Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސް ހައްޔަރުކުރުން

ފާރިސް މައުމޫން މިނިވަން ކުރުމަށް ގޮވާލަން:އެމްޑީޕީ

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޤާނޫނީ ޒިންމާ ރައްޔިތުންގެ މަޖިލިހަށް ލިބިދޭން ޖެހޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 18 ޖުލައި 2017 | އަންގާރަ 16:13
ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެމްޑީޕީއާ ބައްދަލުކުރަނީ

ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެމްޑީޕީއާ ބައްދަލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ނުޙައްޤުން، ޤާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާއެއް ޙާސިލްކުރުމަށްޓަކައި ހައްޔަރުކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށް ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލާގައި އެންމެ އިސްވެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި، އެ ވޯޓަށް ނުފޫޒު ފޯރުވުމަށާއި، މެންބަރުންނަށް ބިރު ދެއްކުމަށް ސީދާ ޢަބްދުﷲ ޔާމީންގެ އެންގުމަށް ހިންގާ ޖަރީމާތައް ބަލައިނުގަނެވޭނެ ކަމަށާއި ދިވެހިރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނަށް ބިރުދައްކައިގެން، ޣައިރު ޤާނޫނީ ވެރިކަމެއްކޮށް، ވެރިކަމުގެ ނިޒާމް ގަޑުބަޑުކުރަން ހިންގާ ކަންކަމަކީ ޢަބްދުﷲ ޔާމީން އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރައްވަމުން ގެންދަވާ ކަންތައްތައްކަމަށެވެ.

Advertisement - newsAdvertisement

ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ ޙާލަތު އެތައް ގޮތަކުން ދަށަށް ގޮސްފައިވާކަމަށާއި، ދިރިއުޅުމުގެ އަގު އިންތިހާއަށް އުފުލި، ޤާނޫނުގެ ވެރިކަން ނައްތާލައި، ދައުލަތުގެ މުވައްސަސާތަކުގެ ބާރު ކަނޑުވާލަމުން ގެންދާތީވެ، ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޖަވާބުދާރީ ކުރުވުމުގެ ޙައްޤުން މަޙްރޫމް ނުކުރެވޭނެކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޤާނޫނީ ޒިންމާ ރައްޔިތުންގެ މަޖިލިހަށް ލިބިދޭން ޖެހޭ ކަމެއްކަމަށް ދެކޭކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުރަސް އެޅުމުގެ ގޮތުން ކުރެވޭ މިފަދަ ކަންކަމަކީ ޤާނޫނާ ޚިލާފް ކަންތައްތައްކަމަށާއި ސަރުކާރުން ހިންގާ ކަންކަމަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްއަށް ނިސްބަތްވާ އެތައް މެންބަރުންތަކެއް އެ ޕާޓީން ވަކިވެ، ސިޔާސީ ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރެއްވުމާއެކު ޢަބްދުﷲ ޔާމީންގެ ސިޔާސީ ގޮތުން އެތައް ގުނައަކުން ބަލިކަށިވެ، ރައްޔިތުންގެ ކުރިމަތީގައި އިތުބާރާއި ޤަދަރު ގެއްލެމުންދާތީވެ، ގަދަ ބާރުން ވެރިކަމުގައި ހުންނެވުމަށް ކުރައްވާ ކަންތައް ކަމުގައި އެމްޑީޕީން ދެކޭމަށެވެ.

ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ހައިޖެކްކޮށް، ރައްޔިތުންނަށް އަނިޔާވެރިވުމުން ޢަބްދުﷲ ޔާމީންގެ ވެރިކަމަށް ލިބޭނެ މަންފާއެއް ނޯންނާނެކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ދައުލަތް ބަލިކަށިވެ، ދެމެހެއްޓެނިވި ހަމަޖެހުން ދިވެހިންނަށް ހޯދައިދިނުމަށް ހުރަސްއެޅިފައިވާކަމަށެވެ. އަދި ރޭވިގެން ހިންގަމުންދާ ޚުދުމުހުތާރު ޢަމަލުތައް ހުއްޓާލައި، މިފަދަ ޣައިރު ޤާނޫނީ އެއްވެސް ރޭވުމެއްގައި ފުލުހުންނާއި ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ބައިވެރިނުވުމަށް ގޮވާލާކަމަށެވެ.

އެމްޑީޕީން ބުނީ މިހާރުން މިހާރަށް ފާރިސް މައުމޫން މިނިވަން ކުރުމަށް ގޮވާލާކަމަށާއި އަދި މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރަމުން ގެންދާ މަސައްކަތުގައި އެމްޑީޕީން ދެމި ތިބޭނެ ކަމުގައި ޔަޤީންކަން އަރުވާކަމަށްވެސް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު