Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އައިސް އުފައްދާ ކާރުހާނާ

ކަރަންޓު ކަށަވަރު ނުވުމަކީ ވެސް ހޯދައި ބަލައިފި މީހަކަށް ނިޢުމަތެކެވެ!

ގަދަ ހޫނުގައި ޤައުމު ހަނާވަމުން ދާ އިރު، ގަނޑު ކުރި ފެން ނުވަތަ އައިސްއަށް އޮންނަ ޑިމާންޑް ދަނީ އިތުރުވަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 އޯގަސްޓު 2023 | ހޮނިހިރު 08:54
އިރާޤުގެ ކަރަންޓުގެ ނެޓްވޯކަށް ވެފައި ވާ ގެއްލުންތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ޤައުމުގައި ދިގުލައި ދިޔަ ވަރުގަދަ ހަނގުރާމަ

އިރާޤުގެ ކަރަންޓުގެ ނެޓްވޯކަށް ވެފައި ވާ ގެއްލުންތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ޤައުމުގައި ދިގުލައި ދިޔަ ވަރުގަދަ ހަނގުރާމަ

ހާޔަތުގެ ދުވަސްތައް ފާއިތުވެގެން ދަނީ ތޮށަލި ދުޅައަށެވެ. އެއްވަތު މަތިން ދިޔައީ ވިއްޔާ އަނެއް ވަތުގެ ދަށުންނެވެ. ދިރިއުޅުމަކީވެސް ހަމަ އެކަހަލަ ކަމެކެވެ. އަޑި ގަނޑަކަށް ފަހު އުސް ގަނޑެކެވެ. އަނދިރި ކަމަކަށް ފަހު އަލިކަމެވެ. ހިތާމައަކަށް ފަހު އުފަލެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް ހިތްވަރާއި ސާބިތު ކަމާއެކު ދެމިހުރެއްޖެ މީހަކަށް އޮތީ ކާމިޔާބެވެ. އެތައް ހަނގުރާމައަކާއި އެތައް ހަމަނުޖެހުންތަކެއް ތަޖުރިބާކޮށް، އެކި ޒާތްޒާތުގެ ކާރިޘާތަކާ ކުރިމަތިލަމުން އަންނަ ޢިރާޤުގެ ރައްޔިތުންނަކީ އެފަދަ ބައެކެވެ. ސާބިތު ކަމުގެ ނަތީޖާއިން ފޮނި މީރުކަން ހޯދާ ބައެކެވެ.

މުޅި ދުނިޔެއިން ކުރާތީ މިއަދު އެއް އަޑަކަށް އިވޭ ޝަކުވާއަކީ އާދަޔާ ޚިލާފަށް ހޫނު ގަދަވާ ކަމުގެ ޝަކުވާއެކެވެ. އެ ހޫނުގަނޑުގެ ތެރޭގައި ކަރަންޓުން ފިނިކުރި ކޮޓަރިތަކުގައި ވަޤުތުތައް ހޭދަ ކުރުމުގެ ފުރުޞަތު ލިބިފައި އޮންނަނީ ނިސްބަތުން މަދު ބަޔަކަށެވެ. އެ ނަޞީބު ނެތެއް ކަމަކު، ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، ދަތި އުނދަގުލުގެ ތެރެއިން އުފަލާއި އަރާމު ހޯދުމުގައި އިރާޤު މީހުންނަކީ ލާމަސީލު މިސާލެކެވެ. ވަކިން ޚާއްޞަކޮށް، ކަރަންޓުގެ ކަށަވަރު ކަމެއް ނެތިގެން ޝަކުވާ ކުރާ މީހުންނަށެވެ.

މި ދުވަސްވަރަކީ އިރާޤަށްވެސް އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ. ވެރިރަށް ބަޣުދާދުގައި އައިސް އުފައްދާ ކާރުހާނާތަކަށް ބަލައިލުމުން އެކަނިވެސް އެކަން އެނގިގެންދެއެވެ. ގަދަ ހޫނުގައި ޤައުމު ހަނާވަމުން ދާ އިރު، ގަނޑު ކުރި ފެން ނުވަތަ އައިސްއަށް އޮންނަ ޑިމާންޑް ދަނީ އިތުރުވަމުންނެވެ. އޯޑަރުތައް ދަނީ ފުނިޖެހެމުންނެވެ. ބައެއް ހިސާބުތަކަކީ ކަރަންޓުގެ ކަށަވަރުކަމެއް ނެތް ސަރަޙައްދުތަކެކެވެ. ސަރަޙައްދުތަކުގައިވެސް ފިނި ބުއިންތަކަށް ބޮޑު ޑިމާންޑެއް އޮންނައިރު، ވިޔަފާރިވެރިންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވެފައި އޮންނަނީ ގަނޑުފެނެވެ. ފިނި ބުއިންތައް ފިނިކޮށްފައި ބެހެއްޓުމަށާއި، ކާބޯތަކެތި ގިނަ ދުވަހަށް ރައްކާ ކުރުމުގައި ގަނޑުފެނުގެ ދައުރު އިންތިހާއަށް ބޮޑެވެ.

މުސްޠަފާ ނައްޖާރަކީ ގަނޑުފެން އުފައްދާ ކާރުޚާނާއެއްގެ ވެރިއެކެވެ. މުސްޠަފާ ބުނި ގޮތުގައި، އޭނާގެ ކާރުހާނާގައި މިހާރު ދުވާލެއްގެ މައްޗަށް 500 ބްލޮކްގެ ގަނޑުފެން އުފައްދައެވެ. ކޮންމެ ބްލޮކެއް ވިއްކާލަނީ ގާތްގަނޑަކަށް 1.25 އެމެރިކާ ޑޮލަރަށެވެ.

އިރާޤުގެ ކަރަންޓުގެ ނެޓްވޯކަށް ވެފައި ވާ ގެއްލުންތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ޤައުމުގައި ދިގުލައި ދިޔަ ވަރުގަދަ ހަނގުރާމައެވެ. ހައްދު ފަހަނައަޅާފައި ވާ ގުރޫޕުތަކުން ގަސްތުގައި ދިން ގެއްލުންތަކެވެ. އޭގެ އިތުރަށް، އީރާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކާ ހެދި، އަވަށްޓެރި ޤައުމުތަކުން އިރާޤަށް ހަކަތަ އިމްޕޯޓް ކުރުމަކީވެސް އުފުލަން ޖެހިފައި އޮތް ބޮޑު ތަކުލީފެކެވެ.

އިރާޤަށް ކަރަންޓުގެ މައްސަލަތައް ކުރިމަތިވާތާ އެތައް އަހަރެއް ވެއްޖެއެވެ.

ރައްޔިތުންގެ ޢަޒުމާއި ޢުއްމީދު ފަނޑެއް ނުވެއެވެ. އެ ބަޔަކަށް ވީ ގޮތަކަށް ދިރިއުޅުމައިގެން ކުރިއަށް ދެއެވެ. ވަކި މީހެއްގެ ކޮނޑުގައި ޒިންމާއާއި އިލްޒާމު އަޅުވައި، ދެއަތް އުރާލައިގެން ތިބެނީއެއް ނޫނެވެ. ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ކަމުގައި ވީ ނަމަވެސް، ދިރިއުޅުމައިގެން ދަނީ ކުރިއަށެވެ. ފަސް އެނބުރި ބެލުމެއް ނެތިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި

ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި

06 ސެޕްޓެމްބަރު 2017
"ޖުޅްވާ2"ގެ ޓްރެއިލާ 14 މިލިއަން މީހުން ބަލައިފި

"ޖުޅްވާ2"ގެ ޓްރެއިލާ 14 މިލިއަން މީހުން ބަލައިފި

23 އޯގަސްޓު 2017
އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!

އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!

04 ޖުލައި 2017
ހުއްދަ ނުހޯދައި ޕާކް ކުރުމުން ސައިފް ޖޫރިމަނާ ކުރަނީ

ހުއްދަ ނުހޯދައި ޕާކް ކުރުމުން ސައިފް ޖޫރިމަނާ ކުރަނީ

10 ޖޫން 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވަ ބަލައިފިންތަ؟

ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވަ ބަލައިފިންތަ؟

15 މެއި 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު