Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ މައްސަލައެއް، އެމައްސަލަ ހައްލުކުރެވޭނީ ގައުމީ ވިސްނުމެއްގައި މަސައްކަތްކޮށްގެން: ނައިބު ރައީސް

26 އޯގަސްޓު 2023 | ހޮނިހިރު 04:42

މި ފަސް އަހަރުގެ ތެރޭގައި މަސްތުވާތެކެތީގެ މައްސަލަ ހައްލުކުރުމަށް ތަފާތު ގިނަ މަސައްކަތްތައް ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 އޯގަސްޓު 2023 | ހޮނިހިރު 04:42
"އަހަރެމެންނާއެކު" އެކްސްޕޯގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

"އަހަރެމެންނާއެކު" އެކްސްޕޯގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށާއި، އެމައްސަލަ ހައްލުކުރެވޭނީ ގައުމީ ވިސްނުމެއްގައި މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހަވީރު މަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ފުރަތަމަ އެކްސްޕޯ "އަހަރެމެންނާއެކު" ހުޅުއްވައިދެއްވައި ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ މިއީ ޒަމާންވީ މައްސަލައެއް ކަމަށާއި، މިކަންބޮޑުވުން ނެތް އާއިލާއެއް މިގައުމުގައި މަދު ކަމަށެވެ. އަދި ވިދާޅުވީ މިމައްސަލައިގެ ބޮޑު މިންވަރު އެނގޭ ކަމަށާއި، ހަމައެކަނި ހުޅުވާލެވޭ ސެންޓަރަކުން މިމައްސަލަ ހައްލުނުކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ނައިބު ރައީސް ވިދާޅުވީ މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މަސްތުވާތެކެތީގެ މައްސަލަ ހައްލުކުރުމަށް ތަފާތު ގިނަ މަސައްކަތްތައް ކުރެވުނު ކަމަށާއި، މިހާރުވެސް ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް މަސްތުވާތަކެތީގައި ޖެހިފައިވާ ޒުވާނުން މުޖުތަމައުއަށް ނެރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސެންޓަރުތައް ގާއިމްކުރެވި، ފަރުވާ ދެވިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިކަންތައްތައް ބައްލަވާ ގޮތަށް ޚާއްސަ ޓާސްކްފޯސްއެއް އުފެއްދެވި ކަމަށާއި، މި ޓާސްކްފޯސްއިން ވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމާއި، ފަރުވާ ދެވޭ ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރަށް ތަމްރީން ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ އެޑިކްޝަންއަކީ އެކަމުން ސަލާމަތްވުމަށް އުދަނގޫ ކަމެއް ކަމަށާއި، އެކަން މުޖުތަމައުއިން ގަބޫލުކުރަންޖެހޭ ކަމަށެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާނުން މުޖުތަމައުއަށް ނެރުމަށްޓަކައި އެމީހުންނާ ދޭތެރޭގައި ދެކޭ ގޮތް ބަދަލުކޮށް، އެމީހުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ގިނަ ދުވަސް ނަގާނެ ކަމަށާއި، މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ ނިޒާމަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ގައުމު ކުރިއަރައި ތަރައްގީވެ ދިއުމުގައި ޒުވާނުންގެ ދައުރު ވަރަށް ފުޅާ ކަމަށެވެ. ގައުމަށް އަމާންކަމާއި، އުފާވެރިކަން ބޭނުންވާނަމަ ޒުވާނުންނަކީ ގާބިލް އުފެއްދުންތެރި ބަޔަކަށް ވާންޖެހޭ ކަމަށާއި، އެފަދަ ޖީލެއް އުފެއްދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ގައުމީ މައްސަލައެއް ހައްލުކުރެވޭނީ ގައުމީ ވިސްނުމެއްގައި އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް