Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ކޯލޯ، މުއާނީ ޕީއެސްޖީއަށް ސޮއިކޮށްފި

ކޯލޯ މުއާނީ ޕީއެސްޖީއަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 02:58
ޕީއެސްޖީއަށް ސޮއިކުރި، ފްރާންސްގެ ކޯލޯ މުއާނީ

ޕީއެސްޖީއަށް ސޮއިކުރި، ފްރާންސްގެ ކޯލޯ މުއާނީ

އެއިންޓްރަކްޓް ފްރެންކްފާޓަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ފޯވާޑް ރަންޑަލް ކޯލޯ މުއާނީ އެ ކުލަބު ދޫކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ސޮއިކޮށްފިއެވެ.

އުމުރުން 24 އަަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީއަށް ސޮއިކުރިކަން އެ ކުލަބު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ކޯލޯ މުއާނީ ޕީއެސްޖީއަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑުކުރާނެއެވެ. މުއާނީ ހޯދުމަށް ޕީއެސްޖީން ވަނީ 90 މިލިއަން ޔޫރޯ ޚަރަދުކޮށްފައެވެ. ޕީއެސްޖީން މުއާނީ ހޯދީ އެ ކުލަބަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ކުލަބު ދޫކޮށްލުމާއެކުއެވެ. މީގެ ކުރިން ބައެއް އެހެން ކުލަބުތަކުންވެސް ވަނީ މުއާނީ ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފްރެންކްފާޓު އަދި މުއާނީވެސް އޭރު ކުލަބު ދޫކޮށްލަން ބޭނުންނުވީއެވެ.

މުއާނީ ފްރެންކްފާޓަށް ބަދަލުވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މުއާނީ ފްރެންކްފާޓާއެކު ސޮއިކޮށްފައި އޮތް ފަސް އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާން އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 50 މެޗުގައި 26 ލަނޑު ޖަހާފައެވެ. ޒުވާން ކުޅުންތެރިޔާ ވަނީ އެ ކުލަބުގައި މޮޅު ކުޅުމެއްވެސް ދައްކާފައެވެ. އެ ޓީމާއެކު އޭނާ ވަނީ ޖަރުމަނު ކަޕްގެ ފައިނަލްގައި ކުޅެފައެވެ. މުއާނީ އަންނަނީ މިދިޔަ އަހަރުން ފެށިގެން ފްރާންސް ގައުމީ ޓީމަށްވެސް ކުޅެމުންނެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ދެ އަހަރު އާސެނަލްގައި މަޑުކުރަން ނިންމައި، ވެންގާ އެއްބަސްވުމުގައި ސޮއިކޮށްފި

31 މެއި 2017
ދެ އަހަރު އާސެނަލްގައި މަޑުކުރަން ނިންމައި، ވެންގާ އެއްބަސްވުމުގައި ސޮއިކޮށްފި
30 އެޕްރީލު 2017

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އެޕްރީލު 2017
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު