Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިސީސީއާރު

އައިސީސީއާރުގެ ދަށުން 6 ދަރިވަރުންނަށް ސްކޮލަޝިޕް ދީފި

25 އޯގަސްޓު 2023 | ހުކުރު 12:21

މުނު މަހާވަރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް ރާއްޖެއަށް ޚާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 އޯގަސްޓު 2023 | ހުކުރު 12:21
އައިސީސީއާރުގެ ދަށުން 6 ދަރިވަރުންނަށް ސްކޮލަޝިޕް ދީފި

އައިސީސީއާރުގެ ދަށުން 6 ދަރިވަރުންނަށް ސްކޮލަޝިޕް ދީފި

މަތީ ތައުލީމަށް ކިޔެވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އިންޑިއަން ކައުންސިލް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) 6 ސްކޮލަޝިޕް ދީފިއެވެ.

ބުރާސްފަތި ދުވަހު ހަޔަރ އެޑިޔުކޭޝަންގައި ސްކޮލަޝިޕްދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސްކޮލަޝިޕް ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ މުނު މަހާވަރާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ.

އައިސީސީއާރުގެ ދަށުން ސްކޮލަޝިޕް ލިބުނު ދަރިވަރުންނަކީ:

1. ޝައުކަތު އަބްދުﷲ : އެމް.އެސް ސައިބަރ ސެކިއުރިޓީ އެޓް އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގޯއާ، ޕީޖީ

2. މުހައްމަދު އީމާން: އެން.އެފް .އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީއެޗްޑީ، ޕީޖީ

3. އަބްދުﷲ ރާމިހް: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީޖީ

4. ސާމް ސައީދު: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީޖީ

5. ހުޒާމަތު އަހުމަދު: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީޖީ

6. ފާތިމަތު ޔަމާނީ ހަބީބް: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީއެޗްޑީ

މިރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް މަރުހަބާ ދަންނަވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އިތުރު ތައުލީމު ހޯދުމަށް އިންޑިއާ އަކީ ރަނގަޅު ގައުމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. ޚާއްސަކޮށް ސައިންސާއި އިންޖިނިއަރިންގ އަދި އާޓްސްގެ ދާއިރާއިން އިންޑިއާއަކީ އެހެން ގައުމުތަކަށް ނަމޫނާ ގައުމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ކިޔަވާ ނިންމުމަށްފަހު އެނބުރި ގައުމަށް އައިސް ކިޔެވި އެއްޗެއްގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް މިނިސްޓަރ ވަނީ ސްކޮލަރޝިޕް ލިބުނު ދަރިވަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް ރާއްޖެއަށް ޚާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި ސްކޮލަޝިޕްތަކުގެ އިތުރުން ކިޔެވުމުގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ދެމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް މަރުހަބާ ވިދާޅުވެފައި ވެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް