Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން

މޯލްޑިވިއަނުން ޓިކެޓުތަކުގެ އަގު ބޮޑުކޮށްފި

ކާޑެއްދޫއަށް 180 ރުފިޔާ އަދި އެހެން ޑޮމެސްޓިކް އެއަރޕޯޓުތަކަށް 70 ރުފިޔާ ވަނީ ބޮޑުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 1 މާރިޗު 2023 | ބުދަ 10:57
މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި ދެ ބޯޓު

މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި ދެ ބޯޓު

ގައުމީ އެއަރލައިން، މޯލްޑިވިއަނުން އެތެރޭގެ އުދުންހުންތަކުގެ އަގު ބޮޑުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ މާކެޓިންގ އެންޑް ޕީއާރް އެގްޒެކެޓިވް އަހުމަދު މުޝްއިލް ސޮބާހު "ރާއްޖެ އެމްވީ"އަށް ވިދާޅުވީ، އަގުތައް ބޮޑުކުރަން ޖެހުނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއި ވިލާ އެއަރއިން އެއަރޕޯޓް ހޭންޑްލިންގ ޗާޖްތައް ބޮޑުކުރުމުން ކަމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ވިލާއިން ކާޑެއްދޫ އެއަރޕޯޓުގެ ޗާޖް ވަރަށް ބޮޑުތަން ބޮޑުކޮށްފައިވާކަމަށާއި، ރީޖަނަލް އެއަރޕޯޓްސްއިން ވެސް މި މާޗު މަހުން ފެށިގެން ބޮޑު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މުޝްއިލް ވިދާޅުވިގޮތުގައި ކާޑެއްދޫ އެއަރޕޯޓަށް އެ އެއަރލައިނުން ކުރާ ދަތުރުތަކުގައި ޓިކެޓުން ވަނީ 180 ރުފިޔާ ބޮޑުކޮށްފައެވެ. އަދި އެހެނިހެން ޑޮމެސްޓިކް އެއަރޕޯޓުތަކަށް ކުރާ ދަތުރުތަކުގެ ޓިކެޓުތަކުން ބޮޑު ކުރީ 70 ރުފިޔާއެވެ.

މޯލްޑިވިއަންއިން އަގުތަކަށް ގެނައި މި ބަދަލާއެކު ކާޑެއްދޫއިން މާލެއަށް މިހާރު ޓިކެޓެއްގެ އަގު ވަނީ 1،693 ރުފިޔާއަށް އުފުލިފައެވެ. މީގެ ކުރިން އަގު ހުރީ 1،513 ރުފިޔާގައެވެ.

މިދިޔަ އަހަރުވެސް މޯލްޑިވިއަނުން ވަނީ ޓިކެޓުތަކުގެ އަގު ބޮޑުކޮށްފައެވެ. އެ ކުންފުނިން އެފަހަރު ޓިކެޓް އަގު ބޮޑުކުރީ ފިޔުލް ސަރޗާޖް ބޮޑުވުމުގެ ސަބަބުންނެވެ.

މުޝްއިލް ވިދާޅުވިގޮތުގައި މިފަހަރުވެސް ޓިކެޓުގެ އަގުބޮޑުކުރިއިރު ވީހާވެސް ކުޑަ އަދަދެއް ކަނޑައެޅުމަށް ވިސްނާފައިވާނެއެވެ.

އައިލެންޑް އޭވިއޭޝަން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
 އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި
02 ސެޕްޓެމްބަރު 2025

އަތޮޅުތެރޭގެ ނުވަ އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، ރީޖަނަލް އެއަރޕޯޓް އުވާލުމުގެ މަސައްކަތް ދަނީ ކުރިޔަށް

02 ސެޕްޓެމްބަރު 2025
އަތޮޅުތެރޭގެ ނުވަ އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، ރީޖަނަލް އެއަރޕޯޓް އުވާލުމުގެ މަސައްކަތް ދަނީ ކުރިޔަށް
03 ޖެނުއަރީ 2024

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުން ޖެނިފާ ވަކިކޮށްފި

03 ޖެނުއަރީ 2024
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުން ޖެނިފާ ވަކިކޮށްފި
21 ނޮވެމްބަރު 2023

ހުވާކުރުމަށް އެއް ދުވަހަށް ވެފައިވަނިކޮށް މައްސަލަ އަނބުރާ ނަގައި، އައިލެންޑް އޭވިއޭޝަނުން އަމީނަށް 2 މިލިއަން ރުފިޔާ ދެނީ

21 ނޮވެމްބަރު 2023
ހުވާކުރުމަށް އެއް ދުވަހަށް ވެފައިވަނިކޮށް މައްސަލަ އަނބުރާ ނަގައި، އައިލެންޑް އޭވިއޭޝަނުން އަމީނަށް 2 މިލިއަން ރުފިޔާ ދެނީ
01 ސެޕްޓެމްބަރު 2023

ބައިނަލްއަގުވާމީ އެއަރލައިނެއް އުފައްދަން އައިލެންޑް އޭވިއޭޝަނާއި އެމްއެފްއެމްސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ބައިނަލްއަގުވާމީ އެއަރލައިނެއް އުފައްދަން އައިލެންޑް އޭވިއޭޝަނާއި އެމްއެފްއެމްސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު