Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ

އައިއޯއައިޖީ: ތާރީޚީ މޮޅަކާއެކު ފިރިހެން ޓީޓީ ޓީމު ސެމީއަށް

27 އޯގަސްޓު 2023 | އާދީއްތަ 02:08

ފިރިހެން ޓީޓީ ޓީމު ސެމީއިން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 27 އޯގަސްޓު 2023 | އާދީއްތަ 02:08
އައިއޯއައިޖީގައި މޮރިޝަސް އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އައިއޯއައިޖީގައި މޮރިޝަސް އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ފުރަތަމަ ފަހަރަށް މޮރިޝަސް އާއި ކޮމޮރޮސް ބަލިކުރުމަށްފަހު ފިރިހެން ޓޭބަލް ޓެނިސް ޓީމު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފިރިހެން ޓީޓީ ޓީމު ސެމީއިން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެނެވެ. ހޮނިހިރު ދުވަހު ފުރަތަމަ ކުޅުނު މެޗުން ޓީޓީ ޓީމު ބަލިވެފައިވަނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ މަޑަގަސްކަރަ އަތުންނެވެ. ނަމަވެސް، މޮރިޝަސް އާއި ކޮމޮރޮސް ކައިރިން މޮޅުވެ، ޤައުމީ ޓީމު ވަނީ ސެމީ އިން ޖާގަ ހޯދާފައެވެ.

ދެވަނަ މެޗުގައި ފިރިހެން ޓީޓީ ޓީމުން ވަނީ ސީދާ ތިން ގޭމުން ކޮމޮރޮސް ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ކުޅެފައިވަނީ މުހައްމަދު ޝައްފާން އިސްމާއީލް އެވެ. ޝައްފާން ވަނީ ސީދާ ތިން ސެޓުން ގޭމް ކާމިޔާބުކޮށްފައެވެ. އެނާ ސެޓުތައް ކާމިޔާބުކުރީ 11-3، 11-5 އަދި 11-4 އިންނެވެ. ދެވަނަ ގޭމުން މޫސާ މުންސިފް އަހުމަދު ވެސް ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. މުންސިފް ސެޓުތައް ކާމިޔާބުކުރީ 11-4، 11-1 އަދި 11-2 އިންނެވެ. އިދިކޮޅު ޓީމުގައި ދެ ކުޅުންތެރިން ތިބުމާއެކު، ރާއްޖެއަށް ވަނީ ފަހު ގޭމް ވެސް ލިބިފައެވެ.

ފަހު މެޗުގައި ރާއްޖޭގެ ޓީމުން މޮރިޝަސްގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ޝައްފާން ވަނީ މޮރިޝަސްގެ ޗަން ޔޫކް ފޯ ބްރައިން އަތުން 3-1 ން ބަލިވެފައެވެ. ގޭމުގެ ފުރަތަމަ ސެޓު 11-8 ން ކާމިޔާބުކުރީ ޝައްފާން އެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓު ކާމިޔާބުކުރީ ޗަން އެވެ. އޭނާ ސެޓުތައް ކާމިޔާބުކުރީ 11-8، 11-5 އަދި 13-11 އިންނެވެ.

ރާއްޖޭގެ މުންސިފް ވަނީ ޖެހިގެން އައި ގޭމުން ޔޮގަރަޖާ އަހިލެން 3-1 ން ބަލިކޮށްފައެވެ. ފުރަތަމަ ސެޓު 11-4 ން މުންސިފް ކާމިޔާބުކުރިއިރު، ދެވަނަ ސެޓު 11-9 ން ކާމިޔާބުކުރީ މޮރިޝަސް ކުޅުންތެރިޔާއެވެ. ޖެހިގެން އައި ދެ ސެޓު މުންސިފް ކާމިޔާބުކުރީ 11-9 އަދި 14-12 އިންނެވެ.

މެޗުގެ ތިންވަނަ ގޭމުގައި އަޚްޔާރު އަހުމަދު ޚާލިދު ވަނީ ސީދާ ތިން ސެޓުން އެސްކޭ ހޮސެން ޒަޔާން ގަޒާލީ ބަލިކޮށްފައެވެ. އަޚްޔާރު ސެޓުތައް ކާމިޔާބުކުރީ 11-7، 11-8 އަދި 13-11 އިންނެވެ. މެޗުގެ ހަތަރުވަނަ ގޭމުގައި ޝައްފާންވެސް ވަނީ ސީދާ ތިން ސެޓުން ޔޮގޮރަޖާ ބަލިކޮށްފައެވެ. ޝައްފާން ސެޓުތައް ކާމިޔާބުކުރީ 11-3، 11-9 އަދި 12-10 އިންނެވެ.

މިއަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާ އެއް ކުޅިވަރަކީ ޓޭބަލް ޓެނިސް އެވެ. ޤައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުންވެސް ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް، މެޑަލް އެއް ޔަގީންކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި
18 މާރިޗު 2017

އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި

18 މާރިޗު 2017
އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
21 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް