Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އެވަޓަން ކައިރިން އެސްޓަން ވިލާއަށް ފަސޭހަ މޮޅެއް

21 އޯގަސްޓު 2023 | ހޯމަ 00:54

އެސްޓަން ވިލާ މެޗުން މޮޅުވީ 4-0 ން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 21 އޯގަސްޓު 2023 | ހޯމަ 00:54
އެސްޓަން ވިލާ ކުޅުންތެރިން އުފާފާޅުކުރަނީ

އެސްޓަން ވިލާ ކުޅުންތެރިން އުފާފާޅުކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު އެސްޓަން ވިލާއިން ކާމިޔާބުކޮށްފިއެވެ.

އުނާއި އެމެރީގެ އެސްޓަން ވިލާ ވަނީ ސީޒަނުގެ ފުރަތަމަ މެޗުގައި 5-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކައިރިން ބަލިވެފައެވެ. ނަމަވެސް، އާދިއްތަ ދުވަހު ވިލާ ޕާކްގައި ކުޅުނު މެޗުން އެސްޓަން ވިލާ ވަނީ ބޮޑު މޮޅެއް ހޯދާފައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ލިއޯން ބެއިލީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖޯން މެގިން ވަނީ އެސްޓަން ވިލާއަށް ކުރިހޯދަދީފައެވެ. އެޔަށްފަހު މެޗުގެ 23 ވަނަ މިނެޓުގައި ވޮޓްކިންސްއަށް އެވަޓަންގެ ކީޕަރު ޕިކްފޯޑް ކުރި ފައުލަކާ ގުޅިގެން އެސްޓަން ވިލާއަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. އެ ޕެނެލްޓި ކާމިޔާބުކޮށް، ލީޑު ފުޅާކޮށްދިނީ ޑަގްލަސް ލުއިޒް އެވެ. އެސްޓަން ވިލާއިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާ އެކުއެވެ.

ދެވަނަ ހާފު ފެށިގެން ހަ މިނެޓު ތެރޭގައި ބެއިލީ ވަނީ އެސްޓަން ވިލާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޯން ޑުރަން އެވެ. އޭނާ ލަނޑު ޖަހާފައިވަނީ ކުޅެން ނިކުތްތާ މިނެޓެއްގެ ތެރޭގައެވެ. މެޗުން ބަލިވުމުގެ އިތުރުން، އެވަޓަންއަށް ހާސްކަން އިތުރުވީ ކެލްވާޓް ލެވިން އާއި އެލެކްސް އިވޯބީއަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ.

މިދިޔަ ސީޒަނުގައި ރެލިގޭޝަނުން ކިރިޔާ ސަލާމަތްވި އެވަޓަންގެ ފެށުން މި ސީޒަނުގައިވެސް ގޯހެވެ. ފުރަތަމަ މެޗުގައި ފުލަމް ކައިރިންވެސް ބަލިވެފައިވާއިރު، އެވަޓަން އޮތީ ތާވަލުގެ ފުލުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް