Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހުގެ ޖަލްސާތައް

ނަޝީދުގެ މަޖިލިސް ސްޓަންޓު - ހަގީގީ ބޭނުމަކީ އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަ ނުދިނުންތޯ؟

ހޯމަ ދުވަހުގެ ޖަލްސާގައިވެސް ކޮމިޓީގެ މަސައްކަތް ކޮށްފައެއް ނުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2023 | ހޯމަ 13:25
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ފަށަން މިއަދު ބޭއްވި ޖަލްސާ އެޖެންޑާކުރުމާއެކު އެންމެންވެސް ބަލަން ބޭނުންވީ މިފަހަރު ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ގޮތް ކަނޑައެޅުމުގެ މައްސަލަ ކުރިއަށްގެންދާނެތޯ ނުވަތަ ނޫންތޯއެވެ. މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތައް ކޮމިޓީތަކުގައި ތަމްސީލުކުރާ ގޮތް ކަނޑައެޅުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް, މަޖިލީހުގެ ދެވަނަ ދައުރުގެ ފަހުކޮޅު މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ހިތުހުރި ގޮތަކަށެެވެ. ރިޔާސަތުން އިސްވެ މަޖިލީހުގެ ކޮމިޓީތަކާމެދު ގޮތެއް ނުނިންމައި، ތަފާތު އުޒުރުތައް ދައްކައިގެން އޭރު އެ މައްސަލަ ދަންމާލީ އެކަމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް މެދުކެނޑޭނެކަން ކަނޑައެޅިކަން އެނގިހުރެއެވެ.

އޭރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން، "ފިކުރެއްގެ ދިރުން" މި ނަމުގައި އުޅުއްވި ބޭފުޅުން، އެމްޑީޕީ ދޫކުރައްވައި ވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ވަނީ ފައްޓަވާފައެވެ. އެ ޕާޓީއަކީ ދަ ޑިމޮކްރެޓްސްއެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކާމިޔާބުވީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމުމަކާތް ގާތްވެފައި ވަނިކޮށެވެ. މަޖިލީހުގެ ދައުރުގެ ފަހުކޮޅު ހުރިހާ ދުވަހެއް ކުރިއަށް ދިޔައީ މަޖިލިސް ކުރިއަށް ނުގެންގޮސްގެން މެމްބަރުން އާދޭސްކުރައްވަމުން ގެންދެވިއިރުވެސް ކުޑަމިނުން ޖަލްސާއެއް އެޖެންޑާވެސް ކުރަން ރިޔާސަތަކަށް ނުކެރުނެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްނުދާތީ އެތައް މަސައްކަތެއް ހުއްޓިފައި ހުރި ވާހަކަ އަނގަބަހުންނާއި ސިޓީބިޓީން ތަކުރާރުކޮށް ރިޔާސަތަށް ހުށަހެޅުއްވިއެވެ. އެ ވާހަކަތަކަށް ސަމާލުކަން ދިނުމެއް ނެތެވެ. އެއީ މާ މުހިންމު ވާހަކަތަކެއް ކަމަށް ރިޔާސަތަކަށް ނުފެނުނެވެ.

އެހެންނަމަވެސް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި، ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓަށް ހުށަހަޅާފައިވާ 10 އިސްލާހު ވަކިވަކިން ހުށަހެޅިއެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލައި ގޮތް ނިމިގެން ދިޔައީވެސް ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ހުށަހެޅިގޮތަށް ފާސްވެގެންނެވެ. ބޭނުމަކަށްވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދާކަން ދެއްކުމެވެ. އެކަމަކު ހަގީގަތަކީ އެއީބާވައެވެ؟

މަޖިލީހުގެ ދައުރު ކުރިއަށްދިޔަ ހުރިހާ ދުވަހަކު އެކަން ނުކޮށް، އެ ޖަލްސާގައި އެކަން ކުރުން އެއީ ހަމަ އިއްތިފާގެއްބާވައެވެ؟ އޭރު ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް، ރަސްމީ މަސައްކަތްތައް އޮތީ ނިމިފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމުގެ މަރުހަލާގައި ޕާޓީ އޮތުމާއެކު، މަޖިލީސް ޗުއްޓީ ނިމޭއިރު މަޖިލީހުގެ ދަފްތަރުގައި އެ ޕާޓީ ހިމެނޭނެކަން އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ. އަނެއްކާވެސް ކޮމިޓީތައް އެކުލަވާނުލުމަށް އާ ބަހަނާއެއް ހޯދީއެވެ. އޭރު މި ކުރެއްވި ކަމަކީ ޗުއްޓީއަށްފަހު އަލުން މަޖިލިސް ހުޅުވުނުއިރު ކޮމިޓީތަކުގެ މަސައްކަތް ސުމަކާ ހިސާބުން ފަށަން މަޖުބޫރުކުރުވުމެވެ.

ކަން ހިނގަނީވެސް ހަމައެހެންނެވެ. ހޯމަ ދުވަހު ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ, އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެންނެވި މެމްބަރުން އެކަން މަޖިލީހަށް ރަސްމީކޮށް އަންގަވާފައި ނުވާކަމަށެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލެވުމަށް ބަދަލު ގެންނަން ޖެހުނީ އެ މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވުމުންނެވެ. އެއީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން ޖުމްލަ 14 މެމްބަރެކެވެ. ނަމަވެސް މި ބޭބޭފުޅުން ވަކިވެވަޑައިގަތްކަން މަޖިލީހަށް އަންގަވަނީ ފަހަރަކު މެމްބަރެއް، ދެ މެމްބަރެއް ހިމެނޭހެން ވަކިވަކިންނެވެ.

ބައިބަޔަށް ވަކިވަކިން މެމްބަރުން ވަކިވެވަޑައިގެން މި ޖައްސަވާ ސްޓަންޓަކީ ހައްތަހާވެސް ކޮމިޓީތައް އެކުލަވާނުލައްވައި ލަސްކުރެއްވުމަށް ގެންގުޅުއްވާ އުކުޅުތަކެވެ. މިހުރިހާ ކަމެއް މި މޭރުމުން ހިނގަންފެށީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ހިސާބުންނެވެ. މިއީ ހަމަ އިއްތިފާގެއް ކަމަށް ގަބޫލުކުރާނެ، ސިޔާސީ މަސްރަހުގެ ކަންކަން ދަންނަ މީހަކު ހުންނާނެހެން ހިއެއް ނުވެއެވެ. މިހާރު މިދާ ގޮތުން ލިޔެކިޔުމުގެ ބޭނުމަށް އެޖެންޑާގައި މައްސަލައެއް ހިމެނިނަމަވެސް ކޮމިޓީތައް އެކުލަވާލުމުގެ ހަގީގީ ޝައުގެއް ރިޔާސަތުގެ ނެތްކަން ހާމަވެއެވެ. އެހެންވީމައި، ތަފާތު ބަހަނާތައް ދައްކައިގެން ހަގީގަތުގައި މިކުރައްވާ ކަމަކީ މަގާމާއި ޖާހަތު ދިފާއުކުރެއްވުންތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

24 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!

ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!

26 އޯގަސްޓު 2017
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

24 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު