Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީސީބީގެ މަސައްކަތްތައް

"ޕީސީބީ އޮތީ ރާއްޖެ ހޯދާ ތަރައްޤީ އާއި ތަމައްދުންގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރިހަމަ އަޒުމުގައި"

25 އޯގަސްޓު 2023 | ހުކުރު 13:47

ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ 2028ގެ ނިޔަލަށް ޕީސީން ހާސިލުކުރާނެ ލަނޑުދަނޑިތަކާއެކު އެކުލަވާލާފައިވާ ޕްލޭނެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 އޯގަސްޓު 2023 | ހުކުރު 13:47
(ޕީސީބީ)ގެ ވެބްސައިޓާއި ޕީސީބީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން، އަދި ގޭޓްވޭ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

(ޕީސީބީ)ގެ ވެބްސައިޓާއި ޕީސީބީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން، އަދި ގޭޓްވޭ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޕީސީބީ އޮތީ ރާއްޖެ ހޯދާ ތަރައްޤީ އާއި ތަމައްދުންގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރިހަމަ އަޒުމުގައި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސް، މުހައްމަދު ފިރާޒް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ވެބްސައިޓާއި ޕީސީބީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން، އަދި ގޭޓްވޭ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އިންޓަރނެޓް ދުނިޔެއަށް ތައާރަފްވެފައިވާތާ 40 އަކަށް އަހަރުވެފައިވާ އިރު އިންޓަރނެޓަށް އައި ކުރިއެރުމުގެ އުފާވެރިކަން ލިބުނީ ހަމައެކަނި އާއްމުންނަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުން ވެސް އައީ އޭގެ ބޭނުން ހެޔޮ ގޮތުގައި ބޭނުންކުރަމުން ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިއަދުގެ ދުނިޔޭގައި މައުލޫމާތު ހިއްސާކުރުމާއި މައުލޫމާތު ބަދަލުކުރުމުގައި ވެބްސައިޓްތަކާއި ޕޯޓަލްތައް ހޭދަކުރާ ދައުރު ވަރަށް މުހިންމު ކަމަށެވެ. އެކަންކަން ސޯޝަލް މީޑިއާގައި ވެސް ހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ތައާރަފްކުރި ވެބްސައިޓް ވަނީ ފޭސް 1ގައި ކަމަށާއި، ކުރިއަށް އޮތްތަނުގައި އެއަށް އިތުރު ކުރިއެރުންތައް ގެންނާނެ ކަމަށް ފިރާޒް ވަނީ ވިދާޅުވެފައެވެ. އެގޮތުން އާ އީޖާދުތަކާއި އާ ކަންތައްތައް ގެންނާނެ ކަމަށް ވިދާޅުވިއެވެ. އެސްއޯއީ ގޭޓްވޭ އާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެ މަސައްކަތް ކުރީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިސްނެންގެވުމާއި އެކުގައި ކަމަށެވެ. ސައްހަ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ޕީސީބީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ތައާރަފްކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ 2028ގެ ނިޔަލަށް ޕީސީން ހާސިލުކުރާނެ ލަނޑުދަނޑިތަކާއެކު އެކުލަވާލާފައިވާ ޕްލޭނެކެވެ. އަދި ބުރާސްފަތި ދުވަހު ތައާރަފްކުރި ގޭޓްވޭއަކީ އެސްއޯއީތަކުގެ މައުލޫމާތު އެއްތަނަކުން ބަލައިލެވޭ ގޭޓްވޭއެކެވެ. އެ ރަސްމިއްޔާތުގައި ޕީސީބީގެ ސްޓްރެޓީޖިކަލް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ، އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއެވެ. އަދި ވެބްސައިޓު ލޯންޗްކޮށްދެއްވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ. މީގެ އިތުރުން އެސްއޯއީތަކުގެ ގޭޓްވޭ އިފްތިތާހުކޮށްދެއްވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ނައިބު ރައީސް ހަސަން މުހައްމަދެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް