Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިމްރާން ޚާންގެ ޖަލު ބަންދު

އިމްރާން ޚާން ޖަލު ބަންދުން މިނިވަންވެ ވަޑައެއްނުގަތް - އިތުރު 14 ދުވަހު ހުންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި

ބުދަ ދުވަހު އެގޮތަށް އެގައުމުގެ ކޯޓަކުން ނިންމުމުން، އޭނާއަށް ތާއީދުކުރާ އާއްމުން ދަނީ ނުރުހުން ފާޅުކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 އޯގަސްޓު 2023 | ބުރާސްފަތި 14:49
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަނެއްކާވެސް 14 ދުވަހު ޖަލުގައި ބަހައްޓަން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ބުދަ ދުވަހު އެގޮތަށް އެގައުމުގެ ކޯޓަކުން ނިންމުމުން އޭނާއަށް ތާއީދުކުރާ އާއްމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ދައުލަތުގެ ސިއްރުތައް ލީކުކޮށްލެއްވުން ހިމެނެއެވެ. އިމްރާންގެ ވަކީލުން ދަނީ މި ތުހުމަތުތައް ދޮގުކުރަމުންނެވެ. ޕާކިސްތާނުގެ ކޯޓަކުން އިމްރާން ޚާން އިތުރު 14 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައި މި ވަނީ، އޭނާގެ ޖަލު ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ސަސްޕެންޑުކުރިތާ އެއް ދުވަސް ފަހުންނެވެ.

އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު އެ ހުކުމް ތަންފީޒުކުރަން ފެށީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ ޖަލަށް ލާން ހުކުމްކުރީ ގައުމުތަކުން ދޭ ހަދިޔާ އުސޫލުން ބޭރުން ބޭނުންކުރެއްވިކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގެ ޖަލު ހުކުމް ސަސްޕެންޑްކޮށްފައިވަނީ އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ނިމެންދެންނެވެ. އިމްރާންގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތަކަކަށް އޭނާ ވަނީ އިންކާރުކުރައްވާފައެވެ. އިމްރާންގެ މައްޗަށް 100އަށްވުރެ ގިނަ ދައުވާ ވަނީ އުފުލާފައެވެ. 

އިމްރާން ޚާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
29 އޯގަސްޓު 2023

ޕާކިސްތާނުގެ ހައިކޯޓުން އިމްރާން ޚާންގެ ޖަލު ހުކުމް ސަސްޕެންޑުކޮށްފި

29 އޯގަސްޓު 2023
ޕާކިސްތާނުގެ ހައިކޯޓުން އިމްރާން ޚާންގެ ޖަލު ހުކުމް ސަސްޕެންޑުކޮށްފި
27 ޖޫން 2023

ޕާކިސްތާނުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަސްކަރިއްޔާގެ ޖެނެރަލަކު މަގާމުން ވަކިކޮށްފި

27 ޖޫން 2023
ޕާކިސްތާނުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަސްކަރިއްޔާގެ ޖެނެރަލަކު މަގާމުން ވަކިކޮށްފި
16 މާރިޗު 2023

ސަޕޯޓަރުން ހައްޔަރުކޮށް ކުރިމަތިލުންތައް ހިންގަނީ އެމަނިކުފާނު އަވަހާރަކޮށްލަންކަމަށް އިމްރާން ޚާން ތުހުމަތުކުރައްވައިފި

16 މާރިޗު 2023
ސަޕޯޓަރުން ހައްޔަރުކޮށް ކުރިމަތިލުންތައް ހިންގަނީ އެމަނިކުފާނު އަވަހާރަކޮށްލަންކަމަށް އިމްރާން ޚާން ތުހުމަތުކުރައްވައިފި
05 ނޮވެމްބަރު 2022

ރަނގަޅުވިހާ އަވަހަކަށް މުޒާހަރާއަށް އަލުން ނިކުންނާނަން: އިމްރާން ޚާން

05 ނޮވެމްބަރު 2022
ރަނގަޅުވިހާ އަވަހަކަށް މުޒާހަރާއަށް އަލުން ނިކުންނާނަން: އިމްރާން ޚާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު