Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން، ސޫދާން ރައްޔިތުންނަށް ދޫކޮށްފައިވާ "ޓީ

ޔޫކްރެއިނާއި ސޫދާންގެ ރައްޔިތުންނަށް ދޫކޮށްފައިވާ 'ޓެމްޕަރަރީ ޕްރޮޓެކްޓެޑް ސްޓޭޓަސް'ގެ މުއްދަތު އެމެރިކާއިން އިތުރު ކޮށްފި

20 އޯގަސްޓު 2023 | އާދީއްތަ 02:56

މިގެނެވުނު ބަދަލާއެކު ސުދާންގެ އިތުރު 2،750 ރައްޔިތުނަށް މި ސްޓޭޓަސް ލިބިގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 އޯގަސްޓު 2023 | އާދީއްތަ 02:56
މެރިކާއިން ޔޫކްރެއިން އަދި ސޫދާންގެ ރައްޔިތުންނަށް ދޫކޮށްފައިވާ 'ޓެމްޕަރަރީ ޕްރޮޓެކްޓެޑް ސްޓޭޓަސް'ގެ މުއްދަތު އިތުރުކޮށްފި

މެރިކާއިން ޔޫކްރެއިން އަދި ސޫދާންގެ ރައްޔިތުންނަށް ދޫކޮށްފައިވާ 'ޓެމްޕަރަރީ ޕްރޮޓެކްޓެޑް ސްޓޭޓަސް'ގެ މުއްދަތު އިތުރުކޮށްފި

އެމެރިކާއިން ޔޫކްރެއިން އަދި ސޫދާންގެ ރައްޔިތުންނަށް ދޫކޮށްފައިވާ 'ޓެމްޕަރަރީ ޕްރޮޓެކްޓެޑް ސްޓޭޓަސް' (ޓީޕީއެސް)ގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމެރިކާގެ ސަރުކާރުން މިކަން ހާމަކޮށްފައި ވަނީ ހުކުރު ދުވަހުއެވެ. އެމެރިކާއިން މިދެގައުމުގެ ރައްޔިތުންނަށް ދޫކޮށްފައިވާ ޓީޕީއެސްގެ މުއްދަތު އިތުރުކުރަން ނިންމާފައި ވަނީ އެދެގައުމުގައިވެސް ކުރިއަށްދާ ހަނގުރާމަތަކަށް ހުއްޓުމެއް އައިސްފައި ނުވާތީކަމަށް ބުނެއެވެ.

އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ނެރުނު ބަޔާނެއްގައި ވަނީ ޔޫކްރެއިން އަދި ސޫދާންގެ ރައްޔިތުންނަށް ދޫކޮށްފައިވާ ޓެމްޕަރަރީ ޕްރޮޓެކްޓެޑް ސްޓޭޓަސް، އިތުރު 18 މަހަށް ދިގުދައްމާލަން ނިންމާފައިވާކަމަށް ބުނެފައެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހަށް ޔޫކްރެއިން އަދި ސޫދާންގެ ރައްޔިތުންނަށް ދޫކޮށްފައިވާ ޓެމްޕަރަރީ ޕްރޮޓެކްޓެޑް ސްޓޭޓަސްގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އެއިދާރައިން ވަނީ ބުނެފައެވެ.

އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ވަނީ ޔޫކްރެއިން އަދި ސޫދާންގެ ރައްޔިތުންގެ ތެރެއިން މިހާރު އެސްޓޭޓަސް ލިބިފައިނުވާ މީހުންނަށްވެސް އެސްޓޭޓަސް އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ އަލެހާންޑްރޯ މަޔޯރކަސް ވަނީ ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން އެގައުމުގައި ދިމާވެފައިވާ އިންސާނީ ކާރިސާއާއެކު އަނބުރާ ގައުމަށް ދިއުމުގެ ފުރުސަތު ހަނިވެފައިވާ ޔޫކްރެއިންގެ ރައްޔިތުންނަށް އެމެރިކާއިން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ޓީޕީއެސް މެދުވެރިކޮށް ޔޫކްރެއިންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދެމުންދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިނިންމުމާއެކު މިހާރު ޓީޕީއެސް ދޫކޮށްފައިވާ 26،000އެއްހާ ޔޫކްރެއިން ރައްޔިތުންގެ ސްޓޭޓަސް ވަނީ ދިގުދައްމާލާފައެވެ. އަދި އިތުރު 166،700 މީހުން މިސްޓޭޓަސް އަށް ޝަރުތުހަމަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.

އެއިދާރާގެ އޮފިޝަލުން ވަނީ މިއަހަރުގެ އޭޕްރިލް މަހު ސޫދާންގައި ފެށި ހަމަލާ ބަދަލުކުރުންތަކާއެކު އެގައުމުގައި ސިޔާސީ ނުތަނަވަސްކަމާއި އަނިޔާވެރިކަން އުފެދި، އާންމު ރައްޔިތުންނަށް އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާކަމަށް ފާހަގަކޮށްފައެވެ.

މިހާރު ޓީޕީއެސް ދޫކޮށްފައިވަނީ 1،200އެއްހާ ސޫދާން ރައްޔިތުންނަށެވެ. މިގެނެވުނު ބަދަލާއެކު ސުދާންގެ އިތުރު 2،750 ރައްޔިތުނަށް މި ސްޓޭޓަސް ލިބިގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2017

އެފްރިކާ ބައްރު އޮތީ ޒިމްބާބްވޭގެ ރައްޔިތުންނަށް ތާއިދުކުރަން ތައްޔާރަށް: ދެކުނު އެފްރިކާގެ ރައީސް

18 ނޮވެމްބަރު 2017
އެފްރިކާ ބައްރު އޮތީ ޒިމްބާބްވޭގެ ރައްޔިތުންނަށް ތާއިދުކުރަން ތައްޔާރަށް: ދެކުނު އެފްރިކާގެ ރައީސް
05 އޮކްޓޯބަރު 2017

ރައްޔިތުންނަށް އިހުމާލުވެފައިވާކަމަށް ބުނެ ކެޓަލޯނިއާގެ ލީޑަރު ރަސްގެފާނަށް ފާޑުވިދާޅުވެއްޖެ

05 އޮކްޓޯބަރު 2017
ރައްޔިތުންނަށް އިހުމާލުވެފައިވާކަމަށް ބުނެ ކެޓަލޯނިއާގެ ލީޑަރު ރަސްގެފާނަށް ފާޑުވިދާޅުވެއްޖެ
17 އޯގަސްޓު 2017

ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި

17 އޯގަސްޓު 2017
ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި
12 ޖޫން 2017

ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

12 ޖޫން 2017
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި
13 މެއި 2017

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ
02 މެއި 2017

ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

02 މެއި 2017
ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް