Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާޓީއަށް ފަންޑްކުރި ގޮތުގެ ތަހުގީގު

ޕާޓީއަށް ފަންޑުކުރިގޮތާ ގުޅޭގޮތުން ކުރިޔަށްގެންދާ ތަހުގީގާގުޅިގެން އިމްރާން ޚާންއަށް ދެވަނަ ނޯޓިސް ދީފި

މިތަހުގީގަކީ ބޭރު ގައުމުތަކުގެ 5 ކުންފުންޏަކުން ގަވާއިދާ ޚިލާފަށް ޕީޓީއައިއަށް ފަންޑުކުރި މައްސަލައެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 އޯގަސްޓު 2022 | ހޮނިހިރު 02:25
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނު ތަހްރީކް އިންސާފު (ޕީޓީއައި) ޕާޓީއަށް ފަންޑުކުރި ގޮތާއި ގުޅޭގޮތުން ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ(އެފްއައިއޭ)ން ކުރިޔަށް ގެންދާ ތަހުގީގާ، ގުޅިގެން އެޕާޓީގެ ޗެއަރޕަރސަން އިމްރާން ޚާންއާއި ސެކެޓްރީ ޖެނެރަލް އަސްއަދް އުމަރަށް އަނެއްކާވެސް ނޯޓިސް ފޮނުވާފައިވާކަމަށް އެ އެޖެންސީން ބުނެފިއެވެ.

މި ތަހުގީގަށް އިމްރާން ޚާންގެ އެއްބާރުލުން ނުލިބޭކަމަށާއި، މިގޮތަށް ތިންވަނަ ނޯޓިސް ފޮނުވައިފިނަމަ ޕާޓީގެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރެއް އެ އެޖެންސީއަށް ނެރެވޭނެކަމަށް ޕާކިސްތާނުގެ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ އެފްއައިއޭން ކުރިޔަށްގެންދާ މިތަހުގީގަކީ ބޭރު ގައުމުތަކުގެ 5 ކުންފުންޏަކުން ގަވާއިދާ ޚިލާފަށް ޕީޓީއައިއަށް ފަންޑުކުރި މައްސަލައެކެވެ. މިއިން އެއްވެސް ކުންފުންޏަކުން ޕާޓީއަށް ފަންޑުކުރިކަން އެޕާޓީން ޕާކިސްތަނުގެ އިލެކްޝަންސް ކޮމިޝަނާއި ފެޑެރަލް ބޯޑު އޮފް ރެވެނިޔުއަށް ހުށަހެޅި ރިޕޯޓްތަކުގައި ނެތެވެ.

މިކުންފުނިތަކަކީ; އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ބެލްޖިއަމް އަދި ކެނެޑާއަށް ނިސްބަތްވާ ކުންފުނިތަކެވެ. މީގެތެރެއިން ބައެއް ކުންފުނިތައް ހުއްޓާލާފައިވާއިރު އަނެއްބައި ކުންފުނިތައް އަދިވެސް ހިންގަމުން އަންނަކަމަށް އެފްއައިއޭން ބުނެއެވެ.

މިތަހުގީގާ ގުޅިގެން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެފައިވަނީ، މި މައްސަލައާ ގުޅިގެން އެފްއައިއޭން ކުރިޔަށްގެންދާ ތަހުގީގަށް އެއްވެސް މައުލޫމާތެއް ދެއްވަން ޖެހިވަޑައިނުގަންނަވާކަމަށެވެ. މައުލޫމާތު ދެއްވުމަށް އެދި އެފްއައިއޭން އިމްރާން ޚާންއަށް އަރުވާފައިވާ ނޯޓިސްއާ ގުޅިގެން އިމްރާން ޚާން ވަނީ، އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކު އެކައުންޓްގެ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅަށް ހައްދަވާފައެވެ. ދަންނަވާ ސުވާލުތަކަށް ޖަވާބުދެއްވައި، މައުލޫމާތު ފޯރުކޮށްދެއްވަން ޖެހިވަޑައިނުގަންނަވާކަމަށް ވިދާޅުވެ އިމްރާން ޚާންގެ ފަރާތްޕުޅުން، ކުރީގެ އެޓަރނީ ޖެނެރަލް އަންވަރު މަންސޫރު ވަނީ އެފްއައިއޭއަށް ޖަވާބު ދެއްވާފައެވެ.

މީގެއިތުރުން އިމްރާން ޚާން ވަނީ ދެދުވަސްތެރޭ ނޯޓިސް އަނބުރާ ނުގެންގޮސްފިނަމަ އެފްއައިއޭ އާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ޕާކިސްތާންއިމްރާން ޚާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު