Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ

އައިއޯއައިޖީ: ފިރިހެން ޓީޓީ ޓީމަށް ސާބަސް، ފައިނަލް މެޗުގައިވެސް އާދަޔާ ޚިލާފު ހިތްވަރެއް!

މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ ފިރިހެން ޓީޓީ ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2023 | އާދީއްތަ 16:30
ފައިނަލް މެޗުގެ ތެރެއިން ރާއްޖޭގެ ޝައްފާން

ފައިނަލް މެޗުގެ ތެރެއިން ރާއްޖޭގެ ޝައްފާން

ފައިނަލް މެޗުން ބަލިވިނަމަވެސް، އާދަޔާ ޚިލާފު ހިތްވަރަކާއެކެ ރިހި މެޑަލް ހޯދާ، ގައުމީ ފިރިހެން ޓޭބަލް ޓެނިސް ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ތާރީޚީ ކާމިޔާބެއް ހޯދައިފިއެވެ.

މުޅި މުބާރާތުގައިވެސް ފިރިހެން ޓީޓީ ޓީމުން ދައްކާފައިވަނީ އާދަޔާ ޚިލާފު ހިތްވަރެކެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަލިވިނަމަވެސް، އައު ހިތްވަރަކާއެކު ކުޅެ، ގައުމީ ޓީމުން ވަނީ ޖެހިގެން އައި ދެ މެޗު ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދާފައެވެ. އެއީ ފުރަތަމަ ފަހަރަށް މޮރިޝަސް އާއި ކޮމޮރޮސް ކައިރިން މޮޅުވެގެނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ ފިރިހެން ޓީޓީ ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. ގައުމީ ޓީމު ބަލިވެފައިވަނީ ހަމައެކަނި މަޑަގަސްކަރަ ކައިރިންނެވެ.

ފައިނަލް މެޗުގައި މަޑަގަސްކަރަ އަތުން ރާއްޖެ ބަލިވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ގޭމުގައި ރާއްޖެއިން ކުޅެން ނިކުތީ މުހައްމަދު ޝައްފާން އިސްމާއީލް އެވެ. ޝައްފާން ވަނީ 3-2ން ފުރަތަމަ ގޭމު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓު 11-6ން މަޑަގަސްކަރަ ކުޅުންތެރިޔާ ކާމިޔާބުކުރިއިރު، ޖެހިގެން އައި ދެ ސެޓު 11-5 އަދި 11-2 އިން ކާމިޔާބުކުރީ ޝައްފާން އެވެ. ހަތަރުވަނަ ސެޓު 11-9 އިން ކާމިޔާބުކުރީ މަޑަގަސްކަރަ ކުޅުންތެރިޔާ އެވެ. ޝައްފާން، ގޭމުގެ އެންމެ ފަހު ސެޓު ކާމިޔާބުކުރީ 11-6 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ގޭމުގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު ވަނީ މަޑަގަސްކަރައިގެ ޖޮނަތަން އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. ޖޮނަތަން ސެޓުތައް ކާމިޔާބުކުރީ 11-9، 11-7 އަދި 11-5 އިންނެވެ.

މަޑަގަސްކަރައިން ވަނީ ޖެހިގެން އައި ގޭމުވެސް ކާމިޔާބުކޮށްފައެވެ. ރާއްޖޭގެ އަޚްޔަރު އަހުމަދު ޚާލިދު އާ ވާދަކޮށް، މަޑަގަސްކަރަ ކުޅުންތެރިޔާ މޮޅުވެފައިވަނީ 3-1 އިންނެވެ. ފުރަތަމަ ސެޓު 11-6 އިން އަޚްޔަރު ކާމިޔާބުކުރި ނަމަވެސް، ޖެހިގެން އައި ތިން ސެޓު ކާމިޔާބުކުރީ މަޑަގަސްކަރަ ކުޅުންތެރިޔާއެވެ. އޭނާ ސެޓުތައް ކާމިޔާބުކުރީ 11-9، 11-4 އަދި 11-8 އިންނެވެ.

ޝައްފާން ވަނީ އޭނާ ކުޅުނު ދެވަނަ ގޭމުވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ ހަތަރުވަނަ ގޭމުގައި ޖޮނަތަން އާ ވާދަކޮށް ޝައްފާން މޮޅުވީ 3-1 އިންނެވެ. ފުރަތަމަ ދެ ސެޓު 11-8 އަދި 12-10 އިން ކާމިޔާބުކުރީ ޝައްފާން އެވެ. ނަމަވެސް ޖޮނަތަން ވަނީ ޖެހިގެން އައި ދެ ސެޓު 11-6 އަދި 11-8 އިން ކާމިޔާބުކޮށްފައެވެ. ފަހު ސެޓު ޝައްފާން ކާމިޔާބުކުރީ 11-6 އިންނެވެ.

މެޗުގެ އެންމެ ފަހު ގޭމުގައި ރާއްޖެއިން ކުޅެން ނިކުތީ މުންސިފް އެވެ. ފުރަތަމަ ސެޓު 13-11 އިން ކާމިޔާބުކުރިނަމަވެސް، ޖެހިގެން އައި ތިން ސެޓުން މުންސިފް ވަނީ ބަލިވެފައެވެ. އެއީ 11-6، 11-4 އަދި 16-14 އިންނެވެ. ފަހު ސެޓުގެ އެންމެ ފަހު ވަގުތާ ޖެހޭދެންވެސް މުންސިފް ވަނީ ވަރަށް ބޮޑަށް ހިތްވަރުކޮށްފައެވެ.

މިއަހަރުގެ މުބާރާތަކީ ރާއްޖޭގެ ފިރިހެން ޓީޓީ ޓީމަށް ކާމިޔާބު މުބާރާތެކެވެ. ޓީމް އިވެންޓުން ރިހި މެޑަލް ހޯދިއިރު، ކުރިޔަށް ހުރި އިވެންޓުތަކުގައިވެސް ރަނގަޅު ނަތީޖާއެއް ނެރޭނެކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު