Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ދިހަ ކުޅުންތެރިންނާއެކު އާސެނަލުން ހޯދި މޮޅަށް އާޓެޓާގެ ތައުރީފު

22 އޯގަސްޓު 2023 | އަންގާރަ 02:56

ދެ ވަނަ ރީނދޫ ކާޑާއެކު ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ އަށް ރަތް ކާޑު ދެއްކުމުން، ވަކި ހިސާބަކުން ކުޅުނީ ދިހަ ކުޅުންތެރިންނާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޯގަސްޓު 2023 | އަންގާރަ 02:56
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅެ، އާސެނަލުން ހޯދި މޮޅަށް ކޯޗު މިކޭލް އާޓެޓާ ތައުރީފުކޮށްފި އެވެ.

ޕެލެސްގެ ދަނޑުގައި ކުޅުނު މެޗުގެ 67 ވަނަ މިނެޓުން ފަށިގެން އާސެނަލުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ދެ ވަނަ ރީނދޫ ކާޑާއެކު ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ އަށް ރަތް ކާޑު ދެއްކުމުންނެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ، މެޗުން މޮޅުވާން އެދިގެން ތިބި މިންވަރު، ކުޅުންތެރިންގެ އުފާ ފާޅު ކުރުމުން ވެސް ފެންނާނެ ކަމަށެވެ. އާޓެޓާ ބުނީ ޓީމުގެ ބެންޗުގައި ތިބޭ ކުޅުންތެރިން އަބަދު ވެސް ބޭނުންވާނީ ކުޅެން ނުކުމެ، ޓީމު މޮޅު ކޮށްދެވޭތޯ މަސައްކަތް ކުރުމަށް ކަމަށެވެ. އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން އެކަން ވަރަށް ބޮޑަށް ފެންނަ ކަމަށާއި، ކުޅުންތެރިންގެ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ޖުމުލަކޮށް މުޅި މެޗުގައި އާސެނަލްގެ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. އެއީ އާސެނަލުން ބޭނުންވާ ގޮތްކަން ފާހަގަކޮށް އާޓެޓާ ބުނީ، ދުވަހުން ދުވަހަށް ކުރިއަރަން ވެސް ބޭނުންވާ ކަމަށެވެ. އިދިކޮޅަށް ކުޅެން ޖެހުނު ޕެލެސް ޓީމަކީ ވަރަށް އުނދަގޫ ޓީމެއް ކަމަށާއި، އެމީހުން ވެސް އާސެނަލަށް އުނދަގޫތަކެއް ކުރިމަތި ކުރުވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އާސެނަލުން މާ ބޮޑަށް އެ ފުރުސަތު ނުދޭ ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރަށް އާޓެޓާ ބުނީ ވަކި ހިސާބަކުން އެއް ކުޅުންތެރިޔަކު މަދުން ކުޅެން ޖެހުމަކީ ވެސް ގޮންޖެހުމެއް ކަމަށެވެ. ދިހަ ކުޅުންތެރިންނާއެކު ވެސް މެޗުން މޮޅުވެނުނީ ކުޅުންތެރިން ކުރި ހިތްވަރުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މެޗުގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ދެކީ އެޑީ އެންކެޓިއާ ގުޅޭ ގޮތުން އާޓެޓާ ބުނީ، އޭނާ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އާޓެޓާ ބުނީ، އެންކެޓިއާ އަންނަނީ ގިނަ ކުރިއެރުންތަކެއް ވެސް ހޯދަމުން ކަމަށާއި، އޭނާ އަކީ އާސެނަލުން ބޭނުންވާ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ.

އާޓެޓާ ބުނީ މިދިޔަ ސީޒަނުގައި ކަންތައްވީ ގޮތުން ފިލާވަޅު ލިބިގަނެ، މި ސީޒަނުގައި ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ކުޅުންތެރިންގެ ފަރާތުން އެ ރޫހު ފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ޖޫން 2017

ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން

06 ޖޫން 2017
ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން
29 މެއި 2017

އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި

29 މެއި 2017
އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި
08 މެއި 2017

އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

08 މެއި 2017
އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި
30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
13 އެޕްރީލު 2017

އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން

13 އެޕްރީލު 2017
އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް