Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިނަދޫ ތަރައްގީކުރުން

ތިނަދޫގެ ޓްރާންޝިޕްމަންޓް ބަނދަރާއެކު އެސަރަހައްދުގެ ފަތުރުވެރިކަން ކުރިއަރާނެ: ސިޔާމް

ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޯގަސްޓު 2023 | ބުދަ 18:45
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަދައްކަވަނީ

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަދައްކަވަނީ

ތިނަދޫ ސިޓީގައި އަޅަމުންދާ ޓްރާންޝިޕްމަންޓް ބަނދަރު ނިމި ޚިދުމަތް ދޭން ފެށުމުން އެސަރަހައްދުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ އުފާވެރި އަމާންރާއްޖެ ޖަލްސާގައި ސިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މި އިގްތިސާދަށް ބޮޑު ހެޔޮ ބަދަލު ގެންނަނީ، އެއް ގުނަ، ދެ ގުނަ، ތިން ގުނަ ވާ ގޮތަށް ކަމަށެވެ. ރާއްޖޭގައި މިއަންނަ ތާރީހީ ބޮޑު ބަދަލަކީ މި ދިވެހި ތާރީހުގައި މިހާތަނަށް އައިސްފައިވާ އެންމެ ބޮޑު ހެޔޮ ބަދަލުކަން ސިޔާމް ފާހަގަކުރެއްވިއެވެ. ސިޔާމް ވިދާޅުވީ އަބަދުވެސް ސަރުކާރުތަކުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި އޮތް ފަގީރުކަން ނައްތާލައި، ރައްޔިތުންނަށް ކުރިމަތިވެފައިވާ އުދަނގޫތަކުން ސަލާމަތް ކުރަމަށް ކަމަށެވެ. އެންމެ ކާމިޔާބު ބޮޑުކޮށް، ރައްޔިތުން އެދޭ އުފާވެރިކަމާއި، އަމާން ރާއްޖެއެއް ގެނެސްދެއްވީ ރައީސް ޞާލިހު ކަމަށް ސިޔާމް ވިދާޅުވިއެވެ.

ތިނަދޫ ސިޓީގެ ތަރައްގީއަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވީ އެ ސިޓީގައި މިހާރު އެ އަޅަމުންދާ ޓްރާންޝިޕްމަންޓް ބަނދަރު ނިމުމާއެކު، އެތަނަށް ބޭރުގެ ބޯޓުތައް އަންނާނެ ކަމަށާއި، މުދާ ބޭރަށް ފޮނުވޭނެ ކަމަށެވެ. މިއާއެކު ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރެވި ދުނިޔޭގެ އެކި ގައުމުތަކުގެ ފްލައިޓްތައް އެ އެއާޕޯޓަށް ޖެއްސިގެންދާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއާއެކު ފަތުރުވެރިކަން ވެސް އެތައް ގުނައަކުން ފުޅާވެ ކުރިއަރައިގެންދާނެ ކަމަށެވެ.

ސިޔާމް ވިދާޅުވީ އުފާވެރިއަމާން ރާއްޖެއަށް ދިއުމަށް ރައީސް ޞާލިހު ދެވަނަ ދައުރަށް އިންތިޚާބު ކުރަންޖެހޭ ކަމަށެވެ. އަދި އިގްތިސާދު ކުރިއަރުވައި ފަތުރުވެރިކަން މުޅި ރާއްޖޭގައި ކުރިއެރުވޭނީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުކުރެވިގެން ކަމަށް ސިޔާމް ވިދާޅުވިއެވެ.

އަހުމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް)އުފާވެރި އަމާން ރާއްޖެތިނަދޫ ސިޓީ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫ އަށް ގެންދިޔަ ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދިއުމުގެ މަަސައްކަތް ފަށައިފި

22 އޮކްޓޯބަރު 2025
ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫ އަށް ގެންދިޔަ ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދިއުމުގެ މަަސައްކަތް ފަށައިފި
14 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އައްޑޫ އަށް ކުރައްވާ ދަތުރާ ދިމާކޮށް، ތިނަދޫ އިން ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދަނީ!

14 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އައްޑޫ އަށް ކުރައްވާ ދަތުރާ ދިމާކޮށް، ތިނަދޫ އިން ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދަނީ!
05 އޮކްޓޯބަރު 2025

ތިނަދޫ ސިޓީގައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާ ދެނީ

05 އޮކްޓޯބަރު 2025
ތިނަދޫ ސިޓީގައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާ ދެނީ
28 ސެޕްޓެމްބަރު 2025

ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

28 ސެޕްޓެމްބަރު 2025
ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
05 އޯގަސްޓު 2025

ތިނަދޫ ސިޓީގެ މޭޔަރ އާއި ޑެޕިއުޓީ މޭޔަރ ސަސްޕެންޑް ކުރި މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ރަޖިސްޓްރަރ ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް އިސް ގާޒީ ނިންމަވައިފި

05 އޯގަސްޓު 2025
ތިނަދޫ ސިޓީގެ މޭޔަރ އާއި ޑެޕިއުޓީ މޭޔަރ ސަސްޕެންޑް ކުރި މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ރަޖިސްޓްރަރ ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް އިސް ގާޒީ ނިންމަވައިފި
07 ޖުލައި 2025

ލޯންޗެއް އެކްސިޑެންޓުވެ ހަތަރު މީހަކަށް އަނިޔާވެއްޖެ

07 ޖުލައި 2025
ލޯންޗެއް އެކްސިޑެންޓުވެ ހަތަރު މީހަކަށް އަނިޔާވެއްޖެ
20 ޑިސެމްބަރު 2023

ތިނަދޫ ސިޓީއަކަށް ހެދުމަށް މަޖިލީހުން މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ޝަރީފަށް މެންބަރު ނިޔާޒުގެ ވަރުގަދަ ރައްދެއް!

20 ޑިސެމްބަރު 2023
ތިނަދޫ ސިޓީއަކަށް ހެދުމަށް މަޖިލީހުން މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ޝަރީފަށް މެންބަރު ނިޔާޒުގެ ވަރުގަދަ ރައްދެއް!
03 ޑިސެމްބަރު 2023

4 ސިޓީއަކުން ދެގުނަ އަވަސްކޮށް ޕާސްޕޯޓް ލިބޭގޮތް ހަދައިފި

03 ޑިސެމްބަރު 2023
4 ސިޓީއަކުން ދެގުނަ އަވަސްކޮށް ޕާސްޕޯޓް ލިބޭގޮތް ހަދައިފި
29 ނޮވެމްބަރު 2023

ތިނަދޫ ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް ޑިސެމްބަރު ފަހެއްގައި

29 ނޮވެމްބަރު 2023
ތިނަދޫ ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް ޑިސެމްބަރު ފަހެއްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު