Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންރާން ޚާންގެ ޖަލު ހުކުމް

ޕާކިސްތާނުގެ ހައިކޯޓުން އިމްރާން ޚާންގެ ޖަލު ހުކުމް ސަސްޕެންޑުކޮށްފި

އިމްރާން ޚާނާ ދެކޮޅަށް ސަތޭކައަށްވުރެ ގިނަ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 އޯގަސްޓު 2023 | އަންގާރަ 13:30
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ކޮރަޕްޝަންގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޖަލު ހުކުމް އެގައުމުގެ ހައިކޯޓުން ސަސްޕެންޑުކޮށްފިއެވެ. އުމުރުފުޅުން 70 އަހަރުގެ އިމްރާންގެ މައްޗަށް ހުކުމް އިއްވާފައިވަނީ މި އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ.     

އިމްރާން ޚާންގެ މައްޗަށް ދައުވާ ކުރެވުނީ ބޮޑުވަޒީރުކަމުގައި ހުންނެވިއިރު ބޭރުގެ ބައެއް ގައުމުތަކުން ދިން ބައެއް ހަދިޔާ އޭނާ ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައެވެ. އެމައްސަލަ މިހާރު އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާއިރު، ހައިކޯޓުން ކަފާލާތު ބަހައްޓައި، ހުކުމް ސަސްޕެންޑްކޮށްފައި ވަނީ އިސްނިއުނާފް މައްސަލަ ނިމެންދެންނެވެ.

އަނެއްކޮޅުން ޚަބަރު ލިބޭގޮތުގައި އިމްރާން ޚާނާ ދެކޮޅަށް އުފުލާފައިވާ އެހެން މައްސަލައެއްވެސް އޮތުމާއެކު، ބުދަދުވަހާ ހަމަޔަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެހެން ކޯޓަކުން އެދިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އިމްރާން ޚާންގެ ލޯޔަރުން ބުނާގޮތުގައި، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މިދިޔަ އަހަރުގެ އެޕްރިލް މަހު މަގާމުން ވަކިކުރިފަހުން އޭނާއާ ދެކޮޅަށް ސަތޭކައަށްވުރެ ގިނަ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައެވެ.

އިމްރާން ޚާންވަނީ އޭނާ ކުށެއް ނުކުރައްވާ ކަމަށާއި މިއީ ހައްތަހާވެސް ސިޔާސީ މަގްސަދުގައި ކުރާ ދައުވާތަކެއް ކަމަށް ވިދާޅުވެފައެވެ.    

ޕާކިސްތާންއިމްރާން ޚާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު