Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ އަންހެނުންގެ ވޯލްޑް ކަޕް

ފައިނަލުން ބަލިވި ނަމަވެސް އިނގިރޭސި ބޮޑުވަޒީރު ސުނާކްގެ ތަައުރީފު ޤައުމީ ޓީމަށް

ސުނާކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެޗު ނިމިގެން ދިޔައިރު ވެސް އިންގްލެންޑުގެ ކުޅުންތެރިން އެއްވެސް އެއްޗެއް ދޫކޮށް ނުލާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އޯގަސްޓު 2023 | ހޯމަ 01:30
ފައިނަލް މެޗު ބައްލަވާލެއްވުމަށް ބޮޑު ވަޒީރު ސުނާކް

ފައިނަލް މެޗު ބައްލަވާލެއްވުމަށް ބޮޑު ވަޒީރު ސުނާކް

ފީފާ އަންހެން ވޯލްޑް ކަޕްގެ ފައިނަލްގައި ބަލިވި ނަމަވެސް، އިންގްލެންޑުގެ ކުޅުންތެރިން ކުރި ހިތްވަރަށް އެ ޤައުމުގެ ބޮޑު ވަޒީރު ރިޝީ ސުނާކް ތައުރީފު ކުރައްވައިފި އެވެ.

އާދިއްތަ ދުވަހު ސްޕެއިންނާ ދެކޮޅަށް ކުޅުނު ފައިނަލުން އިންގްލެންޑު ބަލިވީ 1-0 އިންނެވެ. މެޗުގައި ސްޕެއިނުން ލީޑު ނެގި ފަހުން ވެސް، އިންގްލެންޑުން ވަނީ މޮޅަށް ކުޅެ، ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ވޯލްޑް ކަޕްގެ ފައިނަލާ ހަމައަށް އިންގްލެންޑުން އައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލީއިރު އިންގްލެންޑު އޮތީ ވެސް ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެއީ އެންމެ ފަހުން އޮތް އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމާއި، ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބު ކުރުމަށް ފަހު އެވެ.

ފައިނަލް މެޗަށްފަހު ސުނާކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެޗު ނިމިގެން ދިޔައިރު ވެސް އިންގްލެންޑުގެ ކުޅުންތެރިން އެއްވެސް އެއްޗެއް ދޫކޮށް ނުލާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ގޭމް ޗެންޖާސްގެ ގޮތުގައި މިހާރު ވެސް އިންގްލެންޑު ކުޅުންތެރިންގެ ލެގަސީ ކަށަވަރުކަމާއެކު ލިޔެވިފައިވާނެ ކަމަށެވެ. އިތުރަށް ސުނާކް ވިދާޅުވީ ޤައުމީ ޓީމާމެދު އެންމެ ވެސް ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ.

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މުބާރާތުން ރިހި މެޑަލް ހޯދި އިންގްލެންޑުގެ ކުޅުންތެރިން ހިމެނޭހެން މުޅި ޓީމާ، ބޮޑު ވަޒީރު ސުނާކް ބައްދަލު ކުރައްވާނެ އެވެ. އަދި އެ ޓީމަށް ބޮޑު ވަޒީރުގެ ޚާއްސަ ހަދިޔާއެއް ވެސް ހަވާލު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

11 ޖޫން 2017

ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި

11 ޖޫން 2017
ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި
16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ
11 މެއި 2017

ސެމީ ފައިނަލުން ބަލިވެ ރެއާލް ފައިނަލަށް

11 މެއި 2017
ސެމީ ފައިނަލުން ބަލިވެ ރެއާލް ފައިނަލަށް
23 އެޕްރީލު 2017

އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ

23 އެޕްރީލު 2017
އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ
14 އެޕްރީލު 2017

ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ

14 އެޕްރީލު 2017
ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު