Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރައީސް ސާލިހު

ދެވަނަ ދައުރެއްގައި އައިއޯއައިޖީ ރާއްޖޭގައި ބާއްވަން މަސައްކަތް ކުރާނަން: ރައީސް ސާލިހު

ރާއްޖޭގައި ގޭމްސް ނުބޭއްވުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 04:06
2019 ވަނަ އަހަރު އޮތް އައިއޯއައިޖީގައި ރައީސް ސާލިހު ދިވެހި އެތުލީޓުންނާއެކު އުފާ ފާޅުކުރައްވަނީ

2019 ވަނަ އަހަރު އޮތް އައިއޯއައިޖީގައި ރައީސް ސާލިހު ދިވެހި އެތުލީޓުންނާއެކު އުފާ ފާޅުކުރައްވަނީ

ދެ ވަނަ ދައުރެއްގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ރާއްޖޭގައި ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިދައުރުގެ ތެރޭގައި އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ކުރައްވަން ބޭނުންފުޅުވި ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ކޮވިޑް-19ގެ ބަލި މަޑުކަމުގެ ސަބަބުން އެ މަަސައްކަތް ފުރިހަމަ ނުކުރެއްވުނު ކަމަށެވެ. އިތުރަށް ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި އަލުން އެ ގޭމްސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، މިހާރުވެސް އެކަމަށް ބޭނުންވާ ތަމްރީނުތައް އެތުލީޓުންނަށް ހޯއްދަވައިދެއްވަމުން ދާކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ތަފާތު ކުޅިވަރުތައް ކުޅެމުން އަންނަ ޒުވާނުންނަށް ވެސް އެންމެ އެކަށީގެންވާ ފުރުސަތު ދެވަނަ ދައުރެއްގައި ހޯއްދަވައިދެއްވާނެ ކަމަށެވެ.

މީގެ ކުރިން 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އައިއޯއައިޖީގައި ރާއްޖެއިން ވަނީ މިއަހަރުގެ ގޭމްސް ބޭއްވުމަށް ބިޑުކޮށްފައެވެ. މެޖޯރިޓީ ގައުމުތަކުގެ ތާއީދާއެކު ރާއްޖެއިން ވަނީ އެ ބިޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު ރާއްޖޭގައި ގޭމްސް ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަނިކޮށް، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެ މަސައްކަތް ހުއްޓުމަކަށް އައިސް، ރާއްޖެއަށް ޖެހުނީ އެ ފުރުސަތު ދޫކޮށްލުމަށެވެ. ރާއްޖެއިން އެ ފުރުސަތު ދޫކޮށްލުމުން، ގޭމްސް ބާއްވާނެ ގައުމަކަށް ހަމަޖެއްސީ މަޑަގަސްކަރައެވެ.

ރާއްޖެއިން ވަނީ 2019 ވަނަ އަހަރު އޮތް ގޭމްސްގައި 15 މެޑަަލް ހޯދާފައެވެ. އެއަށްފަހު މިއަހަރުގެ ގޭމްސްއަށް ރާއްޖެއިން ވަނީ އެއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދުމަށް އަމާޒު ހިފައިގެން މަސައްކަތް ކޮށްފައެވެ. ސަރުކާރުން ވަނީ ދިވެހި އެތުލީޓުންނަށް ގިނަ ތަމްރީނުތަކުގެ ފުރުސަތުތައް ހޯއްދަވައި ދެއްވާފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު މަޑަގަސްކަރައިގައި ކުރިއަށްދާ ގޭމްސްގައި ރާއްޖެއިން ދަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ގޭމްސްގެ މިހާތަނަށް ރާއްޖެއިން ވަނީ 26 މެޑަލް ޔަގީންކޮށްފައެވެ.

މީގެ އިތުރުން ރައީސް ސާލިހުގެ ސަރުކާރުގައި ވަނީ ފުރަތަމަ ފަހަރަށް ޕެރަ އެތުލެޓިކްސްއަށް ޚާއްސަ އެސޯސިއޭޝަނެއް އުފައްދަވައި، މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެތުލީޓުންނަށް ހޯއްދަވައިދެއްވާފައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުގައި އެ ކުޅިވަރުންވެސް އެތުލީޓުން އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުން މެޑަލް ހޯދަމުންނެވެ.

ސަރުކާރުން އަންނަނީ މާލެއާއި އަތޮޅު ތެރޭގެ އެކި ކަންކޮޅު ތަކުގައި ކުޅިވަރުގެ ވަސީލަތްތައް ވެސް ގާއިމުކުރަމުންނެވެ. މީގެ އިތުރުން މިހާތަނަށް ރާއްޖޭގައި ނުބާއްވާ މިންވަރަށް ބައިނަލްއަގުވާމީ މުބާރާތްތައް ވެސް މި ދައުރުގައި ވަނީ ބާއްވާފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު