Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރަޕިއަން ޔޫނިއަން

ސްޕެއިން އެފްއޭގެ ރައީސް ރުބިއާލޭސްގެ އަމަލަށް އދ ގެ ތަރުޖަމާނު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ ކުޅިވަރުގެ ތެރޭގައި އަދިވެސް ފެންނަން އޮތީ ޖިންސީ ތަފާތު ކުރުމުގެ ނާޒުކު މައްސަލައެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޯގަސްޓު 2023 | އަންގާރަ 04:05
ސްޕެއިން އެފްއޭގެ ރައީސް އަދި އދ ގެ ތަރުޖަމާނު

ސްޕެއިން އެފްއޭގެ ރައީސް އަދި އދ ގެ ތަރުޖަމާނު

ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް އަށް، ޔޫރަޕިއަން ޔޫނިއަން (އދ)ގެ ތަރުޖަމާނު ސްޓެފޭން ދުޖަރިކް ފާޑުވިދާޅުވެއްޖެ އެވެ.

ފީފާ އަންހެން ވޯލްޑް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތް ކާމިޔާބު ކުރި ސްޕެއިން ޤައުމީ އަންހެން ޓީމުގެ ކުޅުންތެރިއަކަށް ބޮސްދިން މައްސަލާގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވެސް މިހާރު ވަނީ އޭނާ ސަސްޕެންޑުކޮށްފަ އެވެ. މީގެ އިތުރުން ސްޕެއިންގެ ވަގުތީ ބޮޑު ވަޒީރާއި، ސަރުކާރުގެ އެކިއެކި ވަޒީރުން ހިމެނޭހެން ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އެންމެ ފުރިހަމަ އަށް ތަހުގީގު ކުރުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.

އެ މައްސަލަ ހިލިފައިވާ ދަނޑިވަޅެއްގައި އދ ގެ ތަރުޖަމާނު ވިދާޅުވީ، ކުޅިވަރުގެ މިފަދަ ހަފްލާއެއްގައި ކުޅުންތެރިޔަކަށް ބޮސްދިނުމަކީ ވަރަށް އުނދަގޫވި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުޅިވަރުގެ ތެރޭގައި އަދިވެސް ފެންނަން އޮތީ ޖިންސީ ތަފާތު ކުރުމުގެ ނާޒުކު މައްސަލަ ކަމަށެވެ. އެހެންކަމުން އޭނާ އުންމީދުކުރައްވަނީ ސްޕެއިންގެ ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކާއި، އެ ޤައުމުގެ ސަރުކާރުން އެކަމުގައި އަންހެން ކުޅުންތެރިން ނުވަތަ އެތުލީޓުންގެ ހައްގުތަކަށް އިހުތިރާމުކޮށް، އެކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އެކަމަކީ ޖިނާއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިއަދާ ހަމައަށް ކަންކަން ވެފައި އޮތް ގޮތަށް ބަލާއިރު، އެއީ ރުހުމުގައި ހިނގާފައި އޮތް ކަމެއްގެ ގޮތުގައި ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވާން ފެށުމުން، ރުބިއާލޭސްގެ ފަރާތުން ވަނީ ބަޔާނެއް ނެރިފަ އެވެ. އެކަމުގައި އޭނާ އިސްތިއުފާ ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުން އައި ނަމަވެސް، ރުބިއާލޭސް ވަނީ އިސްތިއުފާ ދިނުމަށް ވެސް ދެކޮޅު ހަދާފަ އެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)ސްޕެއިން ފުޓުބޯޅަ ޓީމުލުއިސް ރުބިއާލޭސް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު