާޕޯޓެއްގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާ ހުޅުވާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިސަރުކާރުން ކުރިއަށް ގެންދާ ބަނދަރުގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިހާތަނަށް އެމްޓީސީސީން 56 ބަނދަރެއްގެ މަސައްކަތް ނިންމާ ރައްޔިތުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. ބަނދަރުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، ކައުންސިލާއި ރައްޔިތުން އެދޭ ގޮތަށް ބަނދަރަށް ބަދަލެއް ގެންނަން ބޭނުންވާ ކަމަށްވާނަމަ އެ ބަދަލެއް ގެންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ބަނދަރުތަކަށް 18 ފަހަރުމަތިން ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. މިއީ ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައި އާޒިމް ވިދާޅުވީ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށްފަހު ބަނދަރަށް ބަދަލެއް ގެންނަ ކޮންމެ ފަހަރަކު ޑިޒައިންއަށް ބަދަލުތައް އައިސް، މަސައްކަތްތައް ހުއްޓޭ ކަމަށެވެ. ނަމަވެސް ކެތްތެރިކަމާއެކު މަސައްކަތް ކުރަނީ ރައީސް ދެއްވާފައިވާ އިރުޝާދާއެކު، ރައްޔިތުންގެ ފައިސާއިން ހުރާ ހޭދައަކަށްވާތީ، ރައްޔިތުން ބޭނުންވާ ގޮތަށް އެމަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިސަރުކާރު ފިޔަވައި، ރައްޔިތުން ބޭނުންވި މަޝްރޫއުތައް ކުރިއަށް ގެންދިޔަ ސަރުކާރެއް ދިވެހި ތާރީހުން ވެސް ނުދެކޭނެ ކަމަށެވެ. މަޝްރޫއުތައް ކުރިއަށްދާ ސްޕީޑް ރަނގަޅު ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނީ އެގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު