Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަންގޭރީއަށް ސްކޮލަރޝިޕްގައި ފުރާ ދަރިވަރުން

ހަންގޭރީއަށް ސްކޮލަރޝިޕްގައި ފުރާ ދަރިވަރުންނާ މިނިސްޓަރު ބައްދަލުކުރައްވައިފި

25 ދަރިވަރުން ކިޔެވުމަށް ޖާގަ ހަމަޖެހިފައިވަނީ ހަންގޭރީގެ 8 ޔުނިވަރސިޓީ އަކުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 އޯގަސްޓު 2023 | ބުދަ 02:31
ހަންގޭރީއަށް ކިޔަވަންދާ ދަރިވަރުންނާ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ބައްދަލުކުރައްވަނީ

ހަންގޭރީއަށް ކިޔަވަންދާ ދަރިވަރުންނާ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ބައްދަލުކުރައްވަނީ

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕް 2022 އަށް ހޮވުނު ފަރާތްތަކުގެ ސެންޑް-އޯފް ހަފްލާއެއް ހޮޓެލް ޖެންގައި ބާއްވައިފިއެވެ.

މި ހަފްލާއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި ކޮންސުލޭޓް ޖެނެރަލް އޮފް ހަންގޭރީ އިން ދަ މޯލްޑިވްސް ގުޅިގެން ބޭއްވުނު ހަފްލާއެކެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހީމް ހަސަންގެ ވާހަކަފުޅުގައި ކިޔަވަންގޮސް ތިބޭއިރު ދަރިވަރުން ސަމާލުވާންޖެހޭ ބައެއް ކަންކަން ފާހަގަކުރެއްވިއެވެ. މިގޮތުން އަބަދުވެސް އިސްލާމްދީނުގެ ހަރުދަނާ އުސޫލުތަކުގައި ހިފެހެއްޓުމަށާއި ދިވެއްސަކަށްވީތީ ފަޚުރުވެރިވާންވާނޭ ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން ދިވެހީންގެ ހުރި ރީތި އާދަކާދަތަކާއި ސަގާފަތް އެހެންމީހުންނަށް އޮޅުންފިލުވައިދިނުމަށް ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ދަރިވަރަކީ، ހަންގޭރީގައި ދިވެހިރާއްޖެ ތަމްސީލްކުރާ ދިވެހިރާއްޖޭގެ އެންބަސަޑަރުންކަމުގައި ވިދާޅުވިއެވެ. އަދި ކޮންސުލޭޓް ޖެނެރަލް މުހައްމަދު އަލީ ޖަނާހް ކުރައްވާ މަސައްކަތް ވަކިން ހާއްސަކޮށް ފާހަގަކުރެއްވިއެވެ.

ކޮންސުލޭޓް ޖެނެރަލްގެ ވާހަކަފުޅުގައި ދަރިވަރުންނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް، ހާއްސަގޮތެއްގައި ވިސާގެ ކަންތައް ހަމަޖެއްސުމުގައި ވަރަށް ގާތުން މަސައްކަތްކުރައްވާކަމާއި އެކަން ހަމަޖެހޭނޭކަމުގެ ޔަޤީންކަން ދަރިވަރުންނަށް ދެއްވިއެވެ. މީގެ އިތުރުން ވެސް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި އެކީ ވަރަށް ގާތުން ވަރަށް ގުޅިގެން މަސައްކަތްކުރައްވާކަމާއި އަދިވެސް ކުރައްވާނެކަން ފާހަގަކުރެއްވިއެވެ.   

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕްއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއްރސް އެންޑް ޓްރޭޑް އޮފް ހަންގެރީ އާ ދެމެދު 8 ނޮވެމްބަރު 2021 ގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގެ ދަށުން 2022 ވަނަ އަހަރު ބެޗްލަރސް، މާސްޓަރސް އަދި ޑޮކްޓޯރަލް ޑިގްރީ ލެވަލް އަށް އެކި ދާއިރާތަކުން ދިވެހި ދަރިވަރުން ކިޔެވުމުގެ ގޮތުން ހުޅުވާލެވުނު ސްކޮލަރޝިޕް ސްކީމެވެ. މި ސްކޮލަރޝިޕްގެ ހަރަދު ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުންނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންނެވެ.

މިއަހަރު ޖުމްލަ 25 ފުރުޞަތަށް ހުޅުވާލެވެނުއިރު 65 އެޕްލިކޭޝަންވަނީ ހުށަހަޅާފައެވެ. މީގެތެރެއިން 25 ދަރިވަރުން ކިޔެވުމަށް ޖާގަ ހަމަޖެހިފައިވަނީ ހަންގޭރީގެ 8 ޔުނިވަރސިޓީ އަކުންނެވެ. މިދިޔަ އަހަރު މި ސްކޮލަރޝިޕް ލިބިފައިވަނީ 15 ދަރިވަރުންނަށެވެ. 

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު