Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ބޮރޫޝިއާ މުންޗެންގްލަޑްބެކް ބަލިކޮށް، ބަޔާން ކުރިއަށް

ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ދަނޑުގައި ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 06:08
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެމްޕިއަން ބަޔާން މިއުނިކް ތިން ވަނަ މޮޅު ހޯދައިފި އެވެ.

ލީގުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ދަނޑުގައި ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބޮރޫޝިއާ މުންޗެންގްލަޑްބެކް އިންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި މެކްސިމިލިއަން ވޮބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ކުރި ހޯދައިދިނީ ކޯ އިޓަކޫރާ އެވެ. ބަޔާނުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުން އައި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލެރޯއީ ސާނޭ އެވެ. ސާނޭ އެ ލަނޑު ޖެހީ ޔޯސުއާ ކިމިކް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުން ބަޔާން މޮޅުކޮށްދީ، މުހިންމު ތިން ޕޮއިންޓު ހޯދައިދިނީ 87 ވަނަ މިނެޓުގައި މަތީސް ޓެލް އެވެ. އޭނާ ވެސް ލަނޑު ޖެހީ ކިމިކް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ބަޔާން އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަަނަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް ވެސް ލިބެނޫ ނުވަ ޕޮއިންޓެވެ. ލެވަކޫސަން ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. ލީގުގައި ދެން ބަޔާނަށް އޮންނަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލެވަކޫސަނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު