Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވަނީ ރައްޔިތުންނަށް އޮޅުވާލައްވަން: ރައީސް

މާފު ދޭއިރު އެ މައްސަލައެއްގެ ހުރިހާ މަރުހަލާއެއް ނިމިފައި އޮންނަންޖެހޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 08:04
ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒުއާއި ކުރީގެ ރައީސް ޔާމީން

ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒުއާއި ކުރީގެ ރައީސް ޔާމީން

ވެރިކަމަށް ވަޑައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮޅުވާލައްވަން ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެރިކަމަށް ހޮވިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރެއްވުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގާނޫނު އޮތްގޮތުން މިހާރު އެކަން ނުކުރެއްވޭނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިއަކަށް މާފުދީ ލުއި ދެވޭނީ ވަކި ވަރަކަށް އެ ހުކުމު ތަންފީޒު ކުރެވިފައި އޮތުމުން ކަމަށެވެ. އަދި މާފު ދޭއިރު އެ މައްސަލައެއްގެ ހުރިހާ މަރުހަލާއެއް ނިމިފައި އޮންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ޔާމީންގެ މައްސަލަ އަދިވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، އެ ކޯޓުން ހުކުމް ދަމަހައްޓައިފިނަމަވެސް ކްލެމެންސީއަކަށް ދެވޭ ވަރަށް ހުކުމް ތަންފީޒު ނުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ސަބަބުން ވެސް މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން ރައްޔިތުންނަށް އޮޅުވާލައްވަން ދައްކަވާ ވާހަކަފުޅުތަކެއްކަން ހާމަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޔާމީންގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނުނިމޭތީ އެމަނިކުފާނަށް ވެސް އެއްވެސް ކަމެއް ކުރެއްވެން ނޯންނާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައެވެ. ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އެމަނިކުފާނު ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، އެއީ މިހާރުވެސް ޝަރީއަތް ކުރިއަށްދާ މައްސަލައެއް ކަމަށްވާތީ ޝަރުއީ ދާއިރާގެ ތެރެއަށް މި ސަރުކާރުން އަތް ނުބާނާނެ ކަމަށް ވިދާޅުވެފައެވެ.

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ހުކުމުގެ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާއިރު އަދި އެމައްސަލަ ދަނީ ކުރިއަށެވެ. މި ދެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ މައްސަލައެއް ވެސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅިއެވެ. މި ދެ މައްސަލަ ބަލައި ހައިކޯޓުން ވަނީ، ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، ޖަލު އަދަބު ތަންފީޒުކުރުން ފަސް ކުރެވެން ނެތް ކަމަށް ނިންމާފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު