Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ސިޓީގެ ކޯލް ޕާމާ، ޗެލްސީއަށް ސޮއިކޮށްފި

1 ސެޕްޓެމްބަރު 2023 | ހުކުރު 13:08

ޕާމާ ޗެލްސީ އާއެކު ސޮއިކުރީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 1 ސެޕްޓެމްބަރު 2023 | ހުކުރު 13:08
ކޯލް ޕާމާ، ޗެލްސީ އެއްބަސްވުމުގައި ސޮއިކުރަނީ

ކޯލް ޕާމާ، ޗެލްސީ އެއްބަސްވުމުގައި ސޮއިކުރަނީ

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި އިންގްލެންޑް 21 އަހަރުން ދަށުގެ ގައިމީ ޓީމުގެ ކޯލް ޕާމާ، 40 މިލިއަން ޕައުންޑަށް ޗެލްސީއަށް ސޮއިކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އާއެކު ސޮއިކުރީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން އެޑް-އޮންގެ ގޮތުގައި އިތުރު 2.5 މިލިއަން ޕައުންޑް ލިބޭއިރު، އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ޗެލްސީއަށް ލިބޭނެއެވެ.

ސިޓީގެ އެކަޑެމީ އިން ކުޅެން ފެށި ޕާމާ އަކީ މިއަހަރު 21 އަހަރުން ދަށުގެ ޔޫރޯ މުބާރަތް ކާމިޔާބުކުރި އިންގްލެންޑް ޓީމުގެ ކުޅުންތެރިއެކެވެ. ޕާމާ ބުނީ ޗެލްސީން މިހާރު ފަށާފައިވާ ޕްރޮޖެކްޓް އޭނާ އަށް ވަރަށް ކަމުދާ ކަމަށެވެ. އަދި ޗެލްސީގެ ޓީމަކީ ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއްް ކަމަށެވެ.

ވެސްޓް ހޭމް އިންވެސް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޕާމާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ ލޯނު އުސޫލުން ޕާމާ ނުފޮނުވާނެ ކަމަށެވެ.

ޗެލްސީގެ ކޯ ސްޕޯޓިން ޑައިރެކްޓަރު ލޮރެންސް ސްޓެވާޓް އާއި ޕައުލް ވިންސްޓަންލީ ބުނީ ޕާމާ ޗެލްސީ އާ ގުޅުނީ ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ތަޖުރިބާ އާއެކު ކަމަށެވެ. އަދި 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތުގައި އޭނާގެ ހުނަރު ފެނުނު ކަމަށް ބުންޏެވެ.

ޔުއެފާ ސުޕަ ކަޕްގައި ސެވިއްޔާ ކައިރިން މޮޅުވި މެޗުގައާއި ކޮމިޔުނިޓީ ޝީލްޑް މެޗުގައި އާސެނަލް އާ ދެކޮޅަށް ޕާމާ ވަނީ ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް