Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ 2023

އައިއޯއައިޖީ - ސެމީގައި ކުރި ހޯދައި ފިރިހެން ބެޑްމިންޓަން ޓީމު ފައިނަލަށް

ފިރިހެން ޓީމު އިވެންޓުގެ ފައިނަލްގައި ރާއްޖެ ނުކުންނާނީ މޮރިޝަސްއާ ދެކޮޅަށް އަންގާރަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޯގަސްޓު 2023 | ހޯމަ 09:24
އައިއޯއައިޖީ 2023 - ޤައުމީ ފިރިހެން ބެޑްމިންޓަން ޓީމުން ރީޔޫނިއަންނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އައިއޯއައިޖީ 2023 - ޤައުމީ ފިރިހެން ބެޑްމިންޓަން ޓީމުން ރީޔޫނިއަންނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

މަޑަަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ޓީމު އިވެންޓުގެ ފައިނަލުން ޤައުމީ ބެޑްމިންޓަން ފިރިހެން ޓީމު ޖާގަ ހޯދައިފި އެވެ.

ފިރިހެން ޓީމުން ފައިނަލްގެ ޖާގަ ހޯދީ ހޯމަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި ރީޔޫނިއަންގެ މައްޗަށް ސީދާ ތިން ގޭމުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖެ އިން ކުޅެން ނުކުތީ ޒަޔާން ޝަހީދު ޒަކީ އެވެ. ޒަޔާން ވަނީ ސީދާ ދެ ސެޓުން ގޭމު ކާމިޔާބުކޮށްފަ އެވެ. އެއީ 21-15 އަދި 21-8 އިންނެވެ. ދެ ވަނަ ގޭމުގައި ރާއްޖެ އިން ކުޅެން ނުކުމެފައި ވަނީ އަޙުމަދު ނިބާލް އެވެ. މި ގޭމުގެ ފުރަތަމަ ސެޓު ކާމިޔާބު ކުރީ ރީޔޫނިއަންގެ ބާޓިލް އެވެ. އެއީ 21-18 އިންނެވެ. ނަމަވެސް ނިބާލް ވަނީ ޖެހިގެން ކުޅުނު ދެ ސެޓު ކާމިޔާބުކޮށް، ގޭމު ކާމިޔާބުކޮށްފަ އެވެ. ނިބާލް ސެޓުތައް ހޯދީ 21-14 އަދި 21-10 އިންނެވެ. ފަހު ގޭމުގައި ރާއްޖެ އިން ކުޅެން ނުކުމެފައި ވަނީ މުޙައްމަދު އަޖުފާން ރަޝީދު އެވެ. އަޖުފާން ވެސް ވަނީ ސީދާ ދެ ސެޓުން ގޭމު ކާމިޔާބުކޮށްފަ އެވެ. އެއީ 21-12 އަދި 21-15 އިންނެވެ.

ފިރިހެން ޓީމު އިވެންޓުގެ ފައިނަލްގައި ރާއްޖެ ނުކުންނާނީ މޮރިޝަސްއާ ދެކޮޅަށް އަންގާރަ ދުވަހު އެވެ.

އައިއޯއައިޖީ 2023ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

01 މެއި 2025

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި
22 މާރިޗު 2024

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި
21 މާރިޗު 2024

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު