Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީނަށް ހުކުމް ކުރުން

ޔާމީނަށް ހުކުމްކުރި ދުވަހު މުއިއްޒު ހިތުގެ އަޑިން ކިޔާލަ ކިޔާލާ އޮތީ ޔާމީނު ޖަލުގައި ލައްވާންދޭވެ - އިމްރާން

1 ސެޕްޓެމްބަރު 2023 | ހުކުރު 17:53

މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގައި ކައިބޮއިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ސެޕްޓެމްބަރު 2023 | ހުކުރު 17:53
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އުފާވެރި މާލެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އުފާވެރި މާލެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި ދުވަހު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިތުގެ އަޑިން ކިޔާލަ ކިޔާލާ އޮތީ ޔާމީނު ޖަލުގައި ލައްވާންދޭވެ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އުފާވެރި މާލެ ޖަލްސާފައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ، އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގައި ކައިބޮއިގެން ކަމަށެވެ. އެދުވަސްވަރުގެ ގޮތުން ކުރަން ޖެހުނު ކަންކަން ކުރައްވަމުން ގެންދެވިއިރު މުއިއްޒު ހުންނެވި ކޮންމެކަމަކާވެސް ދެކޮޅަށް ކަމަށާއި، އެކަމަށް އަދާލަތުޕާޓީގެ މެންބަރުން ހެކިވާނެ ކަމަށެވެ. އަދި ވެރިކަން ބަދަލުވެގެން މަގާމުތައް ބަހަން ޖެހުނު ވަގުތުގައި ކުޑަކުއްޖަކު މަންމަ ކައިރީގައި އައިސް ރޯހެން މިނިސްޓަރުގެ އަރިހުގައި ވަޒީފާއަށް އައިސް މުއިއްޒު ރުއިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މުއިއްޒުއަށް ވަޒީފާ ދިނީ މަންމަގެ ލަނގޮޑިއަށް ކެތްނުވާފަދައިން އޭނާގެ ލަގޮނޑިއަށް ކެތްނުވެގެން ކަމަށެވެ. މަގާމު ދީފަ ދުވަސްކޮޅެއް ނުވެ ޔާމީންގެ ވެރިކަން އައި ހިސާބުން، ހައުސިންގ މިނިސްޓަރުކަން ދިނީ އެމްޑީއޭއަށް ކަމަށާއި، ސިޔާމު ކައިރިއަށް ގޮސް ދޮރުކައިރީގައި ގޮނޑިއަޅައިގެން އިނދެ އާދޭސްކުރީ މަގާމުދޭތޯ ކަމަށާއި، އެކަން ސިޔާމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ސިޔާމުގެ ލަނގޮޑިއަށް ކެތްނުވެގެން މަގާމު ދިން ކަމަށާއި، އަދާލަތު ދޫކޮށްލާފައި ދިޔަ އިރުގައި ދޮންކަޅުވެސް އަންގާ ނުލާ ކަމަށެވެ. ސިޔާމް ވަރަށް ހެޔޮކޮށް ކަންކޮށްދެއްވި ކަމަށާއި، ކަން އެހެން އޮއްވާ ޔާމީންގެ ޕާޓީން ބޮޑު މަގާމެއް މުއިއްޒު ބޭނުންވި ކަމަށެވެ. ސިޔާމް ހޭލި އިރު ދެން ފެނުނީ މުއިއްޒު ޕީޕީއެމަށް ސޮއިކުރި ވާހަކަ ކަމަށާއި، މިފަދަ ގޮތަކަށް ގޮސް ދައުރު ނިންމާލިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މުއިއްޒު ވެރިކަމަށް ހޮވިވަޑައިގެންފިނަމަ ޔާމީން އޮންނާނީ ޖަލުގައި ކަމަށެވެ.

އުފާވެރި މާލެ ޖަލްސާފައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ، އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެއްބުރުން ހޮވަން ބޭނުންވަނީ ގައުމު ނުހުއްޓި ކުރިއަށްދާން ބޭނުންވާތީ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ގައުމުގައި އޮތް މަސްލަހަތާއި ހަމަޖެހުމާއި ސުލްހަކަން ދެމިއޮތުމަށް ބޭނުންވާތީ ރައީސް ޞާލިހް އެއްބުރުން ހޮވަންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މާޒީވެދިޔަ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާމާންކަމުގެ ކަޅު އަނދިރި ދުވަސްތައް އަނބުރާ މި ރާއްޖެއަށް އަންނަން ހިތް ނޭދޭތީ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި އަނިޔާކޮށް މީހުން މެރި ދުވަސްތައް މާޒީގެ ސަފްހާތަކުގެ ތެރެއަށް ވަދެ ގެއްލި ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ސަބަބުތަކަށްޓަކައި އެދުވަސްތައް އިއާދަވާކަށް ބޭނުން ނުވާ ކަމަށެވެ. ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ގާސިމް އިބްރާހިމާއި ހުރހާ ބޭފުޅުން ތިބީ ޖަލުގައި ކަމަށެވެ. ޖަލުގައި އެންމެންތިއްބާ ދެވަނަ ސަފު ގޮވައިގެން ރައީސް ޞާލިހު ނުކުމެވަޑައިގަތީ ޖަރީރާއްޖެއެއް ހޯދަން ކަމަށާއި، އެންމެންގެ މަސައްކަތުން ޖަޒީރާ ރާއްޖެ ލިބިއްޖެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު މިތިބީ ވަރަށް ޝާމިލް މެނިފެސްޓޯއަކާއެކީގައި ކަމަށެވެ. މިއަދު ރައީސް ޞާލިހް ޒުވާނުންނަށްޓަކައި ގައުމު ބިނާކުރުމަށްޓަކައި ކުރައްވާ މަސައްކަތަށްޓަކައި އެއްބުރުން ރައީސް ޞާލިހް ހޮއްވަވަން ޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް