Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ ވިމަންސް ޗެލެންޖު

ދިވެހި ޓީމަށް ބޭނުން ވަނީ، ސަޕޯޓަރުންގެ ސަޕޯޓް: ސޮފްވާން

މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ އިން ތަޖަކިސްތާނާ ދެކޮޅަށް ކުޅޭނީ އަންގާރަ ދުވަހުގެ ރޭ 20:45 ގައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ސެޕްޓެމްބަރު 2024 | އަންގާރަ 05:12
ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން އަޙުމަދު

ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން އަޙުމަދު

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީ ބޯޅަ ޗެލެންޖު ކަޕްގައި ވާދަކުރާ ދިވެހި ރާއްޖޭގެ ޤައުމީ ޓީމަށް ބޭނުން ވަނީ ސަޕޯޓަރުންގެ ސަޕޯޓު ކަމަށް، ޤައުމީ ޓީމުގެ ކޯޗު ސޮފްވާން އަޙުމަދު ބުނެފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ މުބާރާތުގައި ވާާދަކުރަނީ ރާއްޖޭގެ އިތުރުން، އަފްޣާނިސްތާން، ތަޖަކިސްތާން އަދި ކިރްގިސްތާން އެވެ. ފުރަތަމަ މެޗުގައި ރާއްޖެ އިން ވަނީ ސީދާ ތިން ސެޓުން އަފްޣާނިސްތާން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ. ލީގު ބުރުގެ ފަހު މެޗުގައި ކިރްގިސްތާން އަތުން ރާއްޖެ ބަލިވި ނަމަވެސް، މެޗުގައި ދިވެހި ކުޅުންތެރިންގެ ހިތްވަރު ވަނީ ފެނިފަ އެވެ.

ލީގު ބުރުގައި ކިރްގިސްތާނާ ދެކޮޅަށް މެޗުގެ ފުރަތަމަ ސެޓުގެ ފަަހު ވަގުތު ދިޔަ ރެލީއެއްގައި ދިވެހި ކުޅުންތެރިން ދެެއްކި ކުޅުމާއި، ހިތްވަރަށް އެތައް ބައެއްގެ ލޯތްބާއި، ތަރުހީބު ވަނީ ލިބިފަ އެވެ. ސޯޝަލް މީޑިއާ ގައި އެ ވީޑިއޯ ދައުރުވަމުންދާއިރު، ޤައުމީ ކޯޗު ސޮފްވާން ބުނީ، ދިވެހި ވޮލީ ޓީމަށް ބޭނުން ވަނީ ދިވެހި ސަޕޯޓަރުންގެ ސަޕޯޓު ކަމަށެވެ. އަދި ސަޕޯޓަރުންގެ ސަޕޯޓާއެކު، ދިވެހި ޓީމަށް އެފަދަ ކިތަންމެ ރެލީއެއްގައި ވެސް ހިތްވަރު ކުރެވޭނެ ކަމަށް ސޮފްވާން ބުންޏެވެ. އެކަން ފާހަގަކޮށް ސޮފްވާން އެދުނީ ސެމީ ފައިނަލްގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ދިވެހި ސަޕޯޓަރުން ޒުވާނުންގެ މަރުކަޒަކަށް ވަދެ، ޤައުމީ އަންހެން ވޮލީ ޓީމަށް ސަޕޯޓު ދެއްވުމަށެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ އިން ތަޖަކިސްތާނާ ދެކޮޅަށް ކުޅޭނީ އަންގާރަ ދުވަހުގެ ރޭ 20:45 ގައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު