Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިމްރާން ޚާނަށް ހަމަލާދިނުން

އިމްރާން ޚާނަށް ފަރުވާދެއްވުމަށް ގެންދިޔައީ ލާހޯރްގެ ހޮސްޕިޓަލަކަށް

3 ނޮވެމްބަރު 2022 | ބުރާސްފަތި 16:33

ހަމަލާދިނުމަށްފަހު އެމީހާ ވަނީ ފިލަން މަސައްކަތްކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 ނޮވެމްބަރު 2022 | ބުރާސްފަތި 16:33
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބަޑިން ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މުޒާހަރާކުރައްވަނިކޮށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބަޑިން ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މުޒާހަރާކުރައްވަނިކޮށް

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ދިން ބަޑީގެ ހަމަލާގައި ލިބިވަޑައިގަތް އަނިޔާތަކަށް ފަރުވާހޯއްދެވުމަށް އެމަނިކުފާނު ލާހޯރްގެ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިމްރާން ޚާނަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދީފައިވަނީ, އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވައި، އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މުޒާހަރާކުރައްވަމުން ދަނިކޮށް، ބުރާސްފަތި ދުވަހުއެވެ. މިހަމަލާގައި އެމަނިކުފާނުގެ ފައިންޕުޅަށް ވަނީ ވަޒަން އަރާފައެވެ.

މިހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާ 120 މޭލު ދުރުގައި އޮންނަ ވަޒީރުއާބާދުގައެވެ.

ހަމަލާދިނުމަށްފަހު އެމީހާ ވަނީ ފިލަން މަސައްކަތްކޮށްފައެވެ.

އޭނާ މިހާރު ފުލުހުންގެ ބެލުމުގެދަށުގައި ހުރިއިރު، އޭނާ މަސައްކަތްކުރީ އަމިއްލައަށް، އެކަނިކަމަށް އޭނާ ބުނާ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ. މި ވީޑިއޯގައި އޭނާ ވަނީ، އިމްރާން ޚާން ގެންދަވަނީ ގައުމުގެ އާންމުންނަށް އޮޅުވާލައްވަމުންކަމަށާއި އެހެންކަމުން އޭނާ ބޭނުންވީ އިމްރާން ޚާން އަވަހާރަކޮށްލަން ކަމަށްވެސް ބުނެފައެވެ.

މިހާދިސާއާ ގުޅިގެން އެެއްވެސް މީހަކަށް އަދި ދައުވާއެއް ނުކުރެއެވެ.

އިމްރާން ޚާން ނިސްބަތްވެވަޑައިގަންނަވާ، ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީގެ މެމްބަރަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން، މިހާދިސާގައި އިމްރާންގެ އިތުރުން އެވަގުތު އެމަނިކުފާނާއެކު ހަރަކާތްތެރިވަމުންދިޔަ އިތުރު މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ. އަދި މިހާދިސާގައި އެކަކު މަރުވެފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

އިމްރާން ޚާނަށް ދިން މިހަމަލާ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ކުށްވެރިކުރައްވާފައެވެ. އަދި މިހާދިސާ ތަހުގީގުކުރުމަށް އިންޓީރިއަރ މިނިސްޓަރަށް ވަނީ އަންގަވާފައެވެ.

އިމްރާން ޚާންޕާކިސްތާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 ސެޕްޓެމްބަރު 2025

ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި

12 ސެޕްޓެމްބަރު 2025
ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި
18 ޖުލައި 2025

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު

18 ޖުލައި 2025
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް