Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަތުރުފަތުރާއި އުމްރާނީ ސިނާއަތަށް އިންވެސްޓްކުރުނ

ބާރުވެރި އިގްތިސާދުގެ ދަށުން ގައުމީ އެއަރލައިންގެ ހިއްސާ ބޮޑުތަނުން އިތުރުކުރާނެ

25 އޯގަސްޓު 2023 | ހުކުރު 04:38

އިންޓަރނޭޝަނަލް އެއަރލައިނެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޯގަސްޓު 2023 | ހުކުރު 04:38
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް

ގައުމީ އެއަރލައިނަށް އިންވެސްޓްކޮށް، ގައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް ޚިދުމަތްތައް ފަތުރުވެރިކަމުގެ ސޯސް މާކެޓްތަކަށް ސީދާގޮތުން ދިނުން ފުޅާކޮށް ރާއްޖެއަށް ފަތުރުވެރިން އުފުލުމުގައި ގައުމީ އެއަރލައިންގެ ހިއްސާ ބޮޑުތަނުން އިތުރުކުރަން، ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސާލިޙުގެ "ބާރުވެރި އިގްތިސާދު"ގެ ސިޔާސަތުގައި ކަނޑައަޅައިފިއެވެ.

''ދަތުރުފަތުރާއި އުމްރާނީ ސިނާއަތަށް މާނަވީ އިންވެސްޓްކުރުމުގެ'' ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި މުޅި ރާއްޖެ އެކީ ގުޅާލުމަށް ފަށާފައިވާ އާރްޓީއެލް ފެރީ ނެޓްވޯރކްގެ ނިޒާމު ފުރިހަމަކޮށް މި ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފޯރުކޮށްދޭނެ ކަމަށާއި އާރްޓީއެލްގެ ތެރެއަށް ކާގޯއާއި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ދެވިގެންދާނެ ކުދި ދާގީނާގެ ލޮޖިސްޓިކްސް ޚިދުމަތް އިތުރުކުރުމަށް ނިންމާފައިވެއެވެ.

Advertisement - newsAdvertisement

އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އާރޓީއެލް ގިމަތަތައް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކުރާނެ ކަމަށާއި، ރިޒޯޓުތަކާއި ސިނާއީ ރަށްތައް އާރްޓީއެލްގެ ނެޓްވޯރކަށް އިންޓަރގްރޭޓް ކުރާނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ގައުމީ އެއަރލައިނަށް އިންވެސްޓްކޮށް، ގައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް ޚިދުމަތްތައް ފަތުރުވެރިކަމުގެ ސޯސް މާކެޓްތަކަށް ސީދާގޮތުން ދިނުން ފުޅާކޮށް، ރާއްޖެއަށް ފަތުރުވެރިން އުފުލުމުގައި ގައުމީ އެއަރލައިންގެ ހިއްސާ ބޮޑުތަނުން އިތުރުކުރާނެ ކަމަށެވެ. މިކަމަށްޓަކައި ސަރުކާރު ހިއްސާވާ ދެކުންފުންޏެއްގެ ޖޮއިންޓް ވެންޗަރ އެއްގެގޮތުގައި އިންޓަރނޭޝަނަލް އެއަރލައިނެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ދަށުން ގައުމީ އެއަރލައިން ސަރަހައްދީގޮތުން ފާހަގަ ކޮށްލެވޭ ކެރިއަރއެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ.

މިސިޔާސަތުގައި އަލަށް ގާއިމުކޮށްފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގއަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޝިޕިންގ ލައިނަށް ހަދައި އައު ވިޔަފާރީގެ ރޫޓްތަކަށް އިންވެސްޓްކުރަން ވަނީ ނިންމާފައެވެ.

ޓްރާންޝިޕްމަންޓް ޕޯޓަކަށް ޖާގަލިބޭ އިހަވަންދިއްޕޮޅު ޕޯޓް ސިޓީގެ އަމަލީ މަސައްކަތް ފަށައިގަނެ، ޕޯޓް އެންޑް މެރިޓައިމް ހަރަކާތްތައް، އިންޑަސްޓްރިއަލް، ކޮމާޝަލް، ރިއަލް އެސްޓޭޓް، ހޮސްޕިޓަލިޓީ އަދި އެހެނިހެން ޓާޝަރީ އިންވެސްޓްމަންޓްތައް ހިމެނޭ ގޮތަށް ޒަމާނީ ސަރަހައްދެއް ތަރައްގީކޮށް، ރާއްޖޭގެ އުތުރުގެ އިގުތިސާދު ކުރިއަރުވާނެ ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކާއި ގުޅިގެން ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ގޮތުގައި 'މޯލްޑިވްސް ޕޯޓް ސިޓީ އިންވެސްޓްމަންޓްސް' އުފައްދާ މަސައްކަތް ކުރިއަށްދާކަން ސިޔާސަތުގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގެ ސްޓްރެޓީޖިކް ލޮކޭޝަންގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، އީސްޓް އޭޝިއާ، މެދު އިރުމަތި، އެފްރިކާ އަދި އޮސްޓްރަލްއޭޝިއާ ގުޅާލެވޭ ޓްރާންސްޕޯޓް އަދި ލޮޖިސްޓިކްސް ހަބަކަށް ހަދާނެ ކަމަށް ވެސް ސިޔާސަތުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް