Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް މިނިސްޓްރީ

ޑީޖޭއިން ތަމްރީން ކުރަން ޓޫރިޒަމް މިނިސްޓްރީން ޕްރޮގްރާމެއް ފަށަނީ

މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ޕައިނިއާރސް ސެޓިފައިޑް ސެޓްފިކެޓެއް ލިބޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 އޯގަސްޓު 2023 | އަންގާރަ 02:28
ޑީޖޭއިން ތަމްރީންކުރަން އެއްބަސްވުމެއްގައި ސޮއި ކުރުން

ޑީޖޭއިން ތަމްރީންކުރަން އެއްބަސްވުމެއްގައި ސޮއި ކުރުން | ޓޫރިޒަމް މިނިސްޓްރީ

ފަތުުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ޑިސްކް ޖޮކީ (ޑީޖޭ) އިން ތަމްރީން ކުރުމަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން އޫބަރ އިވެންޓްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީގެ ފާތިމަތު ނިލްފާއެވެ. އަދި އޫބަރ އިވެންޓްސްގެ ފަރާތުން ސޮއެކުރެއްވީ ޑިރެކްޓަރ އުމަރު ޒިޔާދުއެވެ.

އަންނަ ސެޕްޓެމްބަރު މަހު ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އޫބަރ އިވެންސްޓް އިން މެލޭޝިއާގެ ޑީޖޭސް ޕްލޭގްރައުންޑް ސްކޫލާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި 20 ޖާގަ ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ސެޕްޓެމްބަރު 23 އިން އޮކްޓޯބަރު 7 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ޕައިނިއާރސް ސެޓިފައިޑް ސެޓްފިކެޓެއް ލިބޭނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އަދިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޑީޖޭއިން މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޫބަރ އިވެންޓްސްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ސަބަބުން ޑީޖޭއިންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތައް އިތުރަށް ތަމްރީން ކޮށް އައު ކުދިން ވެސް އެ ދާއިރާއަށް ނެރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އޫބަރ އިވެންޓްސްގެ ޑިރެކްޓަރު އުމަރު ޒިޔާދު ވިދާޅުވީ މި ޕްރޮގްރާމް ނިމޭއިރު ޖީޑޭއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ ތަމްރީންތަކާއި މައުލޫމާތުތައް ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ. އަދި 20 ފަރާތަކަށް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑީޖޭއިން ތަމްރީން ކުރާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހުން ފެށިގެން ހުޅުވާލާނެއެވެ. މި ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް މައުލޫމާތުދިނެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

04 އެޕްރީލު 2017
ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ
27 މާރިޗު 2017

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

27 މާރިޗު 2017
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ  ޕްރޮގްރާމެއް ފަށައިފި
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު