Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފޮރެސްޓު ކައިރިން ބަލިވެ، ޗެލްސީ އަށް ކުރިއަށް ދެވޭ ގޮތެެއް ނުވޭ

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ޗެލްސީ މޮޅުވީ އެންމެ މެޗަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 03:16
މެޗުގައި ލަނޑު ޖެހުމަށްފަހު ފޮރެސްޓުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ފޮރެސްޓުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑު، ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ 1-0 އިންނެވެ. މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީން ކުޅުނު ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. އެއް މެޗު އެއްވަރުވީއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ.

މެޗުގައި ޗެލްސީން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދައިފަ އެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެ އެވެ. މެޗުގައި ފޮރެސްޓުގެ ގޯލު އޭރިޔާ ތެރެއިން ރަހީމް ސްޓާލިން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ، ފަޔަން ނޭރުމުގެ ސަބަބުން ފޮނުވާލެވޭ ގޮތް ނުވީ އެވެ. އޭގެ ފަހުން އެންޒޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ޗެލްސީ އަށް ލިބުނު ފުރުސަތުތައް ނިންމާނުލެވިގެން އުޅެނިކޮށް، ދެ ވަނަ ހާފުގައި ފޮރެސްޓުން ވަނީ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމުގެ ލަނޑު ޖެހީ އެންތަނީ އެލަންގާ އެވެ. ތިރި ތިރިން އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ޗެލްސީ އަށް ލިބުނޫ ހަތަރު ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. ޗެލްސީ އަތުން ހޯދި މޮޅާއެކު، ހަތަރު މެޗުން ހަ ޕޮއިންޓު ހޯދައިގެން ފޮރެސްޓު އޮތީ ނުވަ ވަނައިގަ އެވެ. ލީގުގައި ދެން ޗެލްސީ އަށް އޮންނާނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު