Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖޮހެނަސްބަރގް: ރޯވަމުން ދިޔަ އިމާރާތް

ޖޮހެނަސްބަރގް: ރޯވަމުން ދިޔަ އިމާރާތުން ބޭރަށް އެއްލި ބޮޑުބެ ދަރިފުޅުގެ ފުރާނަ ހުރި ކަމެއް ނޫނީ ނެތްކަމެއްވެސް ނޭނގެ!

ހާދިޘާއިން ސަލާމަތް ވި ބައެއް މީހުން މިހާރުވެސް ދަނީ އެމީހުންގެ ތަޖުރިބާތައް ބައިނަލްއަޤުވާމީ މީޑިއާއާއި ހިއްސާ ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 14:49
ޖޮހެނަސްބަރގްގެ އިމާރާތެއްގައި ރޯވުން

ޖޮހެނަސްބަރގްގެ އިމާރާތެއްގައި ރޯވުން

އޯގަސްޓް 31 ވީ ބުރާސްފަތި ދުވަހު ބައިނަލްއަޤުވާމީ މީޑިއާ ސިއްސުވާލި އެއް ޚަބަރަކަށް ވީ ދެކުނު އެފްރިކާގެ ޖޮހެނަސްބަރގްގެ އިމާރާތެއްގައި އަލިފާނުގެ ހާދިޘާއެއް ހިނގާ، ގިނަ ޢަދަދެއްގެ ބަޔަކު މަރުވި ޚަބަރެވެ. ބުރާސްފަތި ދުވަހުގެ އިރު ތިރިވަމުން ދިޔައިރު، ހާދިޘާގައި މަރުވި މީހުންގެ ޢަދަދު ވަނީ 70 އަށް ވުރެ މައްޗަށް އަރާފައެވެ. އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހާދިޘާއިން ސަލާމަތް ވި ބައެއް މީހުން މިހާރުވެސް ދަނީ އެމީހުންގެ ތަޖުރިބާތައް ބައިނަލްއަޤުވާމީ މީޑިއާއާއި ހިއްސާ ކުރަމުންނެވެ.

އާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުން ދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑުގެ ތެރެއިން ސަލާމަތްވި މަލާވީގެ ރައްޔިތެއް ކަމަށް ވާ، ޢުމަރު ފުއާދު ކިޔައިދިން ގޮތުގައި އޭނާގެ ދައްތަ ވަނީ ހާދިޘާގެ ތެރޭގައި ގެއްލިފައެވެ. ފުއާދުގެ ބޮޑުބޭބެ ދަރިއެއް، އިމާރާތުން ބޭރަށް އެއްލާލި ގޮތުގެ ވާހަކަވެސް އޭނާ ވަނީ މީޑިއާއާއި ހިއްސާކޮށްފައެވެ. އެ ކުއްޖާގެ ފުރާނަ ސަލާމަތްވި ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ކަށަވަރެއް ނުވެއެވެ.

މަންޒަރު ދުށް މީހުންގެ ވާހަކަތަކުންވެސް އެތައް ކަމެއް އެނގިގެން ދިޔައެވެ. މަންޒަރު ދުށް އެކަކު ކިޔައިދިން ގޮތުގައި އަލިފާނުގެ ހާދިޘާއެއްގެ ވަޤުތުގައި އިމާރާތުން ބޭރަށް ނުކުމެން އޮންނަ މަގު އޮތީ ބަންދުކޮށްފައެވެ. އިމާރާތުގެ ތެރޭގައި ބޯވަމުން ދިޔަ ދުންގަނޑު ޝިކާރައަކަށް ވެގެންވެސް މަރުވި މީހުންގެ ޢަދަދު މަދެއް ނޫނެވެ.

ހާދިޘާ ހިނގި އިމާރާތުގައި ދިރިއުޅެމުން ދިޔަ ގިނަ މީހުންނަނީ ދެކުނު އެފްރިކާއަށް ހިޖުރަކޮށްގެން އުޅޭ މީހުންނެވެ. އެ އިމާރާތަކީ ދެކުނު އެފްރިކާގައި ކިޔާ ގޮތުން ނަމަ 'ހައިޖެކް' ކޮށްފައި ވާ އިމާރާތެކެވެ. މާނައަކީ، އެއީ ގެދޮރު ނެތް މީހުން ބޭނުން ކުރަމުން ދިޔަ އިމާރާތެއް ކަމެވެ. އޯގަސްޓް 31 ވަނަ ދުވަހުގެ ހާދިޘާއަކީ ދެކުނު އެފްރިކާގައި މިއަދު ދިރި ތިބި މީހުންގެ އެންމެ ދުރު ހަނދާނަށް ބަލާއިރުވެސް ހިނގި މިފަދަ އެންމެ ހިތްދަތި ހާދިޘާ ކަމަށް، މުނިސިޕަލް ގަވަމަންޓުން ވަނީ ބުނެފައެވެ.

އެ ހިތްދަތި ހާދިޘާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރު ވާ ގޮތެއް ނުވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ބަޔަކު ގަސްތުގައި ރޯކުރި އަލިފާނެކެވެ. މިއާއެކު ބުރާސްފަތި ދުވަހު ޤައުމާ މުޚާޠަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން، ދެކުނު އެފްރިކާގެ ރައީސް ސިރީލް ރާމަފޯޒާ ވަނީ، މިފަދަ އިތުރު ހާދިޘާތަކުން އާބާދީތަކާއި ކަމާއި ބެހޭ ފަރާތްތައް ސަލާމަތް ކުރުމަށް، ތަޙުޤީޤުތައް އެހީއަކަށް ވާނެ ކަމަށް ޢުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

07 އޯގަސްޓު 2017

ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

07 އޯގަސްޓު 2017
ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟
06 އޯގަސްޓު 2017

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

06 އޯގަސްޓު 2017
އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!
01 އޯގަސްޓު 2017

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟
22 ޖޫން 2017

އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

22 ޖޫން 2017
އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!
17 ޖޫން 2017

ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!

17 ޖޫން 2017
ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު