Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނުގައި ހިންގި ހަމަނުޖެހުން

ޕާކިސްތާނުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަސްކަރިއްޔާގެ ޖެނެރަލަކު މަގާމުން ވަކިކޮށްފި

މަދުވެގެން 102 މީހުންގެ މައްޗަށް އަސްކަރީ ކޯޓުތަކުގައި ދައުވާތައް ކުރިޔަށްދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ޖޫން 2023 | އަންގާރަ 16:18
ޕާކިސްތާނުގައި މެއި މަހުގެ ތެރޭގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން

ޕާކިސްތާނުގައި މެއި މަހުގެ ތެރޭގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާއީދުކުރާ ފަރާތްތަކުން, އަސްކަރީ އުޅަނދުތަކަށް އަމާޒުކޮށް ހިންގި ހަމަނުޖެހުން ދިފާއުނުކުރެވުމުގެ ސަބަބުން (ލެފްޓިނެންޓް ޖެނެރަލެއް ހިމެނޭގޮތުން) ޕާކިސްތާނުގެ އަސްކަރީ އޮފިސަރުންތަކެއް މަގާމުން ވަކިކޮށްފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެތެރޭގައި ހިންގި އިންކުއަރީއަކުން ނިންމި ނިންމުން މިގޮތަށް އާންމުކުރުމަކީ ވަރަށް މަދުން ނޫނީ ނުކުރާކަމެކެވެ.

މިދިޔަ މަހު ހިންގި ހަމަނުޖެހުމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން، މޭޖަރ ޖެނެރަލް އަހުމަދު ޝާރިފް ޗައުދަރީ ވިދާޅުވީ މަދުވެގެން 102 މީހުންގެ މައްޗަށް އަސްކަރީ ކޯޓުތަކުގައި ދައުވާތައް ކުރިޔަށްދާކަމަށެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އާންމުންގެ ކިތައް މީހުން ކަމެއް، އަދި އަސްކަރީ ކިތައް މީހުންނެއްކަމެއް ޗައުދަރީ ހާމައެއްނުކުރައްވައެވެ. އަދި މަގާމުން ވަކިކުރި އޮފިސަރުންގެ ނަންތައް ހާމަކުރެއްވުމަށް ޗައުދަރީ ދެކޮޅު ހެއްދެވިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ވަނީ، ޕާކިސްތާނުގެ އާންމު ރައްޔިތުންގެ މައްޗަށް އަސްކަރީ ކޯޓުތަކުގައި ދައުވާތައް ކުރިޔަށްދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުންނަށް ދިފާއުވުމުގެ ފުރުސަތު ނުލިބޭނެކަމަށް ބުނެ މިގްރޫޕްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއަޑުއެހުންތަކާ ގުޅިގެން ސްޕްރީމް ކޯޓަށް ވަނީ ތިން ޕެޓިޝަނެއް ހުށަހަޅާފައެވެ. އޭގެތެރެއިން އެއް ޕެޓިޝަން ހުށަހެޅީ އިމްރާން ޚާން ނިސްބަތްވެވަޑައިގަންނަވާ ޕާޓީންނެވެ.

މެއި މަހު އިމްރާން ޚާންގެ ސަޕޯޓަރުން ވަނީ އަސްކަރީ ތަކެއްޗަށް ގެއްލުންދީފައެވެ. އޭތެރޭގައި އެއަރ ބޭހަކާއި ޖެނެރަލަކު އުޅުއްވާ ގެކޮޅާއި އާރމީގެ ހެޑްކުއަރޓަރތައް ވެސް ހިމެނެެއެވެ. މިހަމަނުޖެހުންތަކުގައި 5000ށްވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން ވަރަށް ގިނަ މީހުން ދޫކޮށްލިއެވެ.

ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޗައުދަރީ ވިދާޅުވީ، ސެކިޔުރިޓީ ބްރީޗްވި ގޮތް ހޯދުމަކީ އަމާޒެއްކަމަށާއި ގޯސްކޮށް ދިޔައީ ކޮންކަމެއްކަން އެނގެންޖެހޭކަމަށެވެ.

ޗައުދަރީ އިތުރަށް ވިދާޅުވީ މޭޖަރ ޖެނެރަލުންގެ ބެއްލެވުމުގެ ދަށުން ދެ ޑިޕާޓްމަންޓެއްގައި އިންކުއަރީ ކުރިޔަށްގެންގޮސްފައި ވާކަމަށެވެ. އަދި އަދަބުވެސް ކަނޑައަޅާފައިވަނީ އިންކުއަރީގެ ރެކޮމެންޑޭޝަނަށް ބެލުމަށްފަހު ކަމަށް ޗައުދަރީ ވިދާޅުވިއެވެ.

މީގެއިތުރުން ޑިޕާޓްމަންޓް ލެވެލްގައި 15 އާރމީ އޮފިސަރަކަށް ހަރުކަށި ފިޔަވަޅު އަޅާފައިވާކަމަށާއި އޭގެތެރޭގައި މޭޖަރ ތިން ޖެނެރަލުންނާއި ހަތް ބްރިގޭޑިއަރ ޖެނެރަލުން ހިމެނޭކަމަށް ޗައުދަރީ ވިދާޅުވިއެވެ. މިއީ އަސްކަރިއްޔާ ޖަވާބުދާރީ ކުރުވުމަށް ކުރިޔަށް ގެންގޮސްފައިވާ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ސީނިއަރ އޮފިސަރުންގެ ގާތްތިމާގެ މީހުން (އޭގެތެރޭގައި އަންހެނުންވެސް ހިމެނޭގޮތުން) ދައުވާތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ޗައުދަރީ ވިދާޅުވިއެވެ. އެމީހުންގެ މައްޗަށް ދައުވާކުރަނީ ހަމަނުޖެހުމަށް މަގުފަހިކޮށްދިނުމުގެ ކުށުގައެވެ.

އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި މިމަހަނުޖެހުމަކީ އިމްރާން ޚާންގެ ޕާޓީން ދުރާލައި ރާވައިގެން ހިންގާފައިވާ ހަމަނުޖެހުމެކެވެ.

ޕާކިސްތާންއިމްރާން ޚާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު