Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ އަންހެން ވޯލްޑް ކަޕް

އެތައް ހާސް ސަޕޯޓަރުންނަކާއެކު ސްޕެއިނުން ވޯލްޑް ކަޕްގެ ކާމިޔާބީ ފާހަގަކޮށްފި

މީޑިއާގައި ބުނެފައިވާ ގޮތުން، ހޯމަ ދުވަހު އޮތް އުފާ ފާޅުކުރުމުގައި 75،784 އަށް ވުރެ ގިނަ މީހުން ބައިވެރިވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2023 | އަންގާރަ 02:35
ވޯލްޑް ކަޕްގެ ތައްޓާއެކު ސްޕެއިންގެ ކުޅުންތެރިން ބަހުގައި

ވޯލްޑް ކަޕްގެ ތައްޓާއެކު ސްޕެއިންގެ ކުޅުންތެރިން ބަހުގައި

މިއަހަރުގެ ފީފާ އަންހެން ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕެއިން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް، އެ ޤައުމުގެ މެޑްރިޑުން ހޫނު މަރުޙަބާ އެއް ކިޔައިފި އެވެ.

ވޯލްޑް ކަޕްގެ ތައްޓާ އެކު ސްޕެއިން ޓީމު މެޑްރިޑަށް ގޮސްފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. ޓީމަށް މަރުޙަބާ ކިޔުމާއި، ކާމިޔާބީ ފާހަގަ ކުރުމަށް އެތައް ހާސް ސަޕޯޓަރުންތަކެއް ވަނީ މެެޑްރިޑުގެ މަގުތަކަށް ނުކުމެފަ އެވެ. ސްޕެއިން ޓީމުގެ ކުޅުންތެރިން ތިބި ބަހުގައި ހުރެ ވާހަކަ ދައްކަމުން ޓީމުގެ ކެޕްޓަން އިވާނާ އަންދްރޭސް ބުނީ، މިއީ ސަޕޯޓަރުންގެ ހިއްސާ އޮތް ބޮޑު ކާމިޔާބެއް ކަމަށެވެ. އެހެންކަމުން ސްޕެއިން އަށް ލިބުނު ވޯލްޑް ކަޕްގެ ތައްޓަކީ ސަޕޯޓަރުންގެ ހައްގެއް ކަމަށް އޭނާ ބުންޏެވެ. އަދި ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

މީގެ އިތުރުން ސްޕެއިންގެ ޑިފެންޑަރު އޮލްގާ ކަރްމޯނާ ބުނީ، މިއީ މުޅި ޤައުމަށް ވެސް ޚާއްސަ ވަގުތު ކޮޅެއް ކަމަށެވެ. ނަމަވެސް، އެ ވަގުތުގައި ވެސް އޭނާ އަށް ވަރަށް އުނދަގޫ އިހުސާސްތަކެއް ކުރުވާ އެހެން ކަމެއް އޮތް ކަމަށް އޮލްގާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ފައިނަލް މެޗު އޮތް ދުވަހަކީ އެތައް އިހުސާސްތަކެއް ހިނގި ދުވަހެއް ކަމަށެވެ. އޮލްގާ ބުނީ މުޅި ޙަޔާތުގައި ވެސް ކުރިމަތިލި އެންމެ އުފާވެރިކަމަށް ފަހު، ދެން ލިބުނީ މުޅި މީހާ އެއްކޮށް ހުއްޓުމަކަށް އައި ކަހަލަ ޚަބަރެއް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރީ އޭނާގެ ބައްޕަ މަރުވި ވާހަކަ އެވެ. ފައިނަލް މެޗުގެ ދެ ދުވަސް ކުރިން އޮލްގާ ބައްޕަ މަރުވި ނަަމަވެސް، އާއިލާ އިން އޭނާ އަށް އެކަން އެންގީ ފައިނަލަށްފަހު އެވެ.

އޮލްގާ ބުނީ ފައިނަލްގައި ލަނޑު ޖަހައި، ސްޕެއިން އަށް އަންހެން ވޯލްޑް ކަޕްގެ ތަށި ހޯދައިދިނުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އޭނާ ބުނީ މިހާރު ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔެއްގެ ޖާޒީގައި ތަރިއެއް އިންނާނެ ކަމަށާއި، މިއީ ފުޓުބޯޅައިގައި ވެސް ސްޕެއިން އަށް ޚާއްސަ ކަމެއް ކަމަށެވެ.

ސްޕެއިންގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ހޯމަ ދުވަހު އޮތް އުފާ ފާޅުކުރުމުގައި 75،784 (ހަތް ދިހަ ފަސް ހާސް، ހަތް ސަތޭކަ އަށްޑިހަ ހަތަރު) އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު