Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

މާކޯ ވެރާޓީ ހޯދުމުގެ ރޭހުގައި އޮތީ ހަމައެކަނި އަލް ހިލާލް

މީގެ އެއް މަސް ކުރިން އޭނާ ވަނީ އަލް ހިލާލަށް ބަދަލުވާން އެއްބަސްވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޯގަސްޓު 2023 | ބުދަ 04:06
ޕީއެސްޖީ އަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ވެރާޓީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ވެރާޓީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ހޯދުމުގެ ރޭހުގައި އޮތީ ހަމައެކަނި އަލް ހިލާލް ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އާއެކު ހަދާފައިވާ އޮތް އެއްބަސްވުން އައު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އައު އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މި ފަހުން ޕީއެސްޖީގެ ކޯޗު ކަމާ ހަވާލުވި ސްޕެއިންގެ ލުއިސް އެންރީކޭގެ ޕްލޭންގައި ވެރާޓީ ނުހިމެނޭ ކަމަށާއި، އޭނާ ވެސް ބޭނުންވަނީ ކުލަބު ދޫކޮށްލަން ކަމަށް ފްރާންސްގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އެކަމުގެ ތެރެއިން އޭނާ ހޯދުމުގެ މަސައްކަތް ސައުދީ ލީގުގެ އަލް ހިލާލުން ފެށި ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ފަހުން ރޭހުގެ ތެރެއަށް އަލް އަހްލީ އިން ވަތް ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ވެރާޓީ ހޯދުމުގެ ރޭހަށް އަލް އަހްލީ އިން ނުވަންނަ ކަމަށާއި، އެކަމާ ގުޅިގެން އެ ކުލަބުން ޕީއެސްޖީ އާއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މީޑިއާތަކުގައި ބުނެފައިޥާ ގޮތުން އަލް ހިލާލުން ވެރާޓީއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، މީގެ އެއް މަސް ކުރިން އޭނާ ވަނީ އެ ކުލަބަށް ބަދަލުވާން އެއްބަސްވެފަ އެވެ. އެހެންކަމުން އަލް ހިލާލުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ޕީއެސްޖީ އާއެކު މަޝްވަރާކުރުންތައް ކުރިއަށް ގެންދިޔުން ކަމަށާއި، މަޝްވަރާތަކުން ވަކި ގޮތެއް ނުނިމެނީ އަގެއް ފައިނަލް ނުވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

ވެރާޓީ ޕީއެސްޖީއާ ގުޅުނީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުލަބާއެކު ހޭދަކުރި 11 ސީޒަނުގައި އޭނާ ވަނީ ޕީއެސްޖީ އަށް 416 މެޗު ކުޅެދީ 11 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އާއެކު ވެރާޓީ ވަނީ 30 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީ އާއެކު ކާމިޔާބު ކުރި ފްރާންސް ލީގާއެކު، އޭނާ ވެފައި ވަނީ ފްރާންސް ލީގުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރި ކުޅުންތެރިޔާ އަށެވެ. ވެރާޓީ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން އިޓަލީގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 55 މެޗުން އޭނާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އިޓަލީ އާއެކު ވެރާޓީ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އަލް ހިލާލުން އަންނަނީ އެ ކުލަބު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިން ހޯދަމުންނެވެ. އެންމެ ފުރަތަމަ އެ ކުލަބުން ވަނީ ޕީއެސްޖީ އަށް ކުޅެމުން އައި ބްރެޒިލްގެ ނޭމާ ޖޫނިއާ ހޯދައިފަ އެވެ. އެއަށްފަހު ވަނީ ސެވިއްޔާ އަށް ކުޅެމުން އައި މޮރޮކޯގެ ގޯލް ކީޕަރު ޔަސިން ބޯނޯ އާއި ފުލަމް އަށް ކުޅެމުން އައި ސާބިއާގެ ފޯވާޑް އަލެކްސަންޑަ މިޓްރޮވިޗް ވެސް ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
08 މާރިޗު 2017

އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ

08 މާރިޗު 2017
އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު