Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ޗެމްޕިއަންސް ލީގު

ފަހަތުން އަރައި މޮޅުވެ އަލް ނަސްރު، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް

މެޗު އަލް ނަސްރުން ކާމިޔާބު ކުރީ ފަހަތުން އަރަައި 4-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2023 | ބުދަ 02:57
މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ނަސްރުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ނަސްރުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފް މެޗުގައި ޝަބާބް އަލް އަހްލީ ބަލިކޮށް، މުބާރާތުގެ ގްރޫޕް ސްޓޭޖުން އަލް ނަސްރު ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ ފަހަތުން އަރަައި 4-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ނަސްރުންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ޓަލިސްކާ އެވެ. ނަމަވެސް އޭގެ ފަހުން ޝަބާބުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން، މެޗުގެ ލީޑު ނަގައިފަ އެވެ. މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޔަހްޔާ އަލް ޣައްސާނީ އެވެ. އޭގެ ފަހުން 46 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ވެސް އޭނާ އެވެ. ދެ ވަނަ ހާފުގައި އަލް ނަސްރުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓެއް ވެފައި ވަނިކޮށެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސުލްތާން އަލް ޣަނާމް އެވެ. މެޗުގައި އަލް ނަސްރުން ލީޑު ނަގައި، ލީޑު ފުޅާ ކުރީ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކު ވަގުތުގަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޓަލިސްކާ އެވެ. ލީޑު ފުޅާކޮށްދިނީ މާސެލޯ ބްރޮޒޮވިޗް އެވެ.

މި މެޗަށް ކުރިމަތިލީއިރު، އަލް ނަސްރު އޮތީ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެއީ އެ މެޗުގެ ކުރިން ސައުދީ ޕްރޯ ލީގުގައި ކުޅުނު ދެ މެޗުން ބަލިވެފައި އޮތުމުންނެވެ. މިދިޔަ ސީޒަންގެ ސައުދީ ލީގުގެ ދެ ވަނައިގައި އަލް ނަސްރު ނިންމާލަން ޖެހުނުއިރު، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ވެސް ޖާގަ ނުލިބެ އެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު