Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލޯނު އެއްބަސްވުމެއްގެ ދަށުން އަންސޫ ފާޓީ ބްރައިޓަނަށް ދޫކޮށްލަން ބާސެލޯނާ އިން އެއްބަސްވެއްޖެ

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދާއިމީ ގޮތެއްގައި ފާޓީ ހޯދޭނެ މާއްދާ އެއްބަސްވުމުގައި ހިމަނައިފައެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2023 | ބުރާސްފަތި 02:39
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އަންސޫ ފާޓީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އަންސޫ ފާޓީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ފޯވާޑް އަންސޫ ފާޓީ، ލޯނު އެއްބަސްވުމެއްގެ ދަށުން ބްރައިޓަނަށް ދޫކޮށްލަން އެ ކުލަބުން އެއްބަސްވެއްޖެ އެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން ފާޓީ ހޯދުމަށް ބްރައިޓަނުން ކުރަމުން އައި މަސައްކަތުގައި މިހާރު ވަނީ ބާސެލޯނާއާއެކު އެއްބަސްވުމަކަށް އާދެވިފަ އެވެ. އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ ބްރައިޓަން އާއެކު ސޮއި ކުރާނީ އެއް އަހަރު ދުވަހުގެ އެއްބަަސްވުމެއްގަ އެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބަށް ކުޅޭނެ އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދާއިމީ ގޮތެއްގައި ފާޓީ ހޯދޭނެ މާއްދާ އެއްބަސްވުމުގައި ހިމަނައިފައެއް ނުވެ އެވެ. އެއީ ބާސެލޯނާ އިން ދާއިމީ ގޮތެއްގައި އޭނާ ދޫކޮށްލަން ބޭނުން ނުވާތީ އެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން ބްރައިޓަނަށް ބަދަލުވާން ކުރަން ޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމަށް ފާޓީ، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބްރައިޓަނަށް ދާނެ އެވެ. އެއަށްފަހު އޭނާގެ މެޑިކަލްގެ ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރުމަށް އެ ކުލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބްރައިޓަން އިން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ފާޓީގެ ސޮއި ހޯދުމަށެވެ. އޭނާ ހޯދުމަށް އެންމެ ބޮޑަށް ބާރު އަޅަނީ ބްރައިޓަންގެ ކޯޗެވެ.

ފާޓީ އޭނާގެ ސީނިއާ ކެރިއަރު ބާސެލޯނާ އިން ފެށީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި ފަސް ސީޒަންގެ ތެރޭގައި އޭނާ ވަނީ ބާސެލޯނާ އަށް 111 މެޗު ކުޅެދީ، 29 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވީ ފަހުން، ފާޓީ އަށް އެންމެ އެކަށީގެންވާ މިންވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ، އޭނާގެ ބައްޕަ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފާޓީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެވެ. ނަމަވެސް ފާޓީ އޭރު ވެސް ބުނީ އޭނާ ހުންނަން ބޭނުންވަނީ ބާސެލޯނާގައި ކަމަށެވެ.

ފާޓީ އަންނަނީ 2020 ވަނަ އަހަރުން ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން ނުވަ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ސްޕެއިންނާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ސީނިއާ ޤައުމީ ޓީމަށް ކުޅުމުގެ ކުރިން ފާޓީ ވަނީ، ސްޕެއިންގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

ބާސެލޯނާބްރައިޓަންއަންސޫ ފަޓީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު